ޔާމިޒުގެ ސިޓީ 5:7 - ކިތާބުލް މުޤައްދަސާ7 އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބާ އީސާގެފާނު އެނބުރިވަޑައިގަތުމަށް ދާންދެން ކެތްތެރިވާށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިންނާއި މެދުގައި ވިސްނައިބަލާށެވެ. އެބައިމީހުން ބިމުގައި އިންދި ގޮވާމުގެ މަތިވަރުން އޭގެ އަގު ލިބުމަށް އެދި ޚަރީފު މޫސުމާއި ބަހާރު މޫސުމުގެ ވާރޭގެ އިންތިޒާރުގައި ތިބެއެވެ. အခန်းကိုကြည့်ပါ။ |
ގޮވާން ހެއްދުމަށް ރަނގަޅު ބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުތަކުގެ އަޑުއިވި އެއަށް ކިޔަމަންވެ އަދި އެގޮތުގައި ދެމިތިބެ އެކަލާނގެއަށް އިތުބާރު ކުރާ ހިތުގެއަޑި ސާފު ރަނގަޅު ތެދުވެރި މީހުންގެ މިސާލު. އެބައިމީހުންނަކީ ރަނގަޅު ގޮވާން ލިބޭ ފައިދާ ހުރި ގަސްތަކެއް ފަދަ ބައެއް.“
ދެން އީސާގެފާނަށް އީމާންވެ ތިބި މީހުންގެ މެދުގައި އެ އަސްޙާބީ ދުވަހަކު ވެސް މަރެއް ނުވާނެ ކަމުގައި ވާހަކަ ފެތުރުނެވެ. ނަމަވެސް އީސާގެފާނު އެވިދާޅުވީ އޭނާ މަރުނުވާނެއެކޭ އެއް ނޫނެވެ. އެކަލޭގެފާނު ވިދާޅުވީ ”އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް ކަލޭ އެކަމާ ނުބެހޭށޭ“ މިހެންނެވެ.
މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.
އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.