ޔާމިޒުގެ ސިޓީ 2:5 - ކިތާބުލް މުޤައްދަސާ5 އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
ތިޔަބައިމީހުންގެ ހިތްއަލިކުރެއްވުން އެދި އަހަރެން ދުޢާ ދަންނަވަމެވެ. އޭރުން އެކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކަށް ދެއްވުމަށް އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި އުންމީދަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގިގެންވާނެއެވެ. އަދި އެކަލާނގެ މުޤައްދަސްކުރެއްވި ފަރާތްތަކަށް އެކަލާނގެ ދެއްވާ ތަރިކައިގެ މަތިވެރިކަމާއި މުއްސަނދިކަން ތިޔަބައިމީހުންނަށް ވިސްނޭނެއެވެ.
މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި މީހުންގެ ތެރެއިން އަހަރެންނީ އެންމެ ނިކަމެތި އިންސާނާއެވެ. ނަމަވެސް މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ އަހަރެން ޚިޔާރު ކުރެއްވީ ބަނީއިސްރާއީލު ދަރިކޮޅުގެ އަހުލުވެރިން ނޫން ދަރިކޮޅުތަކަށް އަލްމަސީޙުގެ ރަޙުމަތްފުޅާއި ބަރަކާތާއި ނިޢުމަތްފުޅަކީ މިން ކުރެވޭނޭ ކަމެއް ނޫންކަމުގެ ހެޔޮޚަބަރުފުޅު ދިނުމަށެވެ.
އަހަރެމެން ތިޔަބައިމީހުންނަށް ހިތްވަރު ދިނީމުއެވެ. އަހަރެމެން ތިޔަބައިމީހުން ހިތްހަމަ ޖައްސައިދިނީމުއެވެ. އަދި މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތް ވޭތު ކުރުމުގައި ވުމަށް ކެނޑިނޭޅި އެދުނީމެވެ. އެކަލާނގެ ރަސްކަންފުޅާއި އެކަލާނގެ މަތިވެރިކަމުގައި ތިޔަބައިމީހުން ޙިއްސާކުރުމަށް އެކަލާނގެ އެދިވޮޑިގަންނަވައެވެ.
މިހުރިހާ ކަމަކުން ދައްކައިދެނީ މާތްރަސްކަލާނގެ ފައިސަލާ ކުރައްވާނީ އިންސާފުވަންތަކަމާއި އެކުގައި ކަމެވެ. އަދި ތިޔަބައިމީހުން މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ތަޙައްމަލު ކުރަމުން ގެންދާ ވޭނުގެ ސަބަބުން ތިޔަބައިމީހުންނަކީ އެކަލާނގެ ރަސްކަންފުޅުގެ ތެރެއަށް ވަނުމަށް އެކަށީގެންވާ ބައެއްކަމުގައި އެކަލާނގެ ލެއްވިއެވެ.
މިހާރުން ފެށިގެން އަހަންނަށްޓަކައި ޞާލިޙުވަންތަ ކަމުގެ ތާޖެއް ބޭއްވިފައި ވާނެއެވެ. މާތްސާހިބާއަކީ އަދުލުވެރި ފަނޑިޔާރެވެ. އެކަލޭގެފާނު އެނބުރިވަޑައިގަންނަވާ ދުވަހު އެ އިނާމު އަހަންނަށް ދެއްވާނެއެވެ. އެއީ ހަމައެކަނި އަހަންނަށް ދެއްވާނެ އިނާމެއް ނޫނެވެ. އެ އިނާމު އެދުވަސް އައުމަށް އެދި ޝައުޤުވެރިވެ ތިބި އެންމެންނަށް ވެސް ލިބިގެންދާނެއެވެ.
ތިޔަބައިމީހުންގެ މުސީބާތްތައް އަހަރެންނަށް އެނގޭ. ތިޔަބައިމީހުންގެ ނިކަމެތިކަމާއި ފަގީރުކަން ވެސް އަހަރެންނަށް އެނގޭ. ނަމަވެސް ޙަޤީޤީ މުއްސަނދިންނަކީ ތިޔަބައިމީހުން! ބައެއް ފަރާތްތަކުން ތިޔަބައިމީހުނާއި ދެކޮޅަށް މުޚާތަބު ކުރި ނުބައި ބަސްތައް ވެސް އަހަރެންނަށް އެނގޭ. އެއީ އެބައިމީހުން ދަޢުވާ ކުރަމުން ދިޔައީ ޙަޤީޤީ ބަނީއިސްރާއީލުންނަކީ އެބައިމީހުން ކަމުގައި. ނަމަވެސް އެބައިމީހުންނީ ޙަޤީޤީ ބަނީއިސްރާއީލުންނެއް ނޫން. އެބައިމީހުންނީ ޝައިތާނާގެ ޖަމާޢަތުގެ ބައެއް!
އުއްތާފައިވާ ޚާލިސް ރަން އަހަރެންގެ އަތުން ގަތުމަށް ތިޔަބައިމީހުންނަށް އަހަރެން ނަސޭޙަތްތެރިވަން. އެހެނީ ތިޔަބައިމީހުން ޙަޤީޤަތުގައި މުއްސަނދި ވުމަށް. އަދި އަހަރެންގެ އަތުން ތިޔަބައިމީހުން ފޭރާން ލުމަށްޓަކައި ހުދު ފޭރާން ގަނެ ތިޔަބައިމީހުންގެ ލަދުވެތިކަމާއި އައުރަ ނިވާ ކުރޭ. އަދި ލޮލަށް އަޅާ ބޭހެއް ގަނެ ތިޔަބައިމީހުންގެ ލޮލުގައި އުނގުޅާ. އޭރުން ތިޔަބައިމީހުންނަށް ފެންނާނެ.
ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.