Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 1:14 - ކިތާބުލް މުޤައްދަސާ

14 އަހަރެމެން ވަސްވާސްތަކުގައި ޖެހި ގެނބިގެންދަނީ އަހަރެމެންގެ އަމިއްލަ ނަފްސުގައިވާ ނުބައި އެދުންތަކުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 1:14
24 ပူးပေါင်းရင်းမြစ်များ  

އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.


އިންސާނުންގެ ނުބައިކަމުގެ ބޮޑުކަން ދުނިޔޭގައިވާ މިންވަރު މާތްރަސްކަލާނގެ ދެކެވޮޑިގެންވިއެވެ. އެމީހުންގެ ހިތުގައި އަބަދުވެސް އުފެދެނީ ނުބައިނުލަފާ ޚިޔާލުތައް ކަން އެކަލާނގެ ދެނެވޮޑިގެންވިއެވެ.


އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.


ދެން ދާއޫދުގެފާނު ބަތުޝަބާ ބަލާ މީހަކު ފޮނުއްވައިފިއެވެ. އެކަލޭގެފާނު ބަތުޝަބާ ގެންނަވައި އޭނާއާއެކު ޖިންސީ ގުޅުން ހިންގަވައިފިއެވެ. އޭރު އެއަންހެނާ އިނީ މަސްވަރުކަންތަކުން ނިމި ފެންވަރައިގެންނެވެ. ދެން އޭނާ އެނބުރި ގެއަށް ހިނގައްޖެއެވެ.


ތިމާ ވިސްނާ ކަންތަކަށް ސަމާލުވާށެވެ. އެހެނީ ދިރިއުޅުން ބިނާވާނީ ތިމާ ވިސްނާ އެއްޗެއްގެ މައްޗަށެވެ.


މީސްތަކުންގެ އަނގައިން ނުކުންނަނީ އެބައިމީހުންގެ ހިތުގައިވާ ކަންތައްތައް. މީސްތަކުން ނުތާހިރު ކުރުވާ ކަންތައްތަކަކީ އެފަދަ ކަންތައްތައް.


މިފަދަ ކަންތައްތަކަކީ އިންސާނާ ނުތާހިރު ކުރުވާ ކަންތައްތައް. އަތް ނުދޮވެ ކެއުމަކީ އެއްވެސް ގޮތަކުން މީހުން ނުތާހިރު ކުރުވާނެ ކަމެއް ނޫން.⁠“


އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިބާ ޖިންސީ އެދުން ހިތުއަޅައިގެން އަންހެނަކާ ދިމާއަށް ބަލާލިޔަސް ތިބާއަށް ހިތުން ޒިނޭއެއް ކުރެވި ނިމިއްޖެ.


ތިޔަބައިމީހުން ކުރީގައި އުޅެމުން ގެންދިޔަ ދިރިއުޅުމާއި އެ ނަފްސު ދޫކޮށްލާށެވެ. މާޒީގައި ތިޔަބައިމީހުންގެ ޙަޔާތުގައި އުޅެމުންގެންދިޔަ މަކަރުވެރި އެދުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން އުޅެގެންނުވާނެއެވެ. އެއީ ބަރުބާދުވުމުގެ ގޮތްތަކެވެ.


”⁠މިއަދޭ⁠“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.


ނުބައި އަމަލުތައް ކުރަން ހިތްޖެހޭ ހިނދު މާތްރަސްކަލާނގެ އާއިމެދު ތުހުމަތު ކުރުމުގައި ”⁠އަހަރެން ވަސްވާސްތަކުގެ ތެރެއަށް ގެންދިޔައީ މާތްރަސްކަލާނގެއޭ.⁠“ މިފަދައިން ނުބުނާށެވެ. މާތްރަސްކަލާނގެއަށް ވަސްވާސް ދިނުމަށް ޝައިތާނާއަށް ކުޅަދާނަވެގެން ނުވެއެވެ. އަދި ހަމައެހެންމެ އެއްވެސް ފަރާތަކަށް މާތްރަސްކަލާނގެ ވަސްވާހެއް ނުދެއްވައެވެ.


މިނުބައި އެދުންތައް ފާފަވެރި އަމަލުތައް އުފަންކުރުވައެވެ. އަދި މި ފާފަވެރި އަމަލުތައް ގެނެސްދެނީ މަރުވެ ދިއުމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ