ޔާމިޒުގެ ސިޓީ 5:11 - ކިތާބުލް މުޤައްދަސާ11 އަހަރެމެން މަތިވެރިކަމެއް ދެނީ ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނަށެވެ. އައްޔޫބުގެފާނުގެ ކެތްތެރިވެ ވަޑައިގަތުމާއި އަދި އެކަލޭގެފާނު ކެތްތެރިވެ ވަޑައިގަތުމުން ސާހިބުވަންތަކަލާނގެ އެކަލޭގެފާނަށް އެންމެފަހުން އެހީތެރިވެ ވޮޑިގެންނެވީ ހެޔޮ ގޮތުގައިކަން ކަލޭމެން ވާނީ އަޑު އަހާފައެވެ. ސާހިބުވަންތަކަލާނގެ މިފަދައިން އަމަލުކުރެއްވި ސަބަބަކީ އެކަލާނގެއީ އޯގާވަންތަ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައިވުމެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ޝަކުވާ ދެންނެވިއެވެ. ”މިއަޅާ ރަށުން ފުރުމުގެ ކުރިން ވެސް ދެންނެވީމު ނޫންތޯ؟ އިނބަރަސްކަލާނގެ އަކީ ކޯފާ މަޑު ކުރައްވާ ކެއްތެރިވެ ވޮޑިގަންނަވާ އޯގާވަންތަ ރަސްކަލާނގެއޭ. އިނބަރަސްކަލާނގެ އެކަކަށް ވެސް ކޯފާއެއް ފޮނުއްވުމަށް އަވަސްވެ ވޮޑިއެއް ނުގަންނަވާނެޔޭ. އެކަމެއް ނުކުރައްވައި ދޫކޮށްލައްވައިފާނެޔޭ. އެފަހަރު ވެސް މިރަށަށް ނައިސް، ތަރްޝީޝްއަށް ދިއުމަށް މި އަޅާ ދަތުރުކުރީ އެހެންވީމައޭ. އިނބަ ރަސްކަލާނގެއަކީ މީސްތަކުންގެ މައްޗަށް ލޯބިވެ ވޮޑިގަންނަވާ ރަސްކަލާނގެ ކަން މިއަޅާއަށް އެނގޭ.
އަދި މިހުރިހާ ކަމެއް ގެނެސްދެނީ އެކަލާނގެއަށްޓަކައި އަހަރެމެން ޙަމްދާއި ސަނާ ކިޔުމަށެވެ. ސަބަބަކީ އަހަރެމެންނަށްޓަކައި އެކަލާނގެ ލެއްވި ޙައިރާން ކުރުވަނިވި ނިޢުމަތްފުޅެވެ. އެ ނިޢުމަތްފުޅު އެކަލާނގެ އަހަރެމެންނަށް ދެއްވީ އަގަކާއިނުލައެވެ. އެއީ އެކަލާނގެ ލޯބިވެވޮޑިގަންނަވާ ދަރިކަލުން، އަލްމަސީޙު މެދުވެރިކުރައްވައެވެ.