Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 3:9 - ކިތާބުލް މުޤައްދަސާ

9 ނަމަވެސް އަހަރެމެންގެ ބައްޕާފުޅު ސާހިބުވަންތަ ރަސްކަލާނގެއަށް ޙަމްދު ތަޢުރީފު ކުރުމުގައި އަހަރެމެން ދުލުގެ ބޭނުން ކުރަމެވެ. އަދި މީސްތަކުންނަށް ބަދުދުޢާ ކުރުމުގައި ވެސް ހަމަ އަހަރެމެން އެ ދުލުގެ ބޭނުން ކުރަމުއެވެ. އެހެނަސް އިންސާނުންނަކީ މާތްރަސްކަލާނގެ ސިފަފުޅާއި އެއްފަދައިން ޚަލްޤުކުރެވިގެންވާ ބައެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 3:9
34 ပူးပေါင်းရင်းမြစ်များ  

މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ.


ތިމަންކަލާނގެ އިންސާނުން ހެއްދެވީ ތިމަންކަލާނގެ ސިފަފުޅުގައި. ވީއިރު ތިޔަބައިމީހުން އެކަކު އަނެކަކު މަރައިފިނަމަ އެމީހާ އެހެން މީހެއްގެ އަތުން މަރުވާން ޖެހޭނެ.


ދާއޫދުގެފާނު ބަހޫރީމަށް ވަޑައިގެންފިއެވެ. އެދުވަހު ޝާއުލްގެފާނުގެ ދުރުތާ ތިމާގެ މީހަކު އެރަށުން ނުކުތެވެ. އޭނާގެ ނަމަކީ ޝިމްޢީއެވެ. އޭނާއަކީ ޖީރާގެ ދަރިއެކެވެ. ޝިމްޢީ އައީ ދާއޫދުގެފާނާ ދިމާލަށް ހަޑިހުތުރު އެއްޗެހި ގޮވަމުންނެވެ.


އެކަމަކު ސަރޫވިޔަތުގެ ދަރި އަބީޝާއި ބުންޏެވެ. ”⁠އޭނާ ޖެހޭނީ މަރާލަން. އެގޮތަކީ އޭނާއަކީ މާތްރަސްކަލާނގެ ހޮއްވަވާފައިވާ ރަސްކަލަކަށް ލަޢުނަތްލައިފައި ހުރި މީހެއް.⁠“


ޕަތަރަސް ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފައި ބުނަން މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ތިޔަބުނާ މީހަކު އަހަރެން ނުދަންނަން!⁠“ އެ ހިނދު ކުއްލިއަކަށް ހާލެއްގެ ގޮވާލުމުގެ އަޑު އިވިގެން ދިޔައެވެ.


އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.


އެހެން ކަމުން އަހަރެންގެ ހިތް ހަމަޖެހެއޭ. އަދި އަހަރެންގެ ދުލުން އުފާވެރި ކަމުގެ ބަސްތައް ބޭރުވެއޭ އަދި އަހަރެން މި ވަނީ އުންމީދުން ފުރިފައޭ.


އެންމެހާ ހަމްދާ ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާއަލްމަސީޙުގެ ބައްޕާފުޅު މާތްރަސްކަލާނގެއަށެވެ. އެއީ އަހަރެމެން އަލްމަސީޙާއި އެކުގައި ވީ އެއްބައިވަންތަކަމުން އެކަލާނގެ އަހަރެމެންނަށް އުޑުތަކުގެ ހުރިހާ ރޫހާނީ ރަޙުމަތެއްލެއްވިއެވެ.


މާތްރަސްކަލާނގެ މަތިވެރި ބައްޕާފުޅުގެ ޙަޟްރަތުގައި ސާފު އަދި ސައްޙަ ދީނަކީ މުހުތާދެއްގައިވާ ޔަތީމުންނާއި ހުވަފަތް އަންހެނުންނަށް އެހީތެރިވެ އަޅާލުމާއި އަދި ދުނިޔަވީ ނުތާހިރުކަމުން ސަލާމަތް ވެގެން ވުމެވެ.


ޙަމްދު ތަޢުރީފުގެ ބަސްތަކާއި ބަދު ދުޢާތަކުގެ ބަސްތައް ބުނަމުން ގެންދަނީ އެއް ދުލަކުންނެވެ. އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! މިފަދައިން އަހަރެމެން އަމަލުކުރުމަކީ ހަމަ ޔަޤީނުން ވެސް ހެޔޮވާވަރުގެ ކަމެއް ނޫނެވެ!


އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ