ޔާމިޒުގެ ސިޓީ 5:13 - ކިތާބުލް މުޤައްދަސާ13 ކަލޭމެންގެ ތެރެއިން މީހަކު މުސީބާތުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅުން އެހީތެރިކަމަށް އެދި ދުޢާ ދަންނަވާށެވެ. ކަލޭމެންގެ ތެރެއިން މީހަކު އުފަލުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅަށް މަދަޙައިން ޙަމްދު ސަނާ ދަންނަވާށެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.
މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުން ތަޚުތުކޮޅުގެ ކުރިމަތީގައިއާއި، ދިރިހުރި ހަތަރު މަޚުލޫގުންގެ ކުރިމަތީގައާއި އަދި ބޮޑުންގެ ކުރިމަތީގައި ކޮއްޅަށް ތިއްބެވެ. އެބައިމީހުން އާ ޙަމްދު ސަނާގެ ލަވައެއް ކިޔަމުން ގެންދިޔައެވެ. އެބައިމީހުން ފިޔަވައި އެއްވެސްމީހަކަށް މި ލަވަ ނޭނގެއެވެ. ބަޔާންވެ ދިޔަ އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ މުޅި އިންސާނީ ދަރިފަސްކޮޅުން ފިދުޔަ ދެއްވާފައިވާ ފަރާތްތައް ވެސްމެއެވެ.