17 އެހެންވީމާ ހެޔޮ ކަންތައްތަކަކީ ކޮބައިކަން އަހަރެމެންނަށް އެނގިހުރެމެ އެފަދައިން އަމަލުނުކުރާ މީހާއަށް އެ އަރައިގަނެވުނީ ފާފައަށެވެ.
ކަލޭމެންނަށް މިހާރު މިކަންތައްތައް އެނގިއްޖެ. ވީއިރު އެފަދައިން ކަންތައްކުރޭ. އޭރުން މާތްރަސްކަލާނގެ ކަލޭމެންނަށް ރަޙުމަތް ލައްވާނެ.“
އަހަރެން މި ދުނިޔެއަށް އައިސް އެމީހުންގާތުގައި އެވާހަކަތައް ނުދެއްކިނަމަ އެމީހުން ކުށްވެރިއެއް ނުވީސް. އެކަމަކު މިހާރު އެމީހުންގެ ފާފަތަކާ މެދު އެމީހުންނަށް ދެއްކޭނެ އުޒުރެއް ނެތް.
އީސާގެފާނު ވިދާޅުވިއެވެ. ”ކަލޭމެން އަސްލުގައި ވެސް އަނދިރި ނަމަ ކަލޭމެން ކުށްވެރިއެއް ނުވީސް. އެކަމަކު ކަލޭމެން ތިބުނަނީ ކަލޭމެންނަށް ފެނެޔޭ. އެހެންވީ އިރު ކަލޭމެން ތިޔަ ތިބީ ކުށްވެރިވެފަ.“
އެބައިމީހުންނަށް ޙައްޤު ގޮތަކީ ކޮބައިކަން އެނގުމަށް ފަހު މާތްކަލާނގެ އެންގެވި ކަރާމާތްތެރި އަމުރުފުޅަށް ފުރަގަސްދިނުމަށް ވުރެން ޞާލިޙު ގޮތްތަކަކީ ކޮބައިކަން ނޭނގި ތިބުން ވެސް އެމީހުންނަށް މާރަނގަޅު ވީހެވެ.