Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 4:11 - ކިތާބުލް މުޤައްދަސާ

11 އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 4:11
24 ပူးပေါင်းရင်းမြစ်များ  

”⁠އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ. އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ. އެހެން މީހުން ކުށްވެރި ނުކުރޭ. އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ. ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މަޢާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން.


ކުށަށް މަޢާފު ނުކުރުމާއި، ޤަދަރުޅިއައުމުންނާއި، ރުޅިވެރި ބަސްތަކުން ހަޅޭ ލެވުމާއި، އަނެކުން ހިތުގައި ޖެހޭފަދަ ބަހުރުވައިން މުޚާތަބު ކުރުމާއި، ގަސްދުގައި އަނެކުންނަށް އަނިޔާވެރިވުމުން އެއްކިބާވާށެވެ.


މިގޮތުގެ މަތިން މިފަދަ އަންހެނުން ވާންޖެހޭނީ އިޙްތިރާމް ލިބިގެންވާ، އަނެކުންނާމެދު ނެތިމޮށުމުން އެއްކިބާ ވެގެންވާ ބައެއްގެ ގޮތުގައެވެ. އެކަނބަލުންގެ އަމަލުތަކުގައި ނަފްސުގެ މައްޗަށް ބާރުފޯރުވުމާއެކު ވަފާތެރިކަން މަތީ ދެމިހުރުމުގެ އާދަ ހިފަހައްޓަންވާނެއެވެ.


އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ.


ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ.


އެހެންވީމާ އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. ކަލޭމެން މަކަރުގައި ނުޖެހޭށެވެ!


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.


ނަމަވެސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ޤާނޫނު ފަރުވާތެރިކަމާއެކު ބެލުމުން ކަލޭމެންނަށް މިނިވަންކަން ލިބިދެއެވެ. އެއީ ޤާނޫނުގައި ބުނާ ފަދައިން ކަލޭމެން އަމަލުކޮށް އަދި އޭގައިވާ ތަކެތީގެ އަޑުއަހައި ހަނދާން ނައްތައި ނުލާނަމައެވެ. އޭރުން މާތްރަސްކަލާނގެ ކުރާ ހުރިހާ ކަމެއްގައި ރަޙުމަތް ލައްވައެވެ.


ހަމަ ޔަޤީނުން ވެސް މަތިވެރި އަމުރުފުޅަށް ކަލޭމެން ކިޔަމަންތެރިކަން އަދާކުރާ ކަމުގައިވާނަމަ ކަލޭމެން ވާނީ ޙައްޤުގެ މަގުގައެވެ. އެއީ މުޤައްދަސް ފަތްފުށްތައް ހާމަކޮށްދެއްވާފައިވާ ފަދައިންނެވެ. ”⁠ކަލޭމެންގެ އަމިއްލަ ނަފްސު ދެކެ ލޯބިވާ ފަދައިން ކަލޭމެންގެ އަވަށްޓެރިޔާ ދެކެ ލޯބިވާށެވެ.⁠“


އަޚުންނާއި އުޚުތުންނޭވެ! މާތްރަސްކަލާނގެ ފޮނުއްވި ރަސޫލުންގެ އުޅުއްވުންތަކުން މިސާލު ނަގާށެވެ. އެބޭކަލުންނަށް ބޭއިންސާފުން ލިބެމުން ނުހަނު ބޮޑު ވޭންތަކެއް ލިބެމުން ދިޔައެވެ. ވިޔަސް އެމީހުން ކެތްތެރިކަމާއެކު މާތްސާހިބާގެ ނަންފުޅުގައި ވާހަކަ ދައްކަމުން ދިޔައެވެ.


އަޚުންނާއި އުޚުތުންނޭވެ! މާތްސާހިބާ އީސާގެފާނު އެނބުރިވަޑައިގަތުމަށް ދާންދެން ކެތްތެރިވާށެވެ. މިސާލެއްގެ ގޮތުން ދަނޑުވެރިންނާއި މެދުގައި ވިސްނައިބަލާށެވެ. އެބައިމީހުން ބިމުގައި އިންދި ގޮވާމުގެ މަތިވަރުން އޭގެ އަގު ލިބުމަށް އެދި ޚަރީފު މޫސުމާއި ބަހާރު މޫސުމުގެ ވާރޭގެ އިންތިޒާރުގައި ތިބެއެވެ.


އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ޝަކުވާ ނުކުރާށެވެ. އެގޮތް ކަލޭމެންގެ އަމަލުތަކުގައި ވާނަމަ ކަލޭމެންގެ ކުށަށް އިންސާފު ކުރައްވާނެއެވެ. ވިސްނާށެވެ. އަދި މަތިވެރި ފަނޑިޔާރު ވަޑައިގަތުން ވަނީ ކައިރީގައެވެ.


އެންމެހައި ނުބައި ނިޔަތްތަކާއި، ދޮގު ހެދުމާއި، މުނާފިޤުވުމާއި، އަދި ޙަސަދަވެރިވުމުންނާއި ނެތިމޮށުންތަކުން އެއްކިބާވެ ތިބޭށެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ