Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 2:17 - ކިތާބުލް މުޤައްދަސާ

17 އެހެންވީމާ ޢަމަލާއި ބަހުން ސާބިތު ކޮށް ނުދެވޭ އީމާންތެރިކަމަކީ ބޭކާރު އަދި ހަމަ އެހެންމެ މަރުވެފައިވާ ކަމެއްމެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 2:17
9 ပူးပေါင်းရင်းမြစ်များ  

އަދި އަހަރެމެން އީސާގެފާނަށް އީމާންވުމުން، އަހަރެމެންނަކީ، ޚިތާނު ކުރެވިފައި، ނުވަތަ ނުކުރެވިވާ ބަޔަކުތޯއެއް މާތްރަސްކަލާނގެ ނުބައްލަވައެވެ. އެއީއަކީ އެކަލާނގެ ކިބަފުޅަށް އެއްގޮތަކަށް ވެސް މުހިންމު ކަމެއް ނޫނެވެ. މުހިންމު ކަމަކީ ކަލޭމެން މީހުންދެކެ ވާލޯބީގެ ސަބަބުން، ކަލޭމެންގެ ކިބައިގައިވާ އީމާންތެރިކަން، ފާޅުވެ އެނގި ފެނިގެން ދިއުމެވެ.


މާތްރަސްކަލާނގެ ކަމަށްވާ މަތިވެރި ބައްޕާފުޅުގެ ކިބަފުޅަށް ތަކުރާރުކޮށް އަހަރެމެން ދުޢާ ދަންނަވާއިރު ތިޔަބައިމީހުންގެ އީމާންތެރިކަން އަމަލީ ގޮތުން ދައްކައި ދިން ގޮތުގެ ވާހަކަ އަހަރެމެން ހިމަނާނަމެވެ. އަދި ތިޔަބައިމީހުން އެހާ ބުރަމަސައްކަތެއް ކުރީ ތިޔަބައިމީހުންގެ ހިތުގައިވާ މަތިވެރި ލޯބިން ކަން ވެސް ދަންނަވާނަމެވެ. އަދި ތިޔަބައިމީހުންގެ ކިބައިގައި މާތްސާހިބާ އީސާ އަލްމަސީޙާ މެދު އޮތް ވަރުގަދަ އުންމީދުގެ ވާހަކަވެސް އެކުލަވާނަމެވެ.


މި ގޮތަށް އަހަރެންގެ މިއިރުޝާދު ދިނުމުގެ މަގްސަދަކީ އީމާންވާ އެންމެހައި މީހުންގެ ކިބައިގައި ސާފުތާހިރު ހިތަކުން އުފެދޭ ލޯތްބެއް އަށަގެންނެވުމަށެވެ. އަދި އެއީ ސާފު ޒަމީރަކުންނާއި ތެދުވެރި އީމާންތެރިކަމަކުން އުފެދޭ ލޯތްބެއް ވެސް މެއެވެ.


އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! އީމާންތެރިކަމުގައި ހުރީމޭ ބުނެ މީހަކު ދައުވާ ކުރިކަމުގައިވިޔަސް އޭނާގެ އަމަލުތަކުން އެކަން ސާބިތު ކޮށް ނުދެވޭ ކަމުގައިވާނަމަ މިފަދަ އީމާންތެރިކަމަކުން އެމީހަކަށް ދިންނެވުން ލިބޭނެ ހެއްޔެވެ؟


ވީމާ ހަށިގަނޑެއްގައި ރޫޙެއް ނެތްނަމަ އެ ހަށިގަނޑެއް ވާނީ މަރުވެފައެވެ. ހަމައެހެންމެ ހެޔޮ އަމަލުތަކެއް ނުވާ އީމާންތެރިކަމެއް ވެސް އެވަނީ މަރުވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ