ޔާމިޒުގެ ސިޓީ 3:14 - ކިތާބުލް މުޤައްދަސާ14 ނަމަވެސް ކަލޭމެންގެ ހިތްތައް ހިތި ޙަސަދަވެރިކަމާއި އަމިއްލަ އެދުންތަކުގެ ޝަޢުޤުވެރިކަމުގައި ވާނަމަ ކަލޭމެންނީ ބުއްދިވެރި ބައެއް ކަމުގައި ބުނެ އަޑުއުފުލައި ބޮޑާނުވާށެވެ. އެއީ ތެދާ ދެކޮޅަށް ބުނާ ބުހުތާން ދޮގެކެވެ. အခန်းကိုကြည့်ပါ။ |
އެގޮތުން އޫނާން އޭނާގެ ބޭބެގެ ހުވަފަތް އަނބިމީހާ އާއި ކައިވެނިކުރިއެވެ. ނަމަވެސް އޫނާންއަށް މިފަދައިން ލިބޭނޭ ދަރިއަކީ އޭނާގެ ވާރުތަ ލިބިދޭނޭ ފަރާތަކަށް ނުވާތީވެ އެކަނބުލޭގެ އާއި އެކުގައި އޭނާ ރޭކުރާ ކޮންމެ ހިނދަކު ދަރިމައިވުމުގެ ދިޔަވަރު ބިންމައްޗަށް އޮއްސާލައެވެ. މިހެން ހަދައި އޭނާގެ ބޭބެ ޢީރުގެ ވާރުތަ ލިބޭނޭ ދަރިއަކު ނުލިބޭނެ ގޮތް އޭނާ ހެދިއެވެ.
އަނެކާއަށް ރަނގަޅުގޮތެއްވާން ނޭދުން، މަސްތުވުން، ލަދުވެތި އަމަލު ތަކާ އިސްރާފުކުރުމަށް ހަފްލާތައް ބޭއްވުން އަދި އެހެން ވެސް ފާފަތައް ކުރުމެވެ. އަހަރެން ކަލޭމެން ގާތު ކުރިން ބުނި ފަދައިން އަނެއްކާވެސް ބުނަމެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަށް މާތްރަސްކަލާނގެ ޙަޟްރަތުގައި އެއްވެސް ޖާގައެއް ނުވެއެވެ.
މިފަދަ އެދުރުންގެ ބޮޑާކަމާއި ޖާހިލުކަމުގެ އިތުރުން ހުރިހާ ތަކެއްޗެއް އެނގޭކަމުގައި ބުނާނެއެވެ. އަދި ބޭނުމެއް ނެތް ގޮތުގައި ބަސްބަހުގެ މާނައާ މެދު ހިތުގައި ބަލިމަޑުކަމެއް ކުރިމަތި ވަންދެން ޒުވާބު ކުރާހިތްވެދެއެވެ. އޭގެ ނަތީޖާއަކީ ހިތުގައި އުފެދޭ ދެކޮޅުވެރިކަމުގެ ސަބަބުން އަނބުރާ ބެހުމާއި އެކަކު އަނެކަކަށް ޙަސަދަވެރި ވުމުގެ އިތުރުން ޝައިތާނީ ޝަކުވާތައް ކުރުމެވެ.
އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.