ޔާމިޒުގެ ސިޓީ 5:14 - ކިތާބުލް މުޤައްދަސާ14 ކަލޭމެންގެ ތެރެއިން މީހަކު ބަލިޙާލަތުގައި ވާނަމަ ޖަމާޢަތުގެ ބޮޑުންގެ ކިބައިން އޭނާގެ ކައިރިއަށް އައުމަށް އެދި އޭނާގެ ބަލި ޙާލަތާއިމެދު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކޮށްދިނުމަށް އެދޭށެވެ. އަދި މާތްސާހިބާގެ ނަންފުޅުން ބަލި ޙާލަތުގައިވާ މީހާގެ ހަށިގަނޑުގައި ޒައިތޫނި ތެޔޮ އުނގުޅައި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅައި ދިނުމަށް އެދޭށެވެ. အခန်းကိုကြည့်ပါ။ |
އެމީހުންނަށް ޖެރޫސަލަމަށް އާދެވުމުން އީސާގެފާނުގެ މަންދޫބުންނާ، އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ ބޮޑުންނާ، އަދި އެ ޖަމާޢަތުގެ އެންމެން އެމީހުންނަށް ވަރަށް ހެޔޮކޮށް ކަންކުރިއެވެ. އަދި އެމީހުންގެ ދަތުރުގައި މާތްރަސްކަލާނގެ އެމީހުން މެދުވެރިކޮށް ކުރެއްވި ހުރިހާ ކަމެއްގެ ވާހަކަތައް ތަފްސީލުކޮށް ކިޔާދިނެވެ.