Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 2:21 - ކިތާބުލް މުޤައްދަސާ

21 އަހަރެމެންގެ ކާބަފައިކަލުން އިބްރާހީމްގެފާނާއިމެދު މާތްރަސްކަލާނގެ އެދިވޮޑިގެންނެވީ ކިހިނަކުންކަން ތިބާ ހަނދާން އެބަހުރިތަ؟ އެއީ އެކަލޭގެފާނުގެ ޞާލިޙު އަމަލުފުޅުން. އެއީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނު މާތްރަސްކަލާނގެ ވަޙީބަސްފުޅާއި އެއްގޮތްވާ ގޮތުގެ މަތިން މުޤައްދަސް އަށިމަތީގައި ޤުރުބާނަށް ހުށަހެޅުއްވުން ވެސްމެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 2:21
21 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ބަސްތަކުން ކަލޭމެންނާއި މެދު ފައިސަލާ ކުރެވޭނެ. ކަލޭމެންގެ ބަސްތަކުން ކަލޭމެން ރަނގަޅު ކަމުގައި ސާބިތުކުރެވިދޭ. އަދި ކަލޭމެންގެ ބަސްތަކުން ކަލޭމެން ކުށްވެރިވެދޭ.⁠“


ކަލޭމެން ތިމަންމެންގެ ބަފައިކަލުންނަކީ އިބްރާހީމްގެފާނުއޭ ހަމައެކަނި ބުނެލުމަކުން ނުފުދޭނެ. އަހަރެން ކަލޭމެންނަށް ބުނަން. މާތްރަސްކަލާނގެ އެދިވޮޑިގެންވާނަމަ މިހިރަ ހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިފަސްކޮޅު އުފެއްދެވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެގެންވޭ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޢުދުފުޅުވެ ވަޑައިގެންނެވީ


އެމީހާ ގޮވި. ’⁠އިބްރާހީމްގެފާނުއޭ. އަޅުގަނޑުގެ މައްޗަށް ރަޙުމް ކުރައްވާށޭ. އަޅުގަނޑު މި އަލިފާނުގެ ތެރޭގައި މި ވަނީ ވަރަށް ވޭނުގައޭ. ލާޒަރުގެ އިނގިއްޔެއް ފެން އެއްޗަކަށް ލައްވާފާ އަޅުގަނޑުގެ އަނގަޔަށް ފިނި ކޮށްލައި ދިނުމަށް މިތަނަށް ފޮނުވާ ދެއްވާށޭ.⁠‘


މި މުއްސަނދި މީހާ ބުނި. ’⁠ނޫނެކޭ. އިބްރާހީމްގެފާނުއޭ. އެމީހުންގެ ކައިރިއަށް މަރުވެފައިވާ މީހުންގެ ތެރެއިން މީހަކު ހިނގައްޖެ ނަމަ އެބައިމީހުން އެމީހަކު ބުނާ އެއްޗެއްގެ އަޑު އަހާ ގަބޫލުކޮށް އެބައިމީހުންގެ ހިތާއި އުޅުން ބަދަލުކުރާނެއޭ.⁠‘


އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ ބައްޕައަކީ އިބްރާހީމްގެފާނު.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންތީ އިބްރާހީމްގެފާނުގެ އަސްލު ދަރިންނަމަ ކަލޭމެން ވެސް އިބްރާހީމްގެފާނު ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރީސް.


ހުރިހާ ނަބީބޭކަލުން ވެސް އަވަހާރަވި. އަހަރެމެންގެ ބަފައިކަލުން އިބްރާހީމްގެފާނު ވެސް އަވަހާރަވި. ކަލޭ ތިޔަ ބުނަނީ ކަލޭތީ އިބްރާހީމްގެފާނަށް ވުރެން ވެސް މަތިވެރި ބޭކަލެކޭތަ؟ ކަލޭ ހީކުރަނީ ކަލޭ ތީ ކާކު ކަމަށްތަ؟⁠“


އިސްތިފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އިއްޒަތްތެރި އެންމެ ހާ އަޚުންނޭ، އައްސަވާ. އިބްރާހީމްގެފާނު ޙާރާންއަށް ވަޑައިގަތުމުގެ ކުރިން މެސޮޕޮޓޭމިއާގައި އަޅުގަނޑުމެންގެ މަތިވެރި ރަސްކަލާނގެ އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް ފާޅުވެ ވަޑައިގެންނެވި.


އިބްރާހީމްގެފާނަށް މާތްރަސްކަލާނގެ ވަޢުދުކުރައްވާފައި ވަނީ އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ ކިބައިން އެކަލޭގެފާނުގެ ދަރިކޮޅު ދެމިގެންދާނެ ކަމަށެވެ. އެކަލޭގެފާނު އިމްތިޙާނު ކުރެވުނު ހިނދު އެކަލޭގެފާނުގެ ހަމައެކަނި ދަރިކަލުން އިސްޙާޤުގެފާނު ޤުރުބާން ކުރައްވަން ޖެހިލުންވެ ވަޑައިނުގަތީ އެކަލޭގެފާނުގެ ކިބައިގައިވާ އީމާންތެރިކަމުގެ ސަބަބުންނެވެ.


ފަހަރެއްގައި ބައެއް މީހުން މިފަދައިން ބުނެފާނެއެވެ. ”⁠ހެޔޮ އަމަލުތައް ކުރުމުގައި ނުވި ކަމުގައިވިޔަސް އީމާންތެރިކަމުގައި ހުރެވިދާނޭ.⁠“ އެފަދަ މީހުންނަށް އަހަރެން ޖަވާބުދޭނީ މިފަދައިންނެވެ. ”⁠ތިބާ ހެޔޮ އަމަލުތައް ކުރުމުގައި ނުވެ ތިބާގެ އީމާންތެރިކަން އަހަރެންނަށް ސާބިތުކޮށްދީބަލާށޭ. އަދި އަހަރެންގެ އީމާންތެރިކަން އަހަރެންގެ ހެޔޮ އަމަލުތަކުން ތިބާއަށް އަހަރެން ސާބިތުކޮށްދޭނަމޭ.


އެހެންވީމާ އަހަރެމެން މާތްރަސްކަލާނގެ ޙަޟްރަތުގައި ސާލިޙު ބައެއްގެ ގޮތުގައި ވަނީ އަހަރެމެން ކުރާ އަމަލުތަކުންމެއެވެ. ހަމައެކަނި އީމާންތެރިކަމުގައި ވުމަކުން ނޫންކަން މި ބަޔާންވެދިޔަ ކަންތަކުން ސާބިތުވެ ފެންނާނެ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ