7 އެހެންވީމާ ކަލޭމެން މާތްރަސްކަލާނގެ ކިބަފުޅަށް ބޯލަނބާށެވެ. އަދި އިބިލީސްއާއި ދެކޮޅަށް ތެދުވާށެވެ. އޭރުން އޭނާ ކަލޭމެންނާއި ދުރަށް ދުވާނެ އެވެ.
މާތްރަސްކަލާނގެ އަހަންނާ މެދު ރުހިވޮޑިގެން ނުވާނަމަ އެކަލާނގެ އަހަންނާ މެދު ނިންމަވާނެ ގޮތެއް ނިންމަވާފާށި.“
ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ.
”އަގިރިފާ ރަސްގެފާނު. އަޅުގަނޑަށް ހޭލާހުއްޓާ ހުވަފެނެއް ފަދައިން އުޑުން މާތްރަސްކަލާނގެ ދައްކަވާ މި އެންގެވި ކަންތައްތަކަކަށް އަޅުގަނޑު ނުކިޔަމަންތެރިއެއް ނުވަން.
ތެދުވޭ. ތެދުވެ ރަށުތެރެއަށް ދޭ. އެ ރަށުގައި މީހަކު ކަލޭ ކަންތައް ކުރަންވީ ގޮތް ކަލެއަށް ބުނެދޭނެ.“
ވީމާ، ރުޅިވެރިކަމުގައިވެ ޝައިތާނާއަށް އެއްގޮތަކަށް ވެސް ފުރުސަތު ނުދޭށެވެ.
މީގެ އިތުރުން އަލްމަސީޙަށް ޤަދަރު ކުރެއްވުމާއެކު ތިޔަބައިމީހުންގެ އެކަކު އަނެކަކަށް ކިޔަމަންތެރިވާށެވެ.
އެހެންވީމާ، މިހިނދުގައި ވިޔަސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ދަހަނާ އަޅާށެވެ! އޭރުން ޝައިތާނާގެ ޙަމަލާ އަންނަ ދުވަހުގައި ދިފާޢު ކުރުމުގެ ކުޅަދާނަކަން ލިބި އެގޮތުގައި ހުރިހައި ކަމެއް ކޮށް ނިމިގެން ތިޔަބައިމީހުންނަށް ސާބިތުވެ ތިބެވޭނެއެވެ.
އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެންނަށް އަދަބު ދެއްވުމުން ވެސް އަހަރެމެން ކުރަނީ އިޙުތިރާމެވެ. ވީއިރު އަހަރެމެންގެ ރޫހާނީ ބައްޕައަށް މާބޮޑަށް ވެސް ބޯލަނބައި ދާއިމީ ދިރިއުޅުމެއް ލިބި ނުގަންނަންވީ ކީއްވެހެއްޔެވެ؟
ތިޔަބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ އެދިވޮޑިގެންވަނީ މި މާއްދީ ދުނިޔޭގައިވާ އެންމެހައި ޤާނޫނީ ބާރުތަކަށް ބޯލަނބައި ކިޔަމަންގަތުމަށެވެ. ޚާއްސަކޮށް އެކި ސަރަހައްދުތަކުގައި ވެރިކަންހިންގާ ރަސްރަސްކަލުންނަށެވެ.
އެހެންވީމާ، މާތްރަސްކަލާނގެ ކުޅަދުންވަންތަ ކަމުގެ ދަށުގައި ތިޔަބައިމީހުން ހިތްތިރިވާށެވެ. އޭރުން އެންމެ އެދެވޭ ވަގުތު އައުމުން އެކަލާނގެ ތިޔަބައިމީހުން އުފުއްލަވަތެވެ.
ދެން ޞަމޫއީލް އެއްވެސް ކަމެއް ފޮރުވުމެއް ނެތި ހުރިހާ ވާހަކައެއް ކިޔާދިނެވެ. ޢާލީ ބުންޏެވެ. ”އެއީ މާތްރަސްކަލާނގެ! އެކަލާނގެ ބޭނުންފުޅުވެ ވޮޑިގަންނަވާ ގޮތަކަށް އެ ކަމެއް ހިންމަވާފާނެ.“