Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޔާމިޒުގެ ސިޓީ 1:1 - ކިތާބުލް މުޤައްދަސާ

1 މި ސިޓީ އަކީ މާތްރަސްކަލާނގެ އަދި މާތްސާހިބާ އީސާ އަލްމަސީޙުގެ ޚާދިމު ޔާމިޒުގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. އަހަރެންގެ ތަހުނިޔާއަށް ފަހު އަލްމަސީޙަށް އީމާންވެގެން ތިބި ބަނީ އިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ފެތުރިފައިވާ ފަރާތްތަކަށް ލިޔަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޔާމިޒުގެ ސިޓީ 1:1
41 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް ވަރަށް ފަރުވާތެރި ކަމާއެކު ލިޔުއްވިއެވެ. އަނެއް ދުވަހު ވަރަށް ހެދުނާ މޫސާގެފާނު ތެދުވެ ވަޑައިގެން ފަރުބަދައިގެ ބުޑުގައި ޤުރުބާނީ އައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ބާރަ ތަނބު ވެސް ޖެއްސެވިއެވެ. އެއީ އިސްރާއީލުގެ ކޮންމެ ދަރިކޮޅަކަށް ތަނބެއް މަގުންނެވެ.


މިބާރަ ޖަވާހިރު ރަމްޒު ކޮށްދެނީ ބަނީ އިސްރާއީލުގެ ގަބީލާތައް. އެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގައި އޭގައި ލިޔޭ.


މިއިން ކޮންމެ ޖަވާހިރެއް ރަމްޒުކޮށްދެނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ ތެރެއިން ގަބީލާއެކެވެ. އެ ނަންތައް ވަނީ އެ ޖަވާހިރުތަކުގައި ލިޔެ ތަތްގަނޑެއް ފަދައިން ބިންވަޅު ނަގާފައެވެ.


ފިލިޕު އާއި ބަރުތުލޫމު އާއި ތޯމާސް އާއި ޓެކްސް ނަގާ މައްތާ އާއި ހަލްފާހުގެ ދަރި ޔާމިޒު އާއި ތައްދާވުސް އާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އަދި އިސްކަރިޔޮތުގެ ޔުދާސްއެވެ. އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނާއި ދެކޮޅުވެރިވެ އެކަލޭގެފާނަށް ޚިޔާނާތްތެރިވިއެވެ.


އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. އަންނަން އޮތް އާ ޒަމާނުގައި އިންސާނާގެ ދަރިކަލުން އަންނަ ހިނދު، އިންސާނާގެ ދަރިކަލުން މަތިވެރިވެގެންވާ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާ ހިނދު އަހަރެންގެ އަސްޙާބީންކަމުގައި ތިޔަބައިމީހުން ބަނީއިސްރާއީލުންގެ ބާރަ ގަބީލާގެ މައްޗަށް އިންސާފު ގާއިމުކުރުމަށް ޓަކައި ބާރަ ތަޚުތުގައި އިށީނދެ ވަޑައިގަންނަވާނެ.


އަންދުރާއި، ފިލިޕު، ބަރުތުލޫމު، މައްތާ، ތޯމާސް، ހަލްފާހުގެ ދަރި ޔާމިޒު، ތައްދާވުސް އާއި، ދީނާއި ސިޔާސީ ކަންތަކުގައި އިންގިލާބީ ޖޯޝްގައި އުޅެމުން ދިޔަ ސިމުއާން އާއި އިސްކަރިޔޮތުގެ ޔުދާސްއެވެ. މި އިސްކަރިޔޮތުގެ ޔުދާސް ފަހުން އީސާގެފާނަށް ޚިޔާނާތްތެރިވިއެވެ.


އެއީ އޭރުން ކަލޭމެން އަހަރެންގެ ރަސްކަމުގައި އަހަރެންނާއި އެއްމޭޒެއްގެ މަތީ ކައި ބޮއި އުޅުމަށް. އަދި ތަޚުތުތަކުގައި އިށީނދެ ބަނީއިސްރާއީލުގެ ބާރަ ދަރިކޮޅުގެ މައްޗަށް ހިސާބު ބެލުމަށް.⁠“


އަހަރެންގެ ޚިދުމަތުގައިވުމަށް އެދޭ ކޮންމެ މީހަކުމެ އަހަރެންނާއި އެކު އާދޭ! އެފަދަ މީހުން އަބަދުވެސް އަހަރެން ވާ ތަނެއްގައި ވެ ވުމަށްޓަކައި. އަދި މީހަކު އަހަރެންގެ ޚިދުމަތުގައިވުމަށް ނިންމައިފިނަމަ، ބައްޕާފުޅު އެމީހަކު ޝަރަފުވެރި ކުރައްވާނެ.


މިބަސްތަކުގެ އަޑުއަހާފައި ބަނީއިސްރާއީލުގެ ވެރިން ބުންޏެވެ. ”⁠މީނާ އަހަރެމެންނަށް ނުފެންނަ ކޮންތާނކަށްތަ ދާން އެއުޅެނީ؟ ފަހަރެއްގައި އޭނާ ބޭރު ކަރައިގައި އުޅޭ އަހަރެމެންގެ މީހުންގެ ގާތަށް ވެސް ހިނގައިދާނެ. ގޮސް އެރަށްރަށުގެ މީހުންނަށް ކިޔަވައި ވެސް ދީފާނެ.


ޕަތަރަސް އެމީހުންނަށް އަޑުގަދަ ނުކުރުމަށް އިޝާރާތް ކުރިއެވެ. ދެން މާތްރަސްކަލާނގެ އޭނާ ޖަލުން ނެރުއްވި ގޮތުގެ ވާހަކަ އެމީހުންނަށް ކިޔާދިނެވެ. ޕަތަރަސް ބުންޏެވެ. ”⁠ޔާމިޒު އާއި އެހެން އެންމެންނަށް ވެސް މި ވާހަކަތައް ކަލޭމެން ކިޔާދޭތި.⁠“ ދެން އޭނާ އެތަނުން އެހެންތާކަށް ދިޔައެވެ.


އެމީހުންގެ ވާހަކަ ނިމުމުން ޔާމިޒު ވާހަކަދައްކާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޑުއަހާ.


އެއީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގަވާއިދުތަކާއި ޤާނޫނުތައް ކޮންމެ ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒުތަކުގައި ކިޔެމުން ދާ ތާ އެތައް ޒަމާނެއް ވެއްޖެ. އަދި ކޮންމެ ރަށެއްގައި ވެސް އެކަލޭގެފާނުގެ ބަސްފުޅުތައް ވެސް ވަނީ އަންގައިދެއްވިފަ.⁠“


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


އެ ދުވަސްވަރު ދީނުގެ ކަންތަކަށް ޚާއްސަކަންދޭ ދީންވެރި ޞާލިޙު ބަނީއިސްރާއީލުގެ އެތައް ބަޔަކު ދުނިޔޭގެ އެތައް ޤައުމަކުން ޖެރޫސަލަމަށް އައިސް ތިއްބެވެ. މި އަޑު އިވުމުން އެމީހުންގެ ތެރެއިން ބޮޑުބައިގަނޑެއް މި ވަނީ ކީއްތޯ ބެލުމަށް އައެވެ. މި ބައިމީހުން އީސާގެފާނުގެ މައްޗަށް އީމާންވާ މީހުން ތިބި ގެއަށް ވަނުމާއިއެކު އެމީހުންނަށް ފެނުނު ކަންތައްތަކުން އެމީހުން ހައިރާންވެ އަޖައިބުވިއެވެ. އެމީހުންނަކީ ތަފާތު ޤައުމުތަކުން އެ ރަށަށް އައިސް ތިބި ބަޔެކެވެ. ނަމަވެސް މިހާރު އެމީހުންނަށް އިވެމުން އެ ދަނީ އެމީހުންގެ އަމިއްލަ ބަހުން ވާހަކަ ދެކެވޭ އަޑެވެ.


އަނެއް ދުވަހު ޕައުލް އަހަރެމެން ގޮވައިގެން ދިޔައީ ޔާމިޒުއާއި ބައްދަލުވުމަށެވެ. އެތަނުގައި އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ބޮޑުން ވެސް ވިއެވެ.


”⁠ސިފައިންގެ ކޮމާންޑަރު ކުލާއުދިއުސް ލިސިޔާހުގެ ފަރާތުން، އިއްޒަތްތެރި ގަވަރުނަރު ފެލިކުސްގެ އަރިހަށް. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.


ބަނީއިސްރާއީލު މީހުންގެ ބާރަ ގަބީލާގެ ދަރިކޮޅުގެ މީހުން ރެއާއި ދުވާލު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރަމުން ދަނީ ހަމަ މިބުނި ވަޢުދުފުޅު ފުރިހަމަވެ ނިމޭނެ ދުވަހެއްގެ އުންމީދުގަ. އިއްޒަތްތެރި އަގިރިފާ ރަސްގެފާނު، ނަމަވެސް މިއަދު އަޅުގަނޑު ޝަރީޢަތުގެ ކުރިމައްޗަށް ގެނެވިފައި މި ވަނީ އަޅުގަނޑު ވެސް ހަމަ އެ ވަޢުދުފުޅު ފުރިހަމަ ވުމަށް އުންމީދުކޮށް ގަބޫލު ކުރާތީ.


ހިލައިންތަޅާ އިސްތިފާނު މަރާލުމަށް ޝާއުލް އެއްބަސްވިއެވެ. އެދުވަހު ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެން ތިބި އެންމެންނަށް މީހުންގެ ފަރާތުން ވަރަށް ބޮޑެތި އަނިޔާތައް ލިބެން ފެށިއެވެ. އެހެން ކަމުން އީސާގެފާނުގެ މަންދޫބުން ފިޔަވާ އެކަލޭގެފާނަށް އީމާންވެގެން ތިބި އެންމެ ހާ މީސްތަކުން ޖުދެއާ އާއި ސަމީރިއްޔާ އަށް ދިޔައެވެ.


ދެން އިތުރުން އަހަރެން ބައްދަލުކުރި މަންދޫބަކީ އަޅުގަނޑުމެންގެ މާތްސާހިބާ އީސާގެފާނުގެ ކޮއްކޯފުޅު ޔާމިޒުއެވެ.


ޔާމިޒު ފޮނުވައިގެން އެރަށަށް އައި މީހުން އައުމުގެ ކުރިން ޕަތަރަސް ބަނީއިސްރާއީލު މީހުން ނޫން މީހުންނާއިއެކު އެއްސުފުރާމަތީ ކައި އުޅުނެވެ. ނަމަވެސް ހަމަ މިމީހުން އައުމާއިކު އޭނާ އެފަދައިން ކަންކުރުން ހުއްޓާލިއެވެ. އެއީ މިޤަވާއިދު ބޮޑު ޚިތާނު ކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ދުށް މީހުންދެކެ ޕަތަރަސް ބިރުގަނެ އެމީހުން ބުނެފާނެ އެއްޗަކާއިމެދު ޖެހިލުން ވީތީއެވެ.


އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތުގެ މައިބަދަ ކަމުގައި ބެލެވޭ ޔާމިޒު އާއި ޕަތަރަސްއާއި އަދި ޔޫޙަންނާއަށް ވެސް މާތްރަސްކަލާނގެ ނިޢުމަތްފުޅުން އަހަރެންނަށް ދެއްވި ހަދިޔާ ފެނި އަހަރެންނާއި ބަރުނައްބާސް އަކީ އެމީހުންގެ މަސައްކަތުގެ ބައިވެރިން ކަމުގައި ހެދިއެވެ. އަދި އެމީހުން ބަނީއިސްރާއީލު މީހުންނަށް މާތްރަސްކަލާނގެ ބަސްފުޅު އަންގާދެމުން ދިޔަ ފަދައިން އަހަރެން ވެސް ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް އެބަސްފުޅު އަންގާދިނުމަށް ހިތްވަރު ދިނެވެ.


މި ސިޓީ އަކީ އަލްމަސީޙު އީސާގެފާނުގެ ޚާދިމުން ކަމުގައިވާ ޕައުލް އާއި ތިމޮތީގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ މިލިޔަނީ އީސާ އަލްމަސީހަށް އީމާންވެގެންވީ މާތްކަލާނގެ މުޤައްދަސްކުރެއްވި ފިލިއްޕީގެ އެންމެހައި ފަރާތްތަކަށާއި މަސީޙީ ޖަމާޢަތުގެ ބޮޑުންނާއި އެހީތެރިންނަށެވެ.


ފިނި މޫސުމް އައުމުގެ ކުރިން ތިބާއަށް އާދެވޭތޯ މަސައްކަތް ކުރާށެވެ. އެއުބޫލު، ޕިޔުޑެންސް، ލީނުސްގެ އިތުރުން ކިލާއުދިޔާ ވެސް ތިބާއަށް ތަހުނިޔާ ފޮނުވަމެވެ. އަދި އިތުރަށް މަސީހީންގެ އެންމެހާ ފަރާތްތައް މި ތަހުނިޔާގައި ޝާމިލު ކުރަމެވެ.


މާތްރަސްކަލާނގެ ޚާދިމު އަދި އީސާ އަލްމަސީޙުގެ މަންދޫބު ޕައުލް ލިޔަމެވެ. މާތްރަސްކަލާނގެ އަހަރެން ފޮނުއްވީ އީމާންތެރިކަމުގައިވެ އެކަލާނގެ ހޮއްވަވާފައިވީ ފަރާތްތަކަށް ހިތްވަރު ދީ އީމާންތެރިކަން އިތުރުކޮށް އެކަލާނގެ މަގުގައި އުޅޭނޭ ޙަޤީޤަތުގެ އިލްމު އުގަންނައި ދިނުމަށެވެ.


މިއީ އީސާ އަލްމަސީޙުގެ މަންދޫބެއް ކަމުގައިވާ އަހަރެން ޕަތަރަސްގެ ފަރާތުން ފޮނުވާ ސިޓީއެކެވެ. މިސިޓީ އަހަރެން މިލިޔަނީ މާތްރަސްކަލާނގެ ހޮއްވެވި ފަރާތްތަކުގެ ތެރެއިން ޕޮންޓަސް، ގަލާތިޔާ، ކައްޕަދޯސިޔާ، އޭޝިޔާ ސަރަހައްދުގެ އިތުރުން ބިޒީނިޔާގައި ވަގުތީގޮތުން ދިރިއުޅެމުން ގެންދާ ފަރާތްތަކަށެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި އެކަލޭގެފާނުގެ މަންދޫބެއް ކަމުގައިވާ ޝަމްއޫނު ޕަތަރަސްގެ ފަރާތުން ލިޔެފޮނުވާ ސިޓީ އެކެވެ. މި ސިޓީ މިލިޔަނީ އަހަރެމެންނަށް ދެއްވި ފަދައިން މާތްކަލާނގެއާއި އަހަރެމެން ދިންނެވުން ފަރާތް އީސާއަލްމަސީޙުގެ ޞާލިޙުވަންތަކަމުން އީމާންތެރި އަގުބޮޑު ހަދިޔާ ދެއްވާފައިވާ މީސްތަކުންނަށެވެ.


މި ސިޓީއަކީ އީސާ އަލްމަސީޙުގެ ޚާދިމު އަދި ޔާމިޒުގެ ކޮއްކޮ ޔަހޫޛާ ލިޔެ ފޮނުވާ ސިޓީއެކެވެ. މި ސިޓީ އަހަރެން މި ލިޔަނީ މާތްރަސްކަލާނގެ، ބައްޕާފުޅު ޚިޔާރު ކުރެއްވި ފަރާތްތަކުގެ ތެރެއިން އެކަލާނގެ އެބަޔަކާ މެދު ލޯބިފުޅުވެވޮޑިގެން އީސާ އަލްމަސީޙުގެ ރައްކާތެރިކަމުގެ ދަށުގައި ބައިތިއްބަވާފައިވާ ހުރިހާ އެންމެންނަށެވެ.


މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ލެވުނު މީހުންގެ ޢަދަދަކީ 144,000 މީހުން ކަމަށް ބުނި އަޑު އަހަންނަށް އިވުނެވެ. އެބައިމީހުންނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ އަޙުލުވެރިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ