Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 5:9 - ކިތާބުލް މުޤައްދަސާ

9 އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ޝަކުވާ ނުކުރާށެވެ. އެގޮތް ކަލޭމެންގެ އަމަލުތަކުގައި ވާނަމަ ކަލޭމެންގެ ކުށަށް އިންސާފު ކުރައްވާނެއެވެ. ވިސްނާށެވެ. އަދި މަތިވެރި ފަނޑިޔާރު ވަޑައިގަތުން ވަނީ ކައިރީގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 5:9
21 ပူးပေါင်းရင်းမြစ်များ  

ކަލޭ ވެސް ރަނގަޅަށް ކަންތައް ކުރަނީ ނަމަ ތިމަންކަލާނގެ ކަލެއާ ދޭތެރޭ ވެސް ރުހިވޮޑި ނުގަންނަވާ ނަމުތަ؟ ނަމަވެސް ކަލޭ ރަނގަޅަށް ކަންތައްތައް ނުކުރަނީ ނަމަ ކަލޭގެ ގޭގެ ދޮރުމަތީގައި ވެސް މިނިކާ ވަގެއް ފަދައިން ފާފަ އޮންނާނެ. އޭގެ ބޭނުމަކީ ކަލެއަށް ޙަމަލާދީ ކަލޭ އަތުލައިގަތުން. ކަލޭ ޖެހޭނީ އެއަށް ވުރެ ގަދަ ވާން.⁠“


މިގޮތުގެ މަތީން ބަޔާންވެ ދިޔަ ކަންތައްތައް ވާން ފެށުމުން އެކަލޭގެފާނު އެނބުރި ވަޑައިގަތުމަށް ދޮރާށި ކައިރީގައި ތައްޔާރަށް ހުންނަވާނެ ވަގުތު ވަރަށް ކައިރި ވެއްޖެކަން ތިޔަބައިމީހުންނަށް އެނގޭނެ.


މިހެން ވިއެއްކަމަކު މިބުނެވިދިޔަ ކަންތައްތައް ހިނގަމުން ދާތަން ތިޔަބައިމީހުންނަށް ފެންނާނެ. އެ ހިނދު ތިޔަބައިމީހުންނަށް ވަގުތު ގާތްވެއްޖެކަން އެނގޭނެ.


މިހެން ވުމުން ހެރޯދިޔާސްގެ (ހެރޮދުގެ އަނބިމީހާގެ) ހިތުގައި ޔަޙުޔާގެފާނުގެ މައްޗަށް ހަސަދަލައި ބަދަލުހިފުމުގެ ގޮތުން އަވަހާރަ ކޮށްލެއްވުމަށް ބޭނުންވިއެވެ. ނަމަވެސް ހެރޮދުގެ ސަބަބުން މިކަން ނުވެފައި އޮތީއެވެ.


އެ ހުރިހާ އަމުރުފުޅުތަކެއް އެންމެ އަމުރުފުޅަކުން ފުރިހަމަވެއެވެ. އެއީ ”⁠ކަލޭގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭ ވެސް އަނެއްމީހާ ދެކެ ލޯބިވާށޭ⁠“ މިއެވެ.


ވީމާ ބޮޑާވެ ކިބުރުވެރިވެ، މީހުން ހިތުގައި ޖައްސައި، އެކަކު އަނެކަކާ މެދު ހަސަދަވެރި ނުވާށެވެ.


އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.


ޤާނޫނު ދެއްވާ އަދި އެ ޤާނޫނަށް އިންސާފު ކުރައްވާނޭ ހަމައެކަނި ފަރާތަކީ މާތްރަސްކަލާނގެއެވެ. އެކަލާނގެއީ މީސްތަކުން ސަލާމަތް ކޮށްދެއްވައި އަދި ނެތިކުރެއްވުމަށް ހަމައެކަނި ކުޅަދުންވަންތަ ފަރާތް ވެސް މެއެވެ. އެހެންވީމާ ކަލޭމެންގެ އަވަށްޓެރިޔާ ކުށްވެރިކުރުމުގައި ކަލޭމެންނަށް އޮތީ ކޮން ޙައްޤެއްހެއްޔެވެ؟


އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ ފޮނުއްވި ރަސޫލުންގެ އުޅުއްވުންތަކުން މިސާލު ނަގާށެވެ. އެބޭކަލުންނަށް ބޭއިންސާފުން ލިބެމުން ނުހަނު ބޮޑު ވޭންތަކެއް ލިބެމުން ދިޔައެވެ. ވިޔަސް އެމީހުން ކެތްތެރިކަމާއެކު މާތްސާހިބާގެ ނަންފުޅުގައި ވާހަކަ ދައްކަމުން ދިޔައެވެ.


އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބާ އީސާގެފާނު އެނބުރިވަޑައިގަތުމަށް ދާންދެން ކެތްތެރިވާށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިންނާއި މެދުގައި ވިސްނައިބަލާށެވެ. އެބައިމީހުން ބިމުގައި އިންދި ގޮވާމުގެ މަތިވަރުން އޭގެ އަގު ލިބުމަށް އެދި ޚަރީފު މޫސުމާއި ބަހާރު މޫސުމުގެ ވާރޭގެ އިންތިޒާރުގައި ތިބެއެވެ.


ނަމަވެސް ތިޔަބައިމީހުން ވިސްނާށެވެ. އެބައިމީހުން މާތްރަސްކަލާނގެ ޙަޟްރަތަށް ދާންޖެހޭނެއެވެ. އެކަލާނގެއީ ހުރިހާ އެންމެންނާއި މެދު އިންސާފު ކުރައްވާނެ ފަރާތެވެ. ދިރިހުރި ކަމުގައިވިޔަސްމެއެވެ. އަދި މަރުވެ ދިޔަ ކަމުގައި ވިޔަސްމެއެވެ.


ފުރާގު ލިބުމަށާއި ދިރިއުޅޭނޭ ތަނަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އުފާވެރިކަމާއެކު ތިޔަބައިމީހުންގެ ހިޔާވަހިތައް ޙިއްޞާކުރާށެވެ.


ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ