ޔާމިޒުގެ ސިޓީ 5:17 - ކިތާބުލް މުޤައްދަސާ17 އިލްޔާސްގެފާނާއި މެދުގައި ނިކަން ވިސްނައިބަލާށެވެ. އެކަލޭގެފާނަކީ ވެސް އަހަރެމެން ފަދަ އިންސާނެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ވާރޭ ނުވެއްސެވުމަށް އެދި އިޚުލާސްތެރިކަމާއެކު މާތްރަސްކަލާނގެ ކިބަފުޅަށް އެކަލޭގެފާނު ދުޢާފުޅު ކުރެއްވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ދުޢާފުޅު މާތްރަސްކަލާނގެ އިޖާބަ ކުރައްވައި ތިން އަހަރާއި ހަމަސްދުވަސް ވަންދެން އެ ރަށަށް ވާރޭ ނުވެއްސެވިއެވެ. အခန်းကိုကြည့်ပါ။ |
”އޭ އެކުވެރިންނޭ، ކަލޭމެން ތިޔަ ފަދައިން ތިޔަ ކަން ކުރަނީ އަޅެ ކީއްވެ؟ އަހަރެމެން ވެސް މިއީ ހަމަ ކަލޭމެން ފަދަ އިންސާނުން. އަހަރެމެން މި ރަށަށް މި އައީ ތިޔަބައިމީހުންނަށް މި ކަހަލަ ފައިދާއެއް ނެތް ކަންތައްތަކުން ދުރުވެ ދިރިވޮޑިގެންވާ ކަލާނގެ ކިބަފުޅަށް އެނބުރުމުގެ ހެޔޮޚަބަރުފުޅު ދިނުމަށް. އެކަލާނގެއީ އުޑާއިބިމާ ކަނޑާއި އަދި އެތަންތަނުގައިވާ ހުރިހާ އެއްޗެއް ހެއްދެވި ކަލާނގެ.
މި ދެ ހެކިވެރިން އެބައިމީހުން މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާން ކުރަމުން ގެންދާހިނދު އުޑު ބަންދުކޮށް ވާރޭ ވެހުނަ ނުދިނުމުގެ އަމުރުކުރުމުގެ ހުއްދަ އެމީހުންނަށް ލިބިގެން ވެއެވެ. އަދި އެމީހުން ބޭނުން ކޮންމެ އިރަކު ފެން ލެއަށް ބަދަލުކުރުމުގެ ބާރާއި ދުނިޔެއަށް އެކި އެކި މުސީބާތްތައް ކުރިމަތި ކުރުވުމުގެ ބާރު ވެސް އެބައިމީހުންނަށް ލިބިގެން ވެއެވެ.