ޔާމިޒުގެ ސިޓީ 4:6 - ކިތާބުލް މުޤައްދަސާ6 ނުބައި އެދުންތަކާއި ދެކޮޅަށް ސާބިތުވެ ހުރުމުގައި އެކަލާނގެ ގިނަގުނަ ނިޢުމަތްފުޅު ލައްވައެވެ. ސާބިތުވެ ހުރުމުން މުޤައްދަސް ފަތްފުށްތައް މިފަދައިން ބަޔާން ކޮށްދެއްވާފައި ވަނީ އެހެންވެއެވެ. ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“ အခန်းကိုကြည့်ပါ။ |
މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ.
އީސާގެފާނު ވިދާޅުވިއެވެ. ”މި ދެމީހުން ދުޢާކޮށް ނިމިގެން ގެއަށް ދިޔައިރު މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެން ވަނީ މި ޓެކްސް ނަގާ މީހާއަށް. ދީންވެރިޔާއަކަށް ނޫން. އެއީ ތިމާ ކުރާ ރަނގަޅު ކަންތަކުގެ މައްޗަށް ބޮޑާވެ އަދި އެކަންތައްތަކުގެ ސަބަބުން ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ދެކޭ މީހުންގެ ހިތް މާތްރަސްކަލާނގެ ތިރި ކުރައްވާނެ. އަދި އަމިއްލަ ނަފުސަށާއި ކުރާ ކަންތަކުގެ މައްޗަށް ބޮޑާ ނުވެ ތިމާއަކީ އެހެން މީހުންނަށް ވުރެ ރަނގަޅު މީހަކު ކަމުގައި ނުދެކޭ މީހުން މާތްރަސްކަލާނގެ މަތި ކުރައްވާނެ.“
އެންމެހައި ޒުވާން މަސީޙީ ފިރިހެނުންނޭވެ. ތިޔަބައިމީހުންގެ މަސީޙީ ޖަމާޢަތުގެ ބޮޑުންނަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުން އެންމެން ވެސް އެކަކުއަނެކަކަށް ހިތްތިރިވާށެވެ. މުޤައްދަސް ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ”ކިބުރުވެރިންނާއި މެދު މާތްރަސްކަލާނގެ ދެކޮޅުވެރިވެ ވަޑައިގަންނަވައެވެ. އެހެނަސް ހިތްތިރި ހުރިހާ އެންމެންނަށް އެކަލާނގެ ނިޢުމަތްފުޅު ދެއްވައެވެ.“