ޔާމިޒުގެ ސިޓީ 1:26 - ކިތާބުލް މުޤައްދަސާ26 ކަލޭމެންގެ ތެރެއިން އެއްވެސް މީހަކު ދީންވެރިޔެއް ކަމުގައި ދެކެމުހެއްޔެވެ؟ ނަމަވެސް ދޫ ރައްކާތެރި ކުރެވިގެންނުވާ މީހާގެ ދީންވެރި ކަމުގެ އަގެއް ނެތެވެ. އަދި އެމީހަކަށް އެ މަކަރު އެ ހެދެނީ އެމީހެއްގެ އަމިއްލަ ނަފުސަށެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނުގެ ޖަމާޢަތުގެ މުހިންމު ބޮޑުންގެ ތެރެއިން އެކަކު ވެސް އަހަރެން އަންގާދެމުން ދިޔަ ދިންނެވުމުގެ އުފާވެރި ޚަބަރަށް ގޮތްކިޔައި އެޔަށް އިތުރު ކުރަންވީ އެއްވެސް ނުކުތާއެއް ނުބުނެވެ. އަދި އެމީހުންނަކީ މުހިންމު ބޮޑުންނަށް ވިޔަސް އެއަކީ އަހަރެންނަކަށް މާ މުހިންމު ކަމެއް ނޫނެވެ. އެއީ މާތްރަސްކަލާނގެ ކުރިފުޅުމަތީ އެންމެން ވެސް އެއްވެސް ތަފާތެއް ނެތި ހަމަހަމަ ވެގެންވާތީއެވެ.
އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.