ޔާމިޒުގެ ސިޓީ 1:21 - ކިތާބުލް މުޤައްދަސާ21 އެހެންވީމާ ނުބައިވެގެންވީ އެންމެހާ އަމަލުތަކުންނާއި ލަދުޙަޔާތްކުޑަ ކަންތައްތަކުން ކަލޭމެންގެ ނަފްސު އެއްކިބާ ކުރުވާށެވެ. އަދި ކަލޭމެންގެ ހިތްތަކުގައި މާތްރަސްކަލާނގެ އިންދަވައިދެއްވި ބަސްފުޅު ހިތްތިރިކަމާއެކުގައި ބަލައިގަންނާށެވެ. އެ ބަސްފުޅުގައި ކަލޭމެންގެ ޙަޔާތު ސަލާމަތް ކުރުމުގެ ބާރު ވެއެވެ. အခန်းကိုကြည့်ပါ။ |
ދެން އަހަރެން ހަމަ ވަގުތުން ކަލޭ ބަލާފޮނުވިން. އަދި ކަލޭ އަހަރެންގެ އެދުމަށް އައިސް ދިން ކަމީ ކަލޭގެ ރަނގަޅުކަން. މިހާރު އަހަރެމެން އެންމެން މި ވަނީ މާތްރަސްކަލާނގެ ކުރިފުޅުމަތީގަ. އަދި އެކަލާނގެ ކަލެއަށް އަހަރެމެންނަށް އެންގުމަށް އަންގަވާފައިވާ ހުރިހާ ބަސްފުޅުތަކެއް ކަނުލާ އަޑު އެހުމުގެ އިންތިޒާރުގަ.“
އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެ ހާ އަޚުންނޭ، އަޑުއަހާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށްޓަކައި މި ތަނަށް އެއްވެތިބި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންނޭ، ސަމާލުވޭ. މާތްރަސްކަލާނގެ ދެއްވާފައި މިވާ ދިންނެވޭނެ މަގު މިއީ އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ދިންނެވުމެއް.
މި ހިނދު ތިޔަބައިމީހުންނަށް މާތްކަލާނގެ ތިޔަބައިމީހުން ވެސް ދިންނަވާކަމުގެ ހެޔޮޚަބަރުފުޅު ވަނީ އިވިފައެވެ. ތިޔަބައިމީހުން އީސާގެފާނަށް އީމާންވުމުން ތިޔަބައިމީހުންނަށް ކުރީއްސުރެން ވަޢުދު ކުރައްވާފައިވާ ފަދައިން މާތްކަލާނގެ އަމިއްލަބަޔަކަށް ވެއްޖެކަން އަންގައިދިނުމަށް މާތްރޫޙުފުޅުން ވަނީ ތިޔަބައިމީހުގެ ގައިގައި ފާހަގަ ޖައްސަވާފައެވެ.
ސަބަބަކީ ހެޔޮޚަބަރުފުޅު ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިނީ ހަމައެކަނި ބަސްތަކަކުން ނޫން ކަމުންނެވެ. ނަމަވެސް ބާރާއި އެކުގައި ވެސްމެއެވެ. އެހެނީ އަހަރެމެން ފުރިހަމައަށް ބުނެދިން ތަކެއްޗަކީ ޙައްޤު ތެދުކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވިފައި ވަނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުންނެވެ. ތިޔަބައިމީހުންގެ ތެރޭގައި އަހަރެން ވޭތުކުރި ދުވަސްތަކުގައި އަހަރެމެންގެ އަމަލުތައް ހުރި ގޮތުން ތިޔަބައިމީހުންނަށް އަހަރެމެން ގެނެސްދިން އެ ހެޔޮޚަބަރުފުޅުގެ ތެދުކަންވަނީ ސާބިތު ކުރެވިފައެވެ.
އަހަރެމެން މާތްރަސްކަލާނގެ ކިބަފުޅަށް އަބަދާއި އަބަދު ޝުކުރުވެރިވާ އެހެން ސަބަބެއް ވެސް ވެއެވެ. ތިޔަބައިމީހުންގެ މެދުގައި މާތްރަސްކަލާނގެ ބަސްފުޅު އަހަރެމެން ގެނެސްދިން ހިނދު ތިޔަބައިމީހުން އެ ޚަބަރުފުޅު އަހައި ބަލައިގަތުމުންނެވެ. ތިޔަބައިމީހުން އެ ބަސްފުޅު ބަލައިގަތީ އިންސާނަކު ގެނެސްދިން ބަސްތަކެއްގެ ގޮތުގައި ނޫންކަމެވެ. ނަމަވެސް ހަމަޔަޤީނުން ވެސް މާތްރަސްކަލާނގެ ބަސްފުޅު ކަމުގައެވެ. މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވާ ތިޔަބައި މީހުންގެ މެދުގައި އެ ބަސްފުޅު މަސައްކަތް ކުރައްވަމުންގެންދެއެވެ.
އެހާ ގިނަ ބަޔަކު އަހަރެމެންގެ ވަށައިގެން ހެކިވާން އެބަވެއެވެ. ވީމާ އަހަރެމެން ކުރިއަށް ދިއުމަށް ހުރަސްއަޅާ ހުރިހާ ކަމަކުން އެއްކިބާ ވަމާހެއްޔެވެ؟ ޚާއްސަކޮށް ފާފަތަކުންނެވެ. އަހަރެމެން ބަނދެލާފައިވާ ފާފައިން ހަށިފޮޅާލަމާ ހިނގާށެވެ! އަހަރެމެންގެ ކުރިމަތީގައި މިވާ ރޭސް ކާމިޔާބު ކުރުމުގެ އަޒްމުގައި ދުއްވައިގަންނަމާ ހިނގާށެވެ!
މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.
މަގޭ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މިދުނިޔޭގައި ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައި ވީ ބައެކެވެ. އެހެންވީމާ، ޖިސްމާނީ ފާހިޝް ހުރިހާ އެދުންތަކުން ދުރުހެލިވެ ތިބުމަށް އަހަރެން ތިޔަބައިމީހުންނަށް އެދެމެވެ. ސަބަބަކީ ތިޔަބައިމީހުންގެ ފުރާނައާއި ދެކޮޅަށް އެފަދަ ކަންތައްތައް ހަނގުރާމަ ކުރާނެކަމެވެ.