ޢިބްރާނީންނަށް ސިޓީ 9:7 - ކިތާބުލް މުޤައްދަސާ7 ފޭލިގެކޮޅުގެ އެތެރޭ ބަޔަށް ވަދެވެނީ އުއްތަމަ އިމާމަށެވެ. އޭނާ އެތަނަށް ވަންނަނީ އަހަރަކު އެއްފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ފާފައިގެ ކައްފާރާއަކަށް ހުށަހެޅުމަށް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ. އަދި މީސްތަކުންނަށް ގަސްތަކާނުލައި ކުރެވޭ ފާފަތަކުގެ މަތިން ހުށަހަޅަން ވެސް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ. အခန်းကိုကြည့်ပါ။ |
އެހެންކަމުން އެކަލޭގެފާނަކީ އެހެން ހުރިހާ އިމާމުންނަށް ވުރެން މަތިވެރި އިމާމެކެވެ. އެހެން އިމާމުން ފަދައިން، ކޮންމެ ދުވަހަކު ފުރަތަމަ އެމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ކުށްފާފައިގެ ކައްފާރާ ދައްކައި، އޭގެފަހުން އެހެން މީހުންގެ މައްޗަށް ކައްފާރާ ދައްކާކަށް އެކަލޭގެފާނަކަށް ޖެހިވަޑައެއް ނުގަންނަވެއެވެ. އެހެނީ އެކަލޭގެފާނު ވަނީ އެހެން މީހުންގެ ކުށްފާފަތަކަށް ފުރިހަމަ ކައްފާރާއެއް ދައްކަވާފައެވެ. އެކައްފާރާއަކީ އެއްފަހަރު ދައްކަވައިގެން ހުރިހާ ފަހަރަކަށް ފުދޭނެ ފަދައިން އެކަލޭގެފާނުގެ އަމިއްލަފުޅު ނަފްސުން ހުށަހެޅުއްވި ޤުރުބާނީއެކެވެ.