Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 1:6 - ކިތާބުލް މުޤައްދަސާ

6 ނަމަވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް ކަމަކަށް އެދި ދަންނަވާ ހިނދު އޭނާގެ ހިތުގައި އެކަމަކާއި މެދުގައިވާ ޝައްކުތަކުން އެއްކިބާވެ ހުރެ އެކަލާނގެ އާއިމެދު އިތުބާރު ކުރާންވާނެއެވެ. ސަބަބަކީ އެކަލާނގެ އާއިމެދުގައި ޝައްކުތަކެއް އުފެދިފައިވާ މީހާގެ މިސާލަކީ މާކަނޑުގެ ރާޅުތަކަށް ގަދަވައި ކުރިމަތިވެ ފެތުރިގެންދާފަދަ މިސާލެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 1:6
14 ပူးပေါင်းရင်းမြစ်များ  

”⁠ނަމަވެސް ތިބާ އަކީ ގަދަ ކަނޑެއްކަހަލަ މީހެއް. ތިބާގެ ކޮއްކޮމެންގެ މައްޗަށް ތިބާ ވެރިއެއް ނުކުރާނަން. ސަބަބަކީ ތިބާ ވަނީ ތިބާގެ ބައްޕާގެ އެނދުގައި ނިދާފައި. އަދި އަހަރެންގެ ޖާރިޔާ އަކާއި އެކު ތިބާ ވަނީ ރޭކޮށްފައި. އެގޮތުން ތިބާގެ ބައްޕަ ލަދުވެތި ކުރުވާފަ.⁠“


އެ ހިނދު ޕަތަރަސް ބުންޏެވެ. ”⁠މާތްސާހިބާ! ޙަޤީޤަތުގައި ތިޔައީ ސާހިބާ ކަމުގައި ވާނަމަ ސާހިބާގެ އަރިހަށް ފެންމަތީގައި ހިނގާފައި އަޅުގަނޑު ދިއުމަށް އަމުރު ކުރައްވާ!⁠“


ތެދުވެގެން އަވަހަށް ތިރިއަށް ދޭ. އަދި އެމީހުންނާއި އެކު އެމީހުން ބުނިތާކަށް ދޭ. ބިރުގަނެ ޖެހިލުން ނުވޭ. އެމީހުން އެ އައީ އަހަރެން ފޮނުވީމަ.⁠“


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


އެހެންވީމާ، އަހަރެން އެދެނީ އެންމެހާ ފިރިހެނުން ދުޢާ ކުރާ ހިނދު މަޑުމައިތިރިވެ އަތްތައް މައްޗަށް އުފުލައިގެން ރުޅިވެރިކަމާއި އަރާރުން އެއްކިބާވެތިބެ، މާތްރަސްކަލާނގެއަށް ދުޢާ ދެންނެވުމަށެވެ.


އަހަރެމެން މިގަބޫލު ކުރާ ކަމަށް މިބުނާ އެއްޗެއްގައި ނިކަން ބާރަށް ހިފަހައްޓައިގެން އެ އުންމީދު މަތީގައި ތިބެމާ ހިނގާށެވެ. އެހެނީ އަހަރެމެންނަށް މިއުންމީދު ދެއްވަނީ އިތުބާރު ކުރެވޭ ވަފާތެރި ކަލެއް ކަމުންނެވެ.


އީމާންތެރިކަމާ ނުލައި މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް އެކަކަށް ވެސް ހާސިލެއް ނުވާނެއެވެ. އެހެނީ އެކަލާނގެ ވީތަނެއް ހޯދާ މީހަކުނަމަ އެކަލާނގެ ވޮޑިގެންވާކަމާ މެދު އީމާންވާން ޖެހެއެވެ. އަދި ހިތުގެ އަޑިން އެކަލާނގެ ހޯދާބަޔަކަށް އެކަމުގެ ޘަވާބު އެކަލާނގެ ދެއްވާނެކަމާ މެދު ވެސް އީމާންވާން ޖެހެއެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


މިފަދަ މީހުންނަށް މާތްރަސްކަލާނގެ ކިބަފުޅުން އެއްވެސް ކަމެއް ލިބިދޭނޭ ކަމަށް އުންމީދު ކުރުމުގެ ބޭނުމެއް ނެތެވެ.


ކަލޭމެން އީމާންތެރިކަމުގައިވެ ބަލިޙާލަތުގައިވާ މީހާއަށް ދުޢާ ކުރުމުން އެބައިމީހުންގެ ބައްޔަށް ޝިފާ ލިބި މާތްސާހިބާ އެބައިމީހުންގެ ބަލި ހެޔޮކޮށް ދެއްވާނެއެވެ. އަދި އެބައިމީހުން ފާފަވެރި ވެފައިވިނަމަވެސް އެކަލޭގެފާނު އެބައިމީހުންގެ ފާފަތައް ޢަފޫކޮށްދެއްވާނެއެވެ.


މިފަދަ މީހުންނަކީ ފެން ލިބެން ނެތް ވަޅުތަކެއް ފަދަ ބޭކާރު ބައެކެވެ. ނޫނީ ވަޔާއެކު އުދުހިގެންދާ ވިލާގަނޑެއް ފަދަ ބައެކެވެ. އެބައިމީހުންނަށްޓަކައި އިންތިޒާރު ކުރަމުން ދާނީ ނަރަކައިގެ އަނދިރިވެގެންވާ ހިސާބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ