Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 2:13 - ކިތާބުލް މުޤައްދަސާ

13 އެހެނީ އެއްވެސް މީހެއްގެ ކިބައިގައި އަނެކާ އާއިމެދުގައި ރަޙުމެއް ނުވާނަމަ އިންސާފު ކުރައްވާ ހިނދު އެމީހަކަށް ރަޙުމެއް ނުލިބޭނެއެވެ. ނަމަވެސް ކަލޭމެން އޯގާތެރިވެގެންވާނަމަ މާތްރަސްކަލާނގެ އިންސާފު ކުރައްވާ ހިނދު ކަލޭމެންގެ މައްޗަށް އެކަލާނގެ އޯގާވަންތަވެ ވޮޑިގެންވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 2:13
26 ပူးပေါင်းရင်းမြစ်များ  

އެކަކު އަނެކަކަށް މިފަދައިން ބުނަމުން ދިޔައެވެ. ”⁠އަހަރެމެންނަށް މިފަދައިން ޢުޤޫބާތް ލިބެމުން ދަނީ އަހަރެމެންގެ ކޮއްކޮ ޔޫސުފާއި މެދު އަހަރެމެން އަމަލުކުރިގޮތުން. އޭނާ ގަންފައިވާ ބިރާ ހިތާމަތައް އަހަރެމެންނަށް ފެނި، އަހަރެމެންގެ ކިބައިން އޭނާ ސަލާމަތަށް އެދި އާދޭސް ކުރަމުން ގެންދިޔަ ހިނދު އަހަރެމެން ދިނީ ބީރުކަންފަތެއް. މިއަދު އަހަރެމެންނަށް ޖެހިފައި މިވާ މުސީބާތަކީ އެކަމުގެ ނަތީޖާ.⁠“


ފަގީރުމީހާއަށް ބީރު ކަންފަތްދޭ މީހާ ކަމަކަށް ބޭނުންވާ ދުވަހު އެ އަޑު އަހާނެ މީހަކު ނުހުންނާނެއެވެ.


ފަގީރުންނަށް ދަތިކޮށް ނުވަތަ މުއްސަނދިންނަށް ހަދިޔާ ދީގެން ފައިދާނަގާ މީހާ ނިމިގެންދާނީ ފަގީރުކަން މަތީގައެވެ.


މާތްރަސްކަލާނގެ ބަރަކާތް ހުރީ ރަޙުމް ކުރާ މީހުންނަށް. އެހެނީ އެފަދަމީހުންނަށް އެކަލާނގެ ރަޙުމަތްލައްވާނެ.


އެކަމަކު އަނެކުންނަށް ތިޔަބައިމީހުން މަޢާފު ނުކުރާނަމަ ތިޔަބައިމީހުންގެ ބައްޕާފުޅު ތިޔަބައިމީހުންގެ ފާފަތައް ވެސް ޢަފޫއެއް ނުކުރައްވާނެ.⁠“


އިބްރާހީމްގެފާނު ވިދާޅުވި. ’⁠ދަރިފުޅާއޭ. ހަނދާން ވޭހޭ؟ ކަލޭ ދުނިޔޭގައި އުޅުނުއިރު ކަލެއަށް ރަނގަޅު ގޮތްތައް ދިމާވިއޭ. އަދި ލާޒަރުއަށް ވަރަށް ދެރަ ނުބައި ގޮތްތައް ދިމާވިއޭ. މިހާރު މިތާނގައި އޭނާއަށް ވަނީ ހަމަޖެހުން ލިބިފައޭ. އަދި ކަލޭ ތިޔަވަނީ ވޭނުގައޭ.


”⁠އެހެން މީހުންގެ ނުރަނގަޅުކަމާއި މެދު ވާހަކަދައްކާ ފާޑު ނުކިޔާ. އެއިރުން ކަލޭގެ ނުރަނގަޅުކަން ބަލާފައި އެކަމާ މެދު ވެސް ފާޑެއް ނުކިޔޭނެ. އެހެން މީހުން ކުށްވެރި ނުކުރޭ. އެއިރުން ކަލޭ ވެސް ކުށްވެރިއެއް ނުކުރެވޭނެ. ކަލެއާ ދޭތެރޭ އެހެން މީހުން ކުރާ ނުބައި ކަންތަކަށް މަޢާފްކޮށް އެކަންތައް ހިތުން ފޮހެލަންޏާ މާތްރަސްކަލާނގެ ވެސް ކަލެއާ ދޭތެރޭ ކަންތައް ކުރައްވާނީ އެފަދައިން.


ނަމަވެސް މާތްރަސްކަލާނގެ ދެއްވާ ޙިކުމަތްތެރިކަން ލިބިގެންވާ ފަރާތްތައް ވާނީ ހެޔޮ ގޮތުގައި ތާހިރުވެގެންނެވެ. އެބައިމީހުން އަނެކުންނާއެކު ސުލްޙަވެރިކަން މަތީ ޙަޔާތު ވޭތުކުރެއެވެ. އެބައިމީހުންނީ ހިތްތިރި ބައެކެވެ. ކެތްތެރި ކަމުގައިވެ އަނެކުންގެ ވާހަކަތައް އެހުމުގައިވެއެވެ. އެބައިމީހުންނީ އޯގާތެރި ކަމާއި އެހީތެރިކަމުގައިވާ ބައެއް ވެސްމެއެވެ. އެއްބަޔަކަށް ވުރެން އަނެއްބަޔަކަށް އެބައިމީހުން އިސްކަމެއް ނުދެއެވެ. އެބައިމީހުންނީ ދެފުށް ދެގޮތް ބައެއް ވެސް ނުމެނޫންމެއެވެ.


އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ