Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 2:7 - ކިތާބުލް މުޤައްދަސާ

7 އަދި އެ މުއްސަނދިންނީ ކަލޭމެން މިލްކުވެގެންވާ ފަރާތް ކަމުގައިވާ އީސާ އަލްމަސީޙާއި މެދުގައި ނެތިނުބައިގޮވި މީހުން ވެސް މެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 2:7
23 ပူးပေါင်းရင်းမြစ်များ  

ފަރީސީންނަށް މިޚަބަރު ލިބުމުން އެބައިމީހުން ބުންޏެވެ. ”⁠އޭނާ ޖިންނިތައް ފައްސާލަމުން ގެންދަނީ ޖިންނިތަކުގެ ވެރިޔާ ބަޢަލްޒެބޫލުގެ ބާރުން.⁠“


އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘


ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


ދެން އޭރުން ދުނިޔޭގެ އެހެން ޤައުމުތައް ވެސް ތިމަންކަލާނގެ ކިބަފުޅަށް އެނބުރޭނޭ. އަދި އޭރުން އެމީހުން ވާނީ ތިމަންކަލާނގެ ޚާއްސަކުރެއްވި ތިމަންކަލާނގެ މީސްތަކުންނަށޭ. މިއީ ތިމަންކަލާނގެ ބަސްފުޅޭ.


އަދި ދީނީ މަރުކަޒުތަކުގައި އޭގެ ތެރެއިން އެތައް ބަޔެއްގެ ގައިގައި ހަންމުށިން ތެޅުމަށް ވެސް އެންގިން. އަދި އެ ގޮތުން އެމީހުން ލައްވާ އީސާގެފާނާއި ދެކޮޅަށް ވާހަކަ ދައްކުވަން އަޅުގަނޑު މަސައްކަތް ކުރީން. އަޅުގަނޑު އެމީހުންނަށް ކުރާ ނަފްރަތުގެ ބޮޑުކަމުން އީސާގެފާނަށް އީމާންވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނުމަށް އެހެން ރަށްރަށަށް ވެސް ދިޔައިން.⁠“


މީސްތަކުންނަށް ދިންނެވުން ލިބޭނެ ހަމައެކަނި މަގަކީ އީސާގެފާނު. މީސްތަކުން ސަލާމަތް ކަމަށް އެދި ދެންނެވޭނެ ހަމަ އެކަނި ނަންފުޅަކީ އީސާގެފާނުގެ ނަންފުޅު.⁠“


މި ދުނިޔޭގައްޔާއި އަދި އުޑުގައި ވީ އެންމެހައި ފަރާތްތަކަށް ދިރުންލިބިގެން ވަނީ އެކަލާނގެ ކިބަފުޅުންނެވެ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


ނަމަވެސް މަސީޙީއެއްގެ ގޮތުގައި ވުމުން ލިބިދޭނެ ވޭނާއި މެދު ލަދުވެތިނުވާށެވެ. ތިޔަބައިމީހުންނަށް މަސީޙީއެއްގެ ގޮތުގައި ވުމަށް ލިބިދިން ޝަރަފަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރާށެވެ.


އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ވަނީ ލެއިން ތަތްތެޅިފައެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ”⁠މާތްރަސްކަލާނގެ ބަސްފުޅު⁠“ އެވެ.


އެކަލޭގެފާނުގެ ރިދާކޮޅު ގައްޔާއި އެކަލޭގެފާނުގެ ފައިގެ ފަލަމަސްގަނޑުގައި މި ނަން ލިޔެވިގެން ވެއެވެ. ”⁠ރަސްރަސްކަލުންގެ ރަސްގެފާނު އަދި ސާހިބުންގެ ސާހިބާ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ