Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 3:2 - ކިތާބުލް މުޤައްދަސާ

2 އަހަރެމެން ހުރިހާ އެންމެންނަށް ގިނަފަހަރަށް ކުށަށް އަރައިގަނެވެއެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން ދޫ ރައްކާތެރި ކުރާ މީހާއަކީ ފުރިހަމަ ގޮތުގައި އޭނާގެ އަމިއްލަ ނަފްސު މައްޗަށް ބާރު ފޯރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 3:2
29 ပူးပေါင်းရင်းမြစ်များ  

ބަސް ގިނަވި ވަރަކަށް ކުށްބަސް ބުނެވޭނެއެވެ. ބުއްދިވެރިޔާގެ ބަސް މަދުވާނެއެވެ.


ދޫ ރައްކާތެރި ކުރާ މީހާއަށް ސަލާމަތް ދިގު އުމުރެއް ލިބެއެވެ. އަނގަގަދަ ކުރުމުން ކަންތައް ޚަރާބުވެއެވެ.


ތިމަންގެ ހިތް ސާފޭ، ފާފައެއް ނެތޭ ބުނެވެން އޮތީ ކާކަށް ހެއްޔެވެ؟


ދޫރައްކާތެރިކޮށް އަނގަމަޑުންލައިގެން ހުންނާށެވެ. އޭރުން ތިމާ ހަލާކުގެ ތެރެއަށް ނުވެއްޓި ހުރެވޭނެއެވެ.


ހަރުފަތަކުގެ ދަރިންނޭ! ނުބައިވެގެންވާ ބަޔަކަށް ރަނގަޅު ވާހަކައެއް ބުނެވޭނީ ކިހިނަކުން؟ ކަލޭމެންގެ ދުލުން ބުނާ ވާހަކަތަކުން ދައްކައިދޭނީ ކަލޭމެންގެ ހިތުގައިވާ ގޮތް.


ކަލޭމެންގެ ބަސްތަކުން ކަލޭމެންނާއި މެދު ފައިސަލާ ކުރެވޭނެ. ކަލޭމެންގެ ބަސްތަކުން ކަލޭމެން ރަނގަޅު ކަމުގައި ސާބިތުކުރެވިދޭ. އަދި ކަލޭމެންގެ ބަސްތަކުން ކަލޭމެން ކުށްވެރިވެދޭ.⁠“


ނަމަވެސް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން ވަނީ ހުރިހާ އެންމެން ވެސް ވަނީ ފާފައިގެ ބާރުގެ ދަށުވެފައި ކަމުގައެވެ. އެހެން ކަމުން މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ރަޙުމަތްފުޅު ލިބޭނީ ހަމައެކަނި އީސާ އަލްމަސީޙަށް އީމާންވާ މީހުންނަށް ކަމަށެވެ.


އެގޮތަކީ އަހަރެމެންގެ އަމިއްލަ ނަފްސުގެ އެދުންތަކަކީ މާތްރޫޙުފުޅުގެ އެދުންތަކަށް ނުވާތީއެވެ. އަދި މާތްރޫޙުފުޅު އެދޭގޮތަކީ އަމިއްލަ ނަފްސު އެދޭގޮތެއް ވެސް ނޫނެވެ. އަބަދުވެސް މާތްރޫޙުފުޅު އަހަރެމެންނަށް ރަނގަޅު ކަންތައްތައް ކުރުމަށް ހިތްޖައްސަވާ ހިނދު، ނުބައިކަންތައް ކުރުމަށް އަމިއްލަ ނަފްސު އަހަރެމެންނަށް ހިތް ޖައްސުވައެވެ. އެހެނަސް މާތްރޫޙުފުޅު ކަލޭމެންގެ ނަފްސުގެ އެދުމާއި އެއްގޮތަކަށް ކަންތައް ކުރުމަށް ހުރަސްއަޅައެވެ.


އެހެންކަމުން އަހަރެމެން ހުރިހާ އެންމެންގެ ގާތު ވެސް އީސާއަލްމަސީޙާ ބެހޭ ވާހަކަތައް ދައްކައި މާތްކަލާނގެ ދެއްވި ޙިކުމަތްފުޅާ އެއްގޮތްވާ ގޮތުގެ މަތިން އެމީހުންނަށް ނަސޭހަތްދީ އިންޒާރުކޮށް ހަދަމެވެ. އަހަރެމެންގެ މަގުސަދަކީ އެމީހުން އަލްމަސީޙާ ގުޅުވައި ފުރިހަމަ ބައެއްގެ ގޮތުގައި މާތްކަލާނގެ ޙަޟްރަތަށް ގެންގޮސްދިނުމެވެ.


ތިޔަ ސަހަރުގެ އަހުލުވެރިއެއް ކަމުގައިވާ އެފަފުރާސް ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. އޭނާއަކީ ވެސް އީސާ އަލްމަސީޙުގެ ޚާދިމެކެވެ. އޭނާ އަބަދުވެސް ވަރަށް ޖޯޝާއެކު ތިޔަބައިމީހުންނަށްޓަކައި ދުޢާކުރެއެވެ. ރޫޙާނީގޮތުން ކުރިއަރަމުން ދިއުމަށް އެދިއާއި އަދި ތިޔަބައިމީހުންނަށް ހިތްވަރާއި ކުރިއެރުމާއި ފުރިހަމަކަން އެކަލާނގެ އެދިވޮޑިގަންނަވާނެ ފަދަޔަކުން ދެއްވުން އެދި އޭނާ ދުޢާ ކުރެއެވެ.


އަހަރެންގެ ދުޢާއަކީ އަހަރެމެން އެންމެންގެ ކިބައިގައި އެ މަތިވެރި ކަލާނގެ ރުހިވޮޑިގެންވާނެ ފަދަ ހެޔޮކަންތައް ކުރެވޭނެ ހުރިހާ ވަސީލަތްތަކެއް ލެއްވުމެވެ. އީސާގެފާނު މެދުވެރިވެ އެކަލާނގެ ރުހިވޮޑިގަންނަވާ ފަދައިން ކަންތައް ކުރެވޭނެ ގޮތް އަހަރެމެންގެ ކިބައިގައި ލައްވާށިއެވެ. ހުރިހާ ވެސް ޖަލާލަތުކަމެއް ތާއަބަދަށް ހުރީ އީސާ އަލްމަސީޙަށެވެ! އާމީން!


ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ދީންވެރިޔެއް ކަމުގައި ދެކެމުހެއްޔެވެ؟ ނަމަވެސް ދޫ ރައްކާތެރި ކުރެވިގެންނުވާ މީހާގެ ދީންވެރި ކަމުގެ އަގެއް ނެތެވެ. އަދި އެމީހަކަށް އެ މަކަރު އެ ހެދެނީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ.


އެހެންވެ އެންމެހާ މުސީބާތްތަކަށް ކެތްތެރިވުމަށް ދަސްކުރާށެވެ. އޭރުން ކަންކަމަށް ދަހިވެތިނުވެ ރޫޙާނީ ގޮތުން ކަލޭމެން ފުރިހަމައަށް ތަސައްރަފުފުދި ދެއެވެ.


ހަނދާންކުރާށެވެ! މީހަކު މާތްރަސްކަލާނގެ ދެއްވި ޤާނޫނަށް އަމަލުކުރުން މަތީގައި ދެމިހުރެ އެ ޤާނޫނުގެ އެންމެ އަމުރުފުޅެއް މުގުރައިލި ކަމުގައި ވިޔަސް އެއީ ހުރިހާ އަމުރުފުޅެއް މުގުރާލުން ފަދައިން ފާފަވެރިވެދާ ކަމެކެވެ.


މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންވެގެންވެއެވެ. ”⁠ތިޔަބައިމީހުން ބާއްޖަވެރި ޙަޔާތަކާއި އުފާވެރި ދުވަސްތަކަކަށް އެދޭނަމަ ނުބައި ބަސްތަކުން ތިޔަބައިމީހުންގެ ދޫ ރައްކާތެރިކުރާށެވެ. އަދި ދޮގު ބުނުންތަކުން ތިޔަބައިމީހުންގެ ދޫ ދުރުހެލިކުރާށެވެ.


ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ