ޔާމިޒުގެ ސިޓީ 1:11 - ކިތާބުލް މުޤައްދަސާ11 މުއްސަނދިންނަށް ޙާސިލު ކުރެވިފައިވާ އެންމެހާ ތަކެތި އެބައިމީހުންގެ އަތުން ނެތިގެން ދަނީ އިރު އޭގެ ގަދަފަދަ ހޫނުކަމާއެކު އަރައިގެން އައިސް ގަސްތަކުގެ ފަތްތައް މިލައިމޯޅި ކުރުވައި އޭގެ މައު ވެރި އަދި އޭގެ ރީތިކަން ނެތިގެންދާ ފަދައިންނެވެ. އަދި އެފަދަ މީހުން ނިމިގެންދާނީ އެބައިމީހުންގެ ވިޔަފާރިއާއިމެދުގައި އަވަދިނެތި އުޅޭ ޙާލުގައެވެ. အခန်းကိုကြည့်ပါ။ |
ވަލުތެރޭގައި ހުންނަ މާމެލާމެއްޔަށް ވެސް މާތްރަސްކަލާނގެ އެ ފަދަ ފޭރާންތައް އަޅުއްވައި ދެއްވާ. އެފަދަ ތަކެއްޗަކީ މިއަދު ތާޒާކޮށް ހުރެފައި މާދަމާ ހިކުނީމާ އުނދުނުގެ އަލިފާނަށް އެއްލާލެވޭނެ ތަކެތި. ވީއިރު އެކަލާނގެ ތިޔަބައިމީހުންނަށް އެއަށްވުރެ މާ ރަނގަޅަށް ފޭރާން އަޅުއްވައި ދެއްވާނެކަން ޔަޤީނެއް ނޫންތަ؟ ތިޔަބައިމީހުންގެ ކިބައިގައި އީމާންތެރިކަން އެހާ ކުޑައީ ކީއްވެ؟