Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 4:3 - ކިތާބުލް މުޤައްދަސާ

3 އެތަކެއްޗަށް އެދި ކަލޭމެން ދުޢާކުރުމުން ވެސް މާތްރަސްކަލާނގެ އެތަކެތި ކަލޭމެންނަށް ނުދެއްވައެވެ. ސަބަބަކީ ކަލޭމެންގެ މަގުސަދުގެ ނުބައިކަމެވެ. އެއީ ހަމައެކަނި ކަލޭމެންގެ ބޭނުމަކީ އަމިއްލަ އެދުމުގެ އުފާވެރިކަން ލިބިގަތުން ކަމުގައި ވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 4:3
25 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އައިސް އަހަރެންގެ އެހީއަށް އެދޭނެއެވެ. އެދުވަހަކުން އަހަރެން ކަލޭމެންގެ އަޑެއް ނާހާނަމެވެ. ކަލޭމެން އަހަރެން ފެނޭތޯ ހޯދާނެއެވެ. އެކަމަކު ކަލޭމެންނަކަށް އަހަރެންނެއް ނުފެންނާނެއެވެ.


ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.


ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.


ނުބައި މީހުން ކުރާ ޤުރުބާނީ ދެކެ މާތްކަލާނގެ ނަފްރަތުވެ ވޮޑިގަންނަވައެވެ. އަމުދުން އެއީ ނުބައިކަމަކަށް އެދިގެން ކުރާ ކަމެއް ނަމައެވެ.


ނަމަވެސް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭ. އަހަރެން ބޮއި އުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟⁠“ ޔާމީޒު އާއި ޔޫޙަންނާ ޖަވާބުގައި ދެންނެވިއެވެ. ”⁠އާދެ. އަޅުގަނޑުމެންނަށް ބޮވޭނެ.⁠“


އީސާގެފާނު އެ ދެބެއިންނަށް ޖަވާބު ދެއްވިއެވެ. ”⁠ތިޔަބައިމީހުން ތިޔަ އެދޭކަމަކީ ކިހާވަރެއްގެ ކަމެއްކަން ތިޔަބައިމީހުންނަށް ވެސް އެނގިގެންނުވޭމެ. އަހަރެން ބޯން މިއުޅޭ ވޭންދެނިވި ތަށިން ތިޔަބައިމީހުންނަށް ބޮވޭނެތަ؟ އަދި އަހަރެން މިގަންބާލެވޭ ވޭނުގެ ތެރެއަށް ތިޔަބައިމީހުންނަށް ގެނބެވިދާނެތަ؟⁠“


ފަހެ ކޮންމެ މީހަކު ވެސް އެއްޗަކަށް އެދުމުން އެއެއްޗެއް އެމީހަކަށް ލިބޭނެ. ކޮންމެ މީހަކު ވެސް ހޯދާ ބަލާ އުޅުމުން އެމީހަކަށް މަގު ފެންނާނެ. އަދި ދޮރުގައި ޓަކިދިނުމުން އެދޮރެއް އެމީހަކަށްޓަކައި ހުޅުވޭނެ.


ކުޑަ ދުވަސްކޮޅެއް ފަހުން މި ހަގުދަރިފުޅު އޭނާގެ ހުރިހާ މުދާ ވިއްކާލާ އެފައިސާ ހިފައިގެން އެހެން ދުރު ސަހަރަކަށް ހިނގައްޖެ. އަދި މިސަހަރުގައި އޭނާގެ ހުރިހާ ފައިސާއެއް މަޖާކޮށް ބޭނުން ނެތް ބޭކާރު ގޮތްތަކަށް ހޭދަކޮށްލި.


އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.⁠‘


ކަލޭމެންގެ މެދުގައިވާ ދެބަސްވުންތަކާއި އަރާރުންވުންތައް އައީ ކޮންތަނަކުން ހެއްޔެވެ؟ އެއީ ކަލޭމެންގެ ހިތްތަކުގައިވާ އަމިއްލަ އެދުންތައް ކަލޭމެންނާއި ހަނގުރާމަ ކުރާތީއެވެ.


އަދި މާތްރަސްކަލާނގެ ކިބަފުޅުން އަހަރެމެން އެދި ދަންނަވާ އެންމެހާ ކަންތައް އެކަލާނގެ ފުއްދަވައި ދެއްވާނެއެވެ. ސަބަބަކީ އަހަރެމެންކުރާ ކަންތަކަކީ އެކަލާނގެ އެދިވޮޑިގަންނަވާ ފަދަ ކަންތައް ކަމަށް ވާތީއެވެ. އަދި އަހަރެމެން ޙަޔާތު ވޭތުކުރަމުން ގެންދަނީ އެކަލާނގެއަށް ކިޔަމަންތެރިކަން މަތީގައި ކަމަށް ވާތީ ވެސް މެއެވެ.


މާތްކަލާނގެއާ ކުއްތަންވުމުގެ ހިތްވަރު އަހަރެމެންނަށް ލިބިފައިވެއެވެ. އެގޮތަކީ އަހަރެމެން ކަމަކު އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވައިފިނަމަ އެކަލާނގެ އެ އަޑު އައްސަވައި އެކަލާނގެ އިރާދަފުޅު ކުރައްވާ ގޮތަކަށް އެކަންތައް ހިންމަވައި ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ