Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 1:15 - ކިތާބުލް މުޤައްދަސާ

15 މިނުބައި އެދުންތައް ފާފަވެރި އަމަލުތައް އުފަންކުރުވައެވެ. އަދި މި ފާފަވެރި އަމަލުތައް ގެނެސްދެނީ މަރުވެ ދިއުމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 1:15
21 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ހެވާއި ނުބައި ވަކިކުރުމުގެ ޙިކުމަތް އެކުލެވިގެންވާ ގަހުގެ މޭވާ ކައިގެން ނުވާނެ! އެއީ އެގަހުގެ މޭވާ ތިބާ ކައިފިނަމަ ހަމަ ޔަޤީނުން ވެސް ތިބާ މަރުވާނެ!⁠“


އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.


ދެން ދާއޫދުގެފާނު ބަތުޝަބާ ބަލާ މީހަކު ފޮނުއްވައިފިއެވެ. އެކަލޭގެފާނު ބަތުޝަބާ ގެންނަވައި އޭނާއާއެކު ޖިންސީ ގުޅުން ހިންގަވައިފިއެވެ. އޭރު އެއަންހެނާ އިނީ މަސްވަރުކަންތަކުން ނިމި ފެންވަރައިގެންނެވެ. ދެން އޭނާ އެނބުރި ގެއަށް ހިނގައްޖެއެވެ.


ހެޔޮކަންތައް ކުރަން ހިތުލައިގެން ހުންނަމީހާ ދިރި ހުންނާނެއެވެ. ނުބައިކަންތައް ކުރަން ހިތުލައި ހުންނަ މީހާ މަރުވެ ނެތިދާނެއެވެ.


އީސާގެފާނުގެ ބާރަ އަސްޙާބީންގެ ތެރެއިން ޔުދާސް އިސްކަރިޔޮތު ބޮޑު އިމާމުންގެ ކައިރިއަށް ގޮސް ބުންޏެވެ. ”⁠އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި އަހަރެން ތިޔަބައިމީހުންނަށް އެހީތެރިވެދީފިނަމަ ތިޔަބައިމީހުން އަހަރެންނަށް ކިހާވަރަކަށް ފައިސާ ދޭނަން؟⁠“ އެބައިމީހުން ޔުދާސް އިސްކަރިއޮތަށް ތިރީސް ރިހި ލާރި ދިނެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިބާ ޖިންސީ އެދުން ހިތުއަޅައިގެން އަންހެނަކާ ދިމާއަށް ބަލާލިޔަސް ތިބާއަށް ހިތުން ޒިނޭއެއް ކުރެވި ނިމިއްޖެ.


އަހަރެމެން ވަސްވާސްތަކުގައި ޖެހި ގެނބިގެންދަނީ އަހަރެމެންގެ އަމިއްލަ ނަފްސުގައިވާ ނުބައި އެދުންތަކުންނެވެ.


އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ