ޔާމިޒުގެ ސިޓީ 4:5 - ކިތާބުލް މުޤައްދަސާ5 ނޫނީ މަގުސަދެއްނެތި މުޤައްދަސް ފަތްފުށްތައް މިފަދައިން އަންގަވާ ދެއްވާފައިވާކަމުގައި ކަލޭމެން ދެކެނީހެއްޔެވެ؟ ”މާތްރަސްކަލާނގެ މާތްރޫޙުފުޅު އަހަރެމެންގެ ކިބައިގައި ލެއްވީ އަހަރެމެން ހުރިހާ އެންމެންނަކީ އެކަލާނގެ ކިބަފުޅަށް ހަމައެކަނި މިލްކުވެގެންވާ ބައެއް ކަމުގައި ލެއްވުމަށޭ.“ အခန်းကိုကြည့်ပါ။ |
އެގޮތުން އޫނާން އޭނާގެ ބޭބެގެ ހުވަފަތް އަނބިމީހާ އާއި ކައިވެނިކުރިއެވެ. ނަމަވެސް އޫނާންއަށް މިފަދައިން ލިބޭނޭ ދަރިއަކީ އޭނާގެ ވާރުތަ ލިބިދޭނޭ ފަރާތަކަށް ނުވާތީވެ އެކަނބުލޭގެ އާއި އެކުގައި އޭނާ ރޭކުރާ ކޮންމެ ހިނދަކު ދަރިމައިވުމުގެ ދިޔަވަރު ބިންމައްޗަށް އޮއްސާލައެވެ. މިހެން ހަދައި އޭނާގެ ބޭބެ ޢީރުގެ ވާރުތަ ލިބޭނޭ ދަރިއަކު ނުލިބޭނެ ގޮތް އޭނާ ހެދިއެވެ.
އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.
އަދި ކޮބައި ހެއްޔެވެ؟ މާތްރަސްކަލާނގެ ބަސްފުޅުގައި ވެސް ލިޔެވިގެން ވަނީ ބަނީއިސްރާއީލު މީހުން ނޫން މީހުން އެކަލާނގެ ކިބަފުޅަށް އީމާންވުމުގެ ސަބަބުން އެކަލާނގެ ޙަޟްރަތުގައި ޞާލިޙުން ކަމުގައި ލައްވާނެއެވެ. މިކަން ހާމަކޮށް މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް މިފަދައިން އެންގެވި ކަމުގައި ލިޔެވިގެންވެއެވެ. ”ކަލޭގެފާނު މެދުވެރިކޮށް ތިމަންކަލާނގެ ދުނިޔޭގެ އެންމެހާ މީސްތަކުންގެ މައްޗަށް ރަޙުމަތް ލައްވާހުށީމެވެ.“
އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.