Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 1:24 - ކިތާބުލް މުޤައްދަސާ

24 އެއީ އެބައިމީހުންނަށް އެބައިމީހުންގެ މޫނު ފެނެއެވެ. އަދި އެ ލޯގަނޑުގެ ކުރިމަތިން ދިއުމުން އިސާހިތަކު އެމީހުންގެ ޙަޤީޤީ ސޫރަ ހަނދާންނެތިދެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 1:24
8 ပူးပေါင်းရင်းမြစ်များ  

ދޯނީގައި ތިބި މީހުން އިންތިހާއަށް ޙައިރާންވެ އެބައިމީހުންނަށް ބުނެވުނެވެ. ”⁠މިއީ ކޮންފަދަ އިންސާނެއް ބާ؟! އެކަލޭގެފާނުގެ އަމުރަށް ވަޔާއި ރާޅުތައް ވެސް ކިޔަމަންތެރިވޭ!⁠“


މި ވާހަކަތައް އިވުނު ކޮންމެމީހަކުމެ މިކަންތަކާ މެދު ވިސްނިއެވެ. އެމީހުން ބުނެއުޅުނެވެ. ”⁠މިކުއްޖާ ވާނީ ކޮންފަދަ މީހަކަށް ބާ؟⁠“ އެމީހުން މިހެން ބުނީ އެއީ އެކުއްޖާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ ބާރުފުޅު ލެއްވިގެން ވާކަން އެމީހުންނަށް ޔަޤީން ކުރެވޭތީއެވެ.


އީސާގެފާނަށް ދަޢުވަތު ދިން ފަރީސީނުގެ މީހާއަށް މިތަން ފެނުމުން އޭނާ ހިތާހިތާ ކިޔެވެ. ”⁠މިމީހާއަކީ ރަސޫލަކު ނަމަ އޭނާގެ ގައިގައި އެއަތްލަނީ ކޮންކަހަލަ މީހެއްކަން އަދި މި އަންހެންމީހާއަކީ ކޮންކަހަލަ މީހެއްކަން އެނގުނީހެއް ނޫން ހޭ؟ މި އަންހެން މީހާއަކީ ފާފަވެރިއަކުކަން އެނގުނީހެއް ނޫން ހޭ؟⁠“


ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.


މާތްރަސްކަލާނގެ އުނަގަންނަވައި ދެއްވި ތަކެތީގެ އަޑުއަހައި އެތަކެއްޗަށް އަމަލު ނުކުރުމަކީ މޫނުބަލާ ލޯގަނޑަކުން ސޫރަ ބެލުންފަދަ ކަމެކެވެ.


ނަމަވެސް މާތްރަސްކަލާނގެ ދެއްވި ފުރިހަމަ ޤާނޫނު ފަރުވާތެރިކަމާއެކު ބެލުމުން ކަލޭމެންނަށް މިނިވަންކަން ލިބިދެއެވެ. އެއީ ޤާނޫނުގައި ބުނާ ފަދައިން ކަލޭމެން އަމަލުކޮށް އަދި އޭގައިވާ ތަކެތީގެ އަޑުއަހައި ހަނދާން ނައްތައި ނުލާނަމައެވެ. އޭރުން މާތްރަސްކަލާނގެ ކުރާ ހުރިހާ ކަމެއްގައި ރަޙުމަތް ލައްވައެވެ.


އެގޮތުން އަހަރެމެންގެ ވަށައިގެންވާ އެންމެހާ ތަކެތީގެ ނިމުން ހުރީ މިފަދައިންނެވެ. ވީއިރު، ތިޔަބައިމީހުން ޙަޔާތް ވޭތުކުރަންވީ ކޮންފަދަ މުޤައްދަސް ޞާލިޙު ގޮތެއްގައި ހެއްޔެވެ؟ ތިޔަބައިމީހުން މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން ޙަޔާތާއިގެން ކުރިއަށް ދާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ