Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 3:5 - ކިތާބުލް މުޤައްދަސާ

5 އެހެންވީމާ ދުލަކީ ވެސް އޭގެ ޒާތުގައި ކުޑަ ގުނަވަނެކެވެ. އެހެނަސް އެ ދުލަކީ ނުހަނު ބޮޑާ ބަސްތައް ބުނާ ގުނަވަނެއް ވެސް މެއެވެ. ޖަންގަލީގެ ބޮޑުކަމާއިމެދު ނިކަން ވިސްނައިބަލާށެވެ. އެހެނަސް ބޮޑު ޖަންގައްޔެއްގައި ހުޅު ޖެހުމަށް ބޭނުންވަނީ ނުހަނު ކުޑަކުޑަ އަލިފާން ކަންޏެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 3:5
25 ပူးပေါင်းရင်းမြစ်များ  

އަދާވާތްތެރިޔާ ބުނި. ’⁠އަހަރެން އެމީހުން ފަހައިގޮސް އަތުލާނަން. އަހަރެން އެމީހުންގެ މުދާތައް ބަހައިލާނަން. އަހަރެން ބޭނުން އެއްޗެއް ދަމައިގަންނާނަން. އަހަރެންގެ ކަނޑީގެ ބާރުގައި އެހުރިހާ އެއްޗެއް ފޭރިގަންނާނަން.⁠‘


ފިރުޢައުނު ވިދާޅުވިއެވެ. ”⁠ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!⁠“


ވިސްނާ ނުލާ ދޫކޮށްލާ ބަސްތަކުން ވާނީ ޒަޚަމެވެ. ބުއްދިވެރި ބަސްތަކުން ލިބޭނީ ޝިފާއެވެ.


ބުއްދިވެރިން ބުނާބަސްތަކުން ޙިކުމަތްތެރިކަން ލިބިގަންނަ ހިތްވެއެވެ. މޮޔައިންގެ އަނގައިން އޮހިގަންނާނީ ބޭކާރު ބަސްތަކެވެ.


ތިމާ ބުނާ ބަހަކުން ދިރިހުރުން ނުވަތަ މަރު ކުރިމަތިވެދެއެވެ. ބަސްގިނަ މީހާ އެކަމުގެ ނަތީޖާއާ ކުރިމަތިލާން ޖެހެއެވެ.


ދަރު ނެތް އުނދުނުގައި އަލިފާނެއް ރޮލެއް ނުވެއެވެ. ދޭތެރެޖެއްސުމެއް ނެތް ނަމަ އަރައިރުން ވުން ހުއްޓިދެއެވެ.


ނޫނީ ކަނޑުގައި ދުއްވާ އޮޑިއަކާމެދުގައި ޚިޔާލުކޮށް ވިސްނައިބަލާށެވެ. އޮޑި ބޮޑުވިޔަސް ގަދަވައިގެ ތެރޭގައި އޭގެ ހަލުވި ދުވެލީގައި މަގު ދައްކުވައިދެމުން ކުރިއަށް ދުވެދަނީ އޭގައި ހުރި ކުޑަކުޑަ ހުންގާނުގެ އެހީގައެވެ. އަދި ނެވިކަލޭގެ ބޭނުން ތާކަށް ބޭނުން މިސްރާބަކަށް އެ ކުޑަކުޑަ ހުންގާނުގެ އެހީތެރިކަމާއެކު ގެންދެއެވެ.


ކުށްތަކުގެ ތެރޭގައި އުޅުމަށް ފަހު އެކަންތަކުން ކިރިޔާ ސަލާމަތް ވެފައި ތިބި މީހުންނަށް އެދޮގު އެދުރުންގެ އަގެއްނެތް ފޮނިބަސްތަކުންނާއި ހަށިތަކުގެ ޝަހުވަތުގެ ދަންތުރައިގައި ޖައްސައެވެ.


މި ދޮގުއެދުރުންނަކީ އަނެކުންގެ ކުށް ހޯދައި ޝަކުވާކޮށް ހަދާ މީހުންނެވެ. އެމީހުން ދާނީ އެމީހުން ހިތުގައި އޮންނަ ހުތުރު އެދުންތަކުގެ ފަހަތުންނެވެ. އަދި މިފަދަ މީހުން ސަޅިބައިސާ ކަނޑައި އަނެކުން އެމީހުންނާ ދިމާއަށް ލެންބުމަށް ޚުޝާމަދުކޮށް ހަދައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ