ޔާމިޒުގެ ސިޓީ 1:25 - ކިތާބުލް މުޤައްދަސާ25 ނަމަވެސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ޤާނޫނު ފަރުވާތެރިކަމާއެކު ބެލުމުން ކަލޭމެންނަށް މިނިވަންކަން ލިބިދެއެވެ. އެއީ ޤާނޫނުގައި ބުނާ ފަދައިން ކަލޭމެން އަމަލުކޮށް އަދި އޭގައިވާ ތަކެތީގެ އަޑުއަހައި ހަނދާން ނައްތައި ނުލާނަމައެވެ. އޭރުން މާތްރަސްކަލާނގެ ކުރާ ހުރިހާ ކަމެއްގައި ރަޙުމަތް ލައްވައެވެ. အခန်းကိုကြည့်ပါ။ |
މި ދީނީ މަރުކަޒުގައި ވީ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކާ އަދި އެތާނގައި ތިބި ތެދުހިތުން މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ އާ ބަނީއިސްރާއީލު މީހުންގެ ތެރެއިން އެތައް ބަޔަކު ޕައުލް އާއި ބަރުނައްބާސްގެ ފަހަތުން އެދުވަހު ދިޔައެވެ. ޕައުލް އާއި ބަރުނައްބާސް އެމީހުންގެ ކިބައިން އެދުނީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތްފުޅު ގަބޫލުކޮށް ލިބިގަނެ އަދި އެކަލާނގެ ކިބަފުޅަށް ގާއިމުކަމާއި އެކު އީމާންވެ ތިބުމަށެވެ.
އެދުވަހަށް ފަހު މިމީހުން އީސާގެފާނުގެ މަންދޫބުން އެކަލޭގެފާނާއި ބޭހޭ ގޮތުން ކިޔަވާދެއްވަމުން ގެންދެވި ތަކެތި އަހާ ދަސް ކުރުމަށް އައެވެ. އަދި ހުރިހާ އީމާންވާ މީހުން އެކުގައި ޖަމާވެ، އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއިއެކު ފަރީއްކުޅުވި އެންމެ ފަހުގެ ފަރިއްކޮޅު ހަނދުމަ ކުރުމަށްޓަކާ، އެކުގައި ކައި ބޮއި ހެދުމުގައާއި ދުޢާ ކުރުން މަތީ އެމީހުންގެ ދުވަސްތައް ހޭދަކުރިއެވެ.
ނަމަވެސް މާތްރަސްކަލާނގެ އަޅުގަނޑު ރައްކާތެރިކުރެއްވި. އެންމެ މަތީ މީހުންނަށާ އަދި އެންމެ ދެރަ މީހުންނަށް ވެސް މިޚަބަރު ދިނުމަށްޓަކައި އަޅުގަނޑު ދުނިޔޭގައި ދިރި މިހިރީ އެހެން ކަމުން. އަޅުގަނޑު މީސްތަކުންނަށް އަންގައިދީ ކިޔާދެމުން މި ދަނީ ހަމަ މޫސާގެފާނާއި އަދި އެހެން ރަސޫލުންނާއި ނަބީބޭކަލުން ވެސް އެކަމެއް ވާނެކަމަށް އަންގަވާފައިވާ ކަމަކާ ބެހޭ ގޮތުން.
އަދި ކީތް ހެއްޔެވެ؟ އެތާ އަހަރެމެންގެ ތެރޭގައި ތިބި ވަކި ބަޔަކު އެކަމާއި ގަދައަޅާ ވާހަކަ ނުދެއްކިނަމަ އެވާހަކަ ނުވެސް ދެއްކުނީހެވެ. އެމީހުންނަކީ އީސާގެފާނަށް އީމާންވެގެން ތިބި ކަމަށް ހެދިގެން އަހަރެމެންނަށް ފާރަލުމަށް އުޅުނު ބަޔެކެވެ. އެމީހުންގެ ބޭނުމަކީ އީސާ އަލްމަސީޙުގެ ސަބަބުން އަހަރެމެންނަށް ލިބިފައިވާ މިނިވަންކަން އަހަރެމެން އަތުން އަތުލައި އަހަރެމެން ދީނުގެ ގަވާއިދުތަކުގެ އަޅުންނަށް ހެދުމެވެ.
އެކަމަކު ތިޔަބައިމީހުން މި ޙަޤީޤަތް ގަބޫލުކޮށް އޭގެ މަތީގައި ސާބިތުވެ ތިބެން ޖެހެއެވެ. ތިޔަބައިމީހުންނަށް ހެޔޮޚަބަރުފުޅު ލިބުނު ހިނދުން ފެށިގެން ތިޔަބައިމީހުންނަށް ލިބުނު މި ޔަޤީންކަމާ ދުރަށް ބެހިގެން ނުގޮސް ތިބޭށެވެ. އެ ހެޔޮޚަބަރުފުޅު މުޅި ދުނިޔޭގައި ވަޢުޡު އިއްވެމުން ދިޔައެވެ. އަދި މާތްރަސްކަލާނގެ އަހަރެން، ޕައުލް ޚިޔާރު ކުރެއްވީ ހެޔޮޚަބަރުފުޅު އިޢުލާނު ކުރުމަށް ވެސްމެވެ.
އަލްމަސީޙަށް ތިޔަބައިމީހުން އީމާންވި ހިނދު ތިޔަބައިމީހުންނަށް އިންޖީލުން ދަސްވި ކަންތައް ތިޔަބައިމީހުންގެ ހިތްތަކުގައި ހަރުލައްވާށެވެ. އަދި އެގޮތުގައި ތިބެ، އެ ޚަބަރުފުޅާ އެއްގޮތްވާ ގޮތުގެ މަތިން ތިޔަބައިމީހުން އުޅެމުން ގެންދާނަމަ މަތިވެރި ބައްޕާފުޅު އަދި އެކަލާނގެ ދަރިކަލުން، އީސާގެފާނާއި އެކުގައި އެއްބައިވަންތަ ގުޅުމެއް މަތީ ތިޔަބައިމީހުން ދެމިތިބޭނެވެ.
އެއަށް ފަހު، ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”މިތަކެތި ލިޔޭ. މިހިނދުން ފެށިގެން މަރުވެދާ ހިނދު އެބައެއްގެ ކިބައިގައި މާތްރަސްކަލާނގެ އާއި މެދު އީމާންތެރިކަން ވާ ފަރާތްތަކަށް އެކަލާނގެ ބަރަކާތް ލައްވާނެ.“ މާތްރޫޙުފުޅު ޖަވާބު ދެއްވިއެވެ. ”އާނއެކޭ! އެބައިމީހުންގެ ބުރަ މަސައްކަތުން އެބައިމީހުންނަށް އަރާމު ލިބޭނެ. އަދި އެބައިމީހުން ކުރި އަމަލުތަކުގެ ހެޔޮ ޖަޒާ އެބައިމީހުންނަށް ލިބޭނެ.“