ޢިބްރާނީންނަށް ސިޓީ 9:5 - ކިތާބުލް މުޤައްދަސާ5 ފޮށިކޮޅުގެ ފިޔަނުގައި ބަހައްޓާފައި ވަނީ ޖަލާލުވަންތަކަން ރަމްޒުކޮށް ދައްކައިދޭ ކަރޫބީމު މަލާއިކަތުންގެ ސޫރައެވެ. އޭގެފިޔަތައް ނިއުޅާފައި އެވަނީ އަފޫކުރެއްވުމުގެ މަޤާމުފުޅާ ދިމާ މަތީގައެވެ. މިއީ މިކަންތަކުގެ ތަފުސީލަށް ދާންވީ ވަގުތެއް ނޫނެވެ. အခန်းကိုကြည့်ပါ။ |
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.
ދެން އެމީހުން ކުޅަދުންވަންތަ މާތްރަސްކަލާނގެ ޢަހުދު ކުރެއްވި ޢަހުދުނާމާ ފޮށިކޮޅު ބަލާ ޝީލޫހު އަށް މީހުން ފޮނުވައިފިއެވެ. އެ ފޮށިކޮޅަކީ އޭގެ މަތީގައި ރަނުން ދެ މަލާއިކަތުންގެ ސޫރައިގައި ކަރޫބީމު ހަދާފައި އެ ދެމެދުގައި މާތްރަސްކަލާނގެ ފާޅުވެ ވޮޑިގެންނެވި ތަން ހަދާފައިވާ ފޮށިކޮޅެކެވެ. ފޮށިކޮޅާއެކު ޢާލީގެ ދެ ދަރިން ކަމަށްވާ ޚުފްނީއާއި ފީނަޙާސް ވެސް އައެވެ.