11 އެއްވެސް ފެންއާރަކުން ފެން ނުކުންނަ ހިނދު މީރުފެނާއި ހިތިފެން އެކުއެކީގައި ލިބިގެންނުވެއެވެ.
ޙަމްދު ތަޢުރީފުގެ ބަސްތަކާއި ބަދު ދުޢާތަކުގެ ބަސްތައް ބުނަމުން ގެންދަނީ އެއް ދުލަކުންނެވެ. އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! މިފަދައިން އަހަރެމެން އަމަލުކުރުމަކީ ހަމަ ޔަޤީނުން ވެސް ހެޔޮވާވަރުގެ ކަމެއް ނޫނެވެ!
އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ވައްތީނި ގަހަކުން ޒައިތޫނި ލިބިދޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އަދި މޭބިސްކަދުރު ވެލަކުން ވައްތީނި ލިބިދޭނޭ ގޮތެއް ވެސް ނުވެއެވެ. ހަމައެފަދައިން ލޮނުފެނުގެ އާރަކުން މީރު ފެން ލިބިދޭނޭ ގޮތެއް ވެސް ހަމަ ނުވެއެވެ.