ޔާމިޒުގެ ސިޓީ 5:6 - ކިތާބުލް މުޤައްދަސާ6 އަދި ކަލޭމެންނާއި ދެކޮޅުވެރި ކަމުގައި ނުވިޔަސް ކުށެއްނެތް މަޢުސޫމު އެތައް ބަޔަކު ކަލޭމެން މެރީމުއެވެ. အခန်းကိုကြည့်ပါ။ |
ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.
ކަލޭމެންނަށް ލިބިގެންނުވާ ތަކެއްޗަށް އެދުންވެރިވާތީއެވެ. އަނެކުންނަށް ލިބިފައިވާ ތަކެއްޗާއިމެދު ކަލޭމެން ޙަސަދަވެރިވެ މީސްތަކުން މަރައި އެތަކެތި ހޯދުމަށް ދަހިވެތި ވާތީއެވެ. ނަމަވެސް ކަލޭމެން ލިބުމަށް އެދޭ ތަކެތި ކަލޭމެންނަށް ނުމެލިބޭނެއެވެ. އެހެންވީމާ ކަލޭމެން އެކަކު އަނެކަކަށް އަރާރުންވެ އަދި ތަޅާފޮޅަނީއެވެ. ކަލޭމެން ލިބުމަށް އެދިގެންވާ ތަކެތި ކަލޭމެންނަށް ލިބިގެންނުވާ ސަބަބަކީ އެ ތަކެތި ލިބުމަށް އެދި މާތްރަސްކަލާނގެ ކިބަފުޅަށް ނުދަންނަވާތީއެވެ.