Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 2:23 - ކިތާބުލް މުޤައްދަސާ

23 އެކަލޭގެފާނުގެ މިޢަމަލުފުޅުން ބަޔާންވެގެންވީ ފަތްފުށްތައް ފުރިހަމަ ކުރެވިގެންވީ މިފަދައިން. ’⁠މާތްރަސްކަލާނގެ ކިބަފުޅަށް އިބްރާހީމްގެފާނު އީމާންތެރިވެ ވަޑައިގެންނެވިއޭ. އަދި އެކަލާނގެ އިބްރާހީމްގެފާނުގެ އީމާންތެރިކަމުގެ ސަބަބުން އެކަލޭގެފާނު ސާލިޙުންގެ ތެރޭގައި ލެއްވި.⁠‘ ހަމައެހެންމެ އިބްރާހީމްގެފާނަށް އެކަލާނގެ ރަޙުމަތްތެރިޔާގެ ލަގަބުފުޅުން ބަސްވަޙީ ކުރެއްވި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 2:23
22 ပူးပေါင်းရင်းမြစ်များ  

އަބްރާމް މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. އަދި އެކަލާނގެ އަބްރާމްގެ އީމާންކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙެއް ކަމުގައި ކަނޑައެޅުއްވިއެވެ.


ފޭލިގެކޮޅުގެ ތެރޭގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވަނީ މީހަކު ރައްޓެއްސަކާ ވާހަކަ ދައްކާ ބީދައިން މޫނާމޫނު ކުރިމަތީގައެވެ. އެއަށް ފަހު މޫސާގެފާނު އެނބުރި ފޭލިގެތަކަށް ވަޑައިގަންނަވައެވެ. އެކަމަކު އެކަލޭގެފާނުގެ އެހީތެރިޔާ ނޫނުގެ ދަރި ޒުވާން ޔަޝޫޢު އެފޭލިގެކޮޅުގެ ޚިދުމަތުގައި އެތަނުގައި ހުރެއެވެ.


ތިޔަބައިމީހުން މުޤައްދަސް ފަތްފުށްތަކުން މިއެއް ނުކިޔަމުތަ؟ ’⁠ރާނާ މީހުން ބަލައިނުގެން އެއްލާލި ގާ އެންމެ މުހިންމު ބިންގާ ކަމުގައި ވެއްޖޭ.


އަދި އެމީހަން އެކަލޭގެފާނާއި އެކުގައި ދެ ވަގުން ވެސް ސަލީބަށް އެރުވިއެވެ. އެ ދެމީހުން ސަލީބަށް އެރުވުނީ އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައެވެ.


ދެން އެކަލޭގެފާނު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ”⁠ހަމަ މިއަދު ކަލޭމެން މިބަސްފުޅުތަކުގެ އަޑު އަހަމުން ތިޔަ ގެންދާހިނދު މި ބަސްފުޅުތަކުގައި ބަޔާންކުރެވިގެން ވީ ކަންތައްތައް ފުރިހަމަވެއްޖެ.⁠“


”⁠އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެ ގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.⁠“


ނަމަވެސް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން ވަނީ ހުރިހާ އެންމެން ވެސް ވަނީ ފާފައިގެ ބާރުގެ ދަށުވެފައި ކަމުގައެވެ. އެހެން ކަމުން މާތްރަސްކަލާނގެ ވަޢުދުފުޅު ކުރެއްވި ރަޙުމަތްފުޅު ލިބޭނީ ހަމައެކަނި އީސާ އަލްމަސީޙަށް އީމާންވާ މީހުންނަށް ކަމަށެވެ.


އިބްރާހީމްގެފާނާއި މެދު ވެސް ކަންތައްވީ ހަމަ މިފަދައިން ކަމުގައި ލިޔެވިގެންވެއެވެ. ”⁠އިބްރާހީމްގެފާނު މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. ދެން މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ އީމާންކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙެއް ކަމުގައި ކަނޑައެޅުއްވިއެވެ.⁠“


މި ހުރިހާ ފަތްފުށްތަކަކަކީ މާތްރަސްކަލާނގެ ދެއްވި ހިދާޔަތުގެ މަތިން ލިޔެވިފައިވީ ބަސްފުޅު ތަކެވެ. މިހުރިހާ ފަތްފުށްތަކެއް އަންގައިދިނުން މުހިންމު ވެގެން ވަނީ މީސްތަކުންނަށް ތެދުމަގު ދައްކައި ދިނުމާއި މީސްތަކުން ނޭދެވޭ އަމަލުތަކުން އެއްކިބާ ކުރުވުމަށް ނަސޭހަތްތެރިވެ އިސްލާޙު ކުރުމާއި ހެޔޮގޮތުގައި ދިރިއުޅުމަށް އިރުޝާދު ދިނުމެވެ.


އެހެންވީމާ އަހަރެމެން މާތްރަސްކަލާނގެ ޙަޟްރަތުގައި ސާލިޙު ބައެއްގެ ގޮތުގައި ވަނީ އަހަރެމެން ކުރާ އަމަލުތަކުންމެއެވެ. ހަމައެކަނި އީމާންތެރިކަމުގައި ވުމަކުން ނޫންކަން މި ބަޔާންވެދިޔަ ކަންތަކުން ސާބިތުވެ ފެންނާނެ އެވެ.


މުޤައްދަސް ފަތްފުށްތައް އަންގަވައިދެއްވަނީ މިފަދައިންނެވެ. ”⁠ތިމަންކަލާނގެ ޖެރޫސަލަމުގައި ހިލައެއް ގާއިމު ކުރައްވަމެވެ. އެއީ ޚިޔާރު ކުރެވޭ ބިންގަލުގެ މުހިންމު ހިލައެވެ. އަދި އެކަލޭގެފާނާއިމެދު އީމާންތެރިވެއްޖެ އެއްވެސް ފަރާތެއް ލަދުވެތިވެގެން ނުވެއެވެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ