Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 2:25 - ކިތާބުލް މުޤައްދަސާ

25 އެހެން މިސާލަކަށް ވިސްނާލާއިރު ނާސި އަންހެނެއް ކަމުގައިވާ ރާޙާބު އާއި މެދުގައި ކަންތައްތައް ހިނގާދިޔަގޮތް ނިކަން ދެކިބަލާށެވެ. އެކަނބުލޭގެ އާއި މެދުގައި މާތްރަސްކަލާނގެ ބައްލަވާ ވޮޑިގެންވީ އެކަނބުލޭގެ ކިބައިގައި ވީ ސާލިޙު އަމަލުތަކުގެ ސަބަބުންނެވެ. އެއީ ބަނީއިސްރާއީލުންގެ ޖާސުސުންނަށް އެކަނބުލޭގެއަށް ލިބިގެންވީ ހިޔާވަހިކަމުން އެމީހުންނަށް ހިޔާވަހިކަންދީ މީސްތަކުންނަށް ސިއްރިއްޔާތުގައި ސަލާމަތްތެރިކަމާއެކު އެސަހަރުގެ އެހެންމަގަކުން އެ ޖާސޫސުން ފޮނުވައި ދިނުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 2:25
15 ပူးပေါင်းရင်းမြစ်များ  

ސަލްމޫން އަކީ ބޫޢަޒުގެ ބަފައިކަލުންނެވެ. (ބޫޢަޒުގެ މައިކަނބަލަކީ ރާޙާބު އެވެ.) ބޫޢަޒު އަކީ ޢޫބީދުގެ ބަފައިކަލުންނެވެ. (ޢޫބީދުގެ މައިކަނބަލަކީ ރާޢޫޘުއެވެ.) ޢޫބީދު އަކީ ޔައްސާގެ ބަފައިކަލުންނެވެ.


މި ދެ ދަރިންގެ ތެރެއިން ބައްޕައަށް ކިޔަމަންތެރިކަން އަދާކުރީ ކޮން ދަރިއެއް؟⁠“ ބޮޑު އިމާމުންނާއި ބޮޑުން ޖަވާބު ދިނެވެ. ”⁠ދޮށީ ދަރިފުޅު.⁠“ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. ނުޙައްޤުން މީހުންގެ އަތުން ޓެކްސް ނަގާ މީހުންނާއި ހަށިވިއްކާ އަންހެނުން ވެސް ތިޔަބައިމީހުންނަށް ވުރެ ކުރިން މާތްރަސްކަލާނގެ ރަސްކަންފުޅު ލިބި ސުވަރުގެއަށް ދާނެ.


އެމީހުން ތިބެނީ މި ޖޭސަންގެ ގޭގައޭ. މި އެންމެން ވެސް ރޯމުގެ ރަސްގެފާނާއި ދެކޮޅަށް ކަންތައް ކުރަމުން ގެންދެއޭ. އެމީހުން ބުނާ ގޮތުގައި އެމީހުންގެ ރަސްގެފާނަކީ އީސާއޭ ނަމަކަށް ކިޔޭ މީހެކޭ.⁠“


ރާޙާބަކީ ކަސްބީ އަންހެނެކެވެ. ވިޔަސް އޭނާ ޖާސޫސުންނަށް ހިމާޔަތް ދިނީ އޭނާގެ އީމާންތެރިކަމުންނެވެ. އެހެންކަމުން އެރަށުގައި ތިބި ކާފަރުންނާއެކުގައި އޭނާ ނައްތައެއް ނުލެވުނެވެ.


ފަހަރެއްގައި ބައެއް މީހުން މިފަދައިން ބުނެފާނެއެވެ. ”⁠ހެޔޮ އަމަލުތައް ކުރުމުގައި ނުވި ކަމުގައިވިޔަސް އީމާންތެރިކަމުގައި ހުރެވިދާނޭ.⁠“ އެފަދަ މީހުންނަށް އަހަރެން ޖަވާބުދޭނީ މިފަދައިންނެވެ. ”⁠ތިބާ ހެޔޮ އަމަލުތައް ކުރުމުގައި ނުވެ ތިބާގެ އީމާންތެރިކަން އަހަރެންނަށް ސާބިތުކޮށްދީބަލާށޭ. އަދި އަހަރެންގެ އީމާންތެރިކަން އަހަރެންގެ ހެޔޮ އަމަލުތަކުން ތިބާއަށް އަހަރެން ސާބިތުކޮށްދޭނަމޭ.


އެހެންވީމާ އިބްރާހީމްގެފާނުގެ ޞާލިޙު އަމަލުފުޅާއި އެއްފަދައިން އެކަލޭގެފާނުގެ އީމާންތެރިކަން މަސައްކަތް ކުރެއްވިގޮތް ތިބާއަށް އެނގިގެންވޭ. އެކަލޭގެފާނުގެ އަމަލުފުޅުތަކުން އެކަލޭގެފާނުގެ އީމާންތެރިކަމުގެ ފުރިހަމަކަން ސާބިތުކޮށްދެއްވި.


އެހެންވީމާ އަހަރެމެން މާތްރަސްކަލާނގެ ޙަޟްރަތުގައި ސާލިޙު ބައެއްގެ ގޮތުގައި ވަނީ އަހަރެމެން ކުރާ އަމަލުތަކުންމެއެވެ. ހަމައެކަނި އީމާންތެރިކަމުގައި ވުމަކުން ނޫންކަން މި ބަޔާންވެދިޔަ ކަންތަކުން ސާބިތުވެ ފެންނާނެ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ