Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 5:10 - ކިތާބުލް މުޤައްދަސާ

10 އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ ފޮނުއްވި ރަސޫލުންގެ އުޅުއްވުންތަކުން މިސާލު ނަގާށެވެ. އެބޭކަލުންނަށް ބޭއިންސާފުން ލިބެމުން ނުހަނު ބޮޑު ވޭންތަކެއް ލިބެމުން ދިޔައެވެ. ވިޔަސް އެމީހުން ކެތްތެރިކަމާއެކު މާތްސާހިބާގެ ނަންފުޅުގައި ވާހަކަ ދައްކަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 5:10
19 ပူးပေါင်းရင်းမြစ်များ  

އޭ ޖެރޫސަލަމުގެ އަހުލުވެރިންނޭ! ކަލޭމެންނީ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ ނަބީބޭކަލުން މަރާ ކަލޭމެންގެ ކައިރިއަށް ފޮނުއްވޭ މީހުންގެ ގައިގައި އޮށްގަލުންތަޅާ މީހުން. ކުކުޅެއް ޅަ ފިޔޮއްތައް އޭގެ ފިޔަގަނޑު ދަށަށްލާ ރައްކާކުރާ ފަދައިން އަހަރެން ކިތައްފަހަރު މަތިން ކަލޭމެން އެއްކޮށް ގާތް ކުރަން އުޅެފީމު؟ ނަމަވެސް ކަލޭމެން އެގޮތެއް ގަބޫލެއް ނުކުރޭ.


އެ ގޮތަށް ކަންތައްތައް ހިނގައިދާ ދުވަހުން ކަލޭމެން އުފަލުންނަށާ ހަދާ. އެއީ މާތްރަސްކަލާނގެ ކަލޭމެންނަށް މަތިވެރި ޘަވާބެއް ސުވަރުގެގައި ދެއްވާނެ. ކަލޭމެންނާއި ދޭތެރޭ އެފަދައިން ކަންތައް ކުރާ މީހުންގެ ކާބަފައިން ނަބީ ބޭކަލުންނާއި ދޭތެރޭ ވެސް ކަންތައްތައް ކުރީ ހަމަ އެފަދައިން.


ނަމަވެސް މާތްރަސްކަލާނގެ މާކުރިން ސުރެ ވެސް ރަސޫލުންނާއި ނަބީން މެދުވެރިކުރައްވާ އެންގެވި ފަދައިން އެކަލާނގެ ދުނިޔޭގެ ހުރިހާ ކަމެއް ފުރިހަމަ ކުރައްވާ އާކުރައްވަންދެން އީސާގެފާނު އެނބުރި ދުނިޔެއަށް ވަޑައިނުގަތް ސުވަރުގޭގައި މަޑުކުރައްވާނެ.


ކަލޭމެންގެ ކާބަފައިން އަނިޔާ ނުކުރާ ދެރަކޮށް ނަހަދާ އެންމެ ނަބީބޭކަލަކު ވެސް ވޭ ތަ؟ މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވާނެ މަތިވެރި ޞާލިޙު މީހާ އަންނަ ވާހަކަ ފާޅުކޮށް އެންގުމަށް ފޮނުއްވި ނަބީބޭކަލުން ވެސް އެމީހުން މަރާލި. އަދި މިހާރު ކަލޭމެން އެ ޚާއްސަކުރައްވާ ފޮނުއްވި މަތިވެރި މީހާ އާއި ވެސް ދެކޮޅުހަދާ އެކަލޭގެފާނު ވެސް މަރާލާފީމު.


އަދި އަހަރެމެންނަށް މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް ގެނެސްދެއްވި މުރުޝިދުންގެ މަތިން ހަނދާން ނައްތާ ނުލާށެވެ. އެބޭކަލުން ދިރިއުޅުއްވައި މަރުވެ ދިޔަގޮތް ބަލާށެވެ. އަދި އެފަދަ އީމާންތެރިކަމެއްގައި އުޅެވޭތޯ ބަލާށެވެ.


އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.


ކަލޭމެންގެ ތެރެއިން މީހަކު މުސީބާތުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅުން އެހީތެރިކަމަށް އެދި ދުޢާ ދަންނަވާށެވެ. ކަލޭމެންގެ ތެރެއިން މީހަކު އުފަލުގައި ވާނަމަ މާތްރަސްކަލާނގެ ކިބަފުޅަށް މަދަޙައިން ޙަމްދު ސަނާ ދަންނަވާށެވެ.


އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބާ އީސާގެފާނު އެނބުރިވަޑައިގަތުމަށް ދާންދެން ކެތްތެރިވާށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިންނާއި މެދުގައި ވިސްނައިބަލާށެވެ. އެބައިމީހުން ބިމުގައި އިންދި ގޮވާމުގެ މަތިވަރުން އޭގެ އަގު ލިބުމަށް އެދި ޚަރީފު މޫސުމާއި ބަހާރު މޫސުމުގެ ވާރޭގެ އިންތިޒާރުގައި ތިބެއެވެ.


އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ޝަކުވާ ނުކުރާށެވެ. އެގޮތް ކަލޭމެންގެ އަމަލުތަކުގައި ވާނަމަ ކަލޭމެންގެ ކުށަށް އިންސާފު ކުރައްވާނެއެވެ. ވިސްނާށެވެ. އަދި މަތިވެރި ފަނޑިޔާރު ވަޑައިގަތުން ވަނީ ކައިރީގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ