ޔާމިޒުގެ ސިޓީ 1:18 - ކިތާބުލް މުޤައްދަސާ18 އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ. အခန်းကိုကြည့်ပါ။ |
މި ހިނދު ތިޔަބައިމީހުންނަށް މާތްކަލާނގެ ތިޔަބައިމީހުން ވެސް ދިންނަވާކަމުގެ ހެޔޮޚަބަރުފުޅު ވަނީ އިވިފައެވެ. ތިޔަބައިމީހުން އީސާގެފާނަށް އީމާންވުމުން ތިޔަބައިމީހުންނަށް ކުރީއްސުރެން ވަޢުދު ކުރައްވާފައިވާ ފަދައިން މާތްކަލާނގެ އަމިއްލަބަޔަކަށް ވެއްޖެކަން އަންގައިދިނުމަށް މާތްރޫޙުފުޅުން ވަނީ ތިޔަބައިމީހުގެ ގައިގައި ފާހަގަ ޖައްސަވާފައެވެ.
ކަލޭމެން އައިސް އެއްވެ ތިޔަތިބީ މާތްރަސްކަލާނގެ ހުރިހާ އިސް ދަރިން ވާތަނުގައެވެ. އެމީހުންގެ ނަންތައް އުޑުގައި ލިޔެވިފައިވާނެއެވެ. އަދި އެއެންމެންގެ ހިސާބުބައްލަވާ ކަލާނގެ ކުރިފުޅުމައްޗަށް ކަލޭމެން ތިޔަތިބީ އައިސްފައެވެ. ޞާލިޙުވަންތަ ކުރެވިފައިވާ މީހުންގެ ރޫޙުތައް ވެސް މިތަނުގައި މިވަނީ ފުރިހަމަވެފައެވެ.
އެއީ ތިޔަބައިމީހުން އަލުން އުފަންވެފައި ވުމެވެ. މި އާ އުފަންކުރެއްވުން ތިޔަބައިމީހުންނަށް ގެނެސްދިނީ ތިޔަބައިމީހުންގެ ދުނިޔަވީ މައިންބަފައިންނެއް ނޫނެވެ. ސަބަބަކީ ތިޔަބައިމީހުންގެ މައިންބަފައިން ދޭ ޙަޔާތަކީ ފަނާވެދާ ޙަޔާތެއް ކަމުގައިވުމެވެ. ނަމަވެސް މި އާ ޙަޔާތް އަބަދަށް ދެމިގެންވެއެވެ. ސަބަބަކީ ތިޔަބައިމީހުންނަށް އެ ޙަޔާތް ލިބިދިނީ ދާއިމަށް ދެމިގެންދާނެ މާތްކަލާނގެ ބަސްފުޅުން ކަމުގައިވުމެވެ.
އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.
މާތްރަސްކަލާނގެ ދަރިންގެ ގޮތުގައިވާ އެއްވެސް ބަޔަކު ފާފަކުރުމުގައި ދެމިއެއް ނުތިބެއެވެ. ސަބަބަކީ އެބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ ޒާތުފުޅު ވޮޑިގެންވާކަމެވެ. އެހެންވީމާ، އެފަދަ ބަޔަކު ފާފަކުރުން މަތީގައި ދެމި ތިބުމަކީ ކުރެވިގެން ވާނެ ކަމެއް ނޫނެވެ. ސަބަބަކީ އެފަދަ ބަޔަކު ވާނީ މާތްރަސްކަލާނގެ ދަރިން ކަމުގައެވެ.
އެބައިމީހުންނީ އެބައިމީހުންގެ މުޅި ނަފްސުތައް ތާހިރުކޮށް ބެހެއްޓި ފަރާތްތަކެވެ. އެބައިމީހުން އަންހެނުންނާއި އެކުގައި ޖިންސީގުޅުމެއް ނުހިންގައެވެ. އެބައިމީހުންނީ ބިކުރުވެރި ބައެކެވެ. ޅަކަންބަޅި ދާ ކޮންމެ ތަނެއް އެބައިމީހުން ބަލައި އެކަލޭގެފާނަށް ތަބަޢަވެގެންވިއެވެ. މި އެއްލައްކަ ސާޅީސް ހަތަރު ހާސް މީހުންނަކީ ދުނިޔޭގައި ތިބި މީސްތަކުންގެ ތެރެއިން ފިދުޔަ ދެވިފައިވާ މީސްތަކުންނެވެ. އެހެނީ އެއީ މާތްރަސްކަލާނގެ ކިބަފުޅަށާއި ޅަކަންބަޅިއަށް އެންމެ ފުރަތަމަ ހުށަހެޅުނު ފަރާތްތައް ވެސް މެއެވެ.