ޔާމިޒުގެ ސިޓީ 1:22 - ކިތާބުލް މުޤައްދަސާ22 މާތްރަސްކަލާނގެ އުނގަންނައިދެއްވި ތަކެތީގައިވާ ގޮތަށް އަމަލު ކުރާށެވެ. އެތަކެތި އަޑުއަހައި އަދި އަމަލު ނުކުރާނަމަ ކަލޭމެން އަމިއްލައަށް ކަލޭމެންގެ ނަފްސުތައް މޮޔަ ހައްދު ވަނީއެވެ. အခန်းကိုကြည့်ပါ။ |
އެހެންވީމާ، އަޚުންނާއި އުޚުތުންނޭވެ. ފަހުބަހެއްގެ ގޮތުގައި އަހަރެން ބުނެލަން އެދޭ އެއް ވާހަކައެއް ވެއެވެ. އެއީ ތެދުވެރިކަމާއި ގަދަރާ އަދި އިންސާފާ މެދުގައި ތިޔަބައިމީހުން ވިސްނުމެވެ. ސާފުތާހިރު ގޮތަކީ ކޮބައިކަމާއި އަދި ލޮބުވެތި ރުހެވޭ ގޮތްތަކަކީ ކޮބައި ކަމާ މެދުގައި ވިސްނުމެވެ. އެންމެ ހެޔޮ ގޮތާއި އަދި ތަޢުރީފު ޙައްޤުވަނީ ކޮން ކަންތަކެއްތޯ ވެސް ވިސްނުމެވެ.
އެއްދުވަސްވަރެއްގައި އަހަރެމެން ވެސް މޮޔަކަން މަތީ ނުކިޔަމަންތެރިވީމެވެ. އަހަރެމެން ދާންވީ މަގު ނޫން މަގަކުން ގޮސް ނުބައި އެދުންތަކުން ބަނދެވިގެން ވިއެވެ. އެއީ އޭރު އަހަރެމެންގެ ޙަޔާތް ނުބައިވެގެންވީ ކަންތަކުން ފުރި ޙަސަދަވެރި ވެފައި ވީތީއެވެ. އެހެންމީހުން އަހަރެމެންދެކެ ނަފްރަތު ކުރިފަދައިން އަހަރެމެން ވެސް އެމީހުންނާއިމެދު ނަފްރަތު ކުރީމެވެ.
އަޚުންނާއި އުޚުތުންނޭވެ! އެކަކު އަނެކަކަށް ހިތުގައި ޖެހޭ ފަދަ ބަސްތައް ބުނެ ނަހަދާށެވެ. ކަލޭމެން އެކަކު އަނެކަކަށް ފާޑުކިޔައި އަދި އެކަކު އަނެކަކު ކުށްވެރި ކުރުމުގައި ނުވާށެވެ. އެހެނީ ކަލޭމެންނަށް ފާޑު ކިޔައި ކުށްވެރި ކުރެވެނީ މާތްރަސްކަލާނގެ މަތިވެރި ޤާނޫނަށެވެ. އަދި ކަލޭމެން އެޤާނޫނަށް އިންސާފު ކުރުމުގައިވާނަމަ ކަލޭމެންނީ އެ ޤާނޫނަށް ކިޔަމަންތެރިކަން އަދާކުރާނޭ ބައެއް ނޫނެވެ. ނަމަވެސް އެއާއި މެދު އިންސާފު ކުރުމަށް އެދޭނޭ ފަރާތެއްމެއެވެ.
އެބައިމީހުންގެ ސަބަބުން ގިނަ ބަޔަކު ވޭނާ ކުރިމަތިލާނެއެވެ. އަދި އެހެންމެ އެބައިމީހުން ވެސް އެފަދައިން ވޭން އުފުލާންޖެހެއެވެ. ސަބަބަކީ އެ ވޭނަކީ އެބައިމީހުންނަށް ކުރެވިފައިވާ ކަންތައްތަކުގެ އަނިޔާވެރި ޖަޒާއެވެ. ދުވާލުގެ ހާމަވެގެންވާ އަލިކަމުގައި އެބައިމީހުން ލޯބިކުރާނީ ފާޙިޝް ވެގެންވާ އުފާވެރިކަމަށެވެ. ތިޔަބައިމީހުންގެ މެދުގައި އެބައިމީހުން ވާނީ ލަދުޙަޔާތް ނެތިގެންވާ ބައެއްގެ ގޮތުގައެވެ. ތިޔަބައިމީހުންނާއި އެކުގައި ސުފުރާކުރާ ހިނދު އެބައިމީހުން ވާނީ މަކަރުވެރި ކަމުން ފުރިފައެވެ.