Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:4 - ކިތާބުލް މުޤައްދަސާ

4 އެތާގައި ވަނީ ދުންއަޅާ ރަން އައްޓެވެ. ރަންހާކާފައިވާ ޢަހުދުނާމާ ފޮށިކޮޅު ވެސް ވަނީ އެތާނގައެވެ. އެފޮށިކޮޅުގައި އެހެން ތިނެއްޗެއް ވެސް ވެއެވެ. އެއީ މަންނާ އަޅާފައިވާ ރަން ގުޅިއާއި ހާރޫނުގެފާނުގެ (ގަސްފަޅާފައިވާ) އަސާކޮޅާއި ދިހަ އަމުރުފުޅު ލިޔެވިފައިވާ ހިލަފޮތިތަކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:4
26 ပူးပေါင်းရင်းမြစ်များ  

އެތެރޭ ފަރުދާ ފުރާޅު ދަށުގައި ވާ ބުޅި ބަރީގައި އަޅުވާ. އަދި ޢަހުދުނާމާ ފޮށިކޮޅު އޭގެ ފުރަގަހުގައިވާ ކޮޓަރިއަށް ލާ. މި ފަރުދާ އަކީ މާތް މަޤާމުފުޅާއި އެންމެ މުޤައްދަސް މަޤާމުފުޅާ ދެމެދުގައި ވަކި ކޮށްލަން ބަހައްޓާ ފަރުދާއެއް.


މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.


މޫސާގެފާނު ދެން ފަރުބަދައިގެ ތިރިއަށް ވަޑައިގެންފިއެވެ. އޭރު އެކަލޭގެފާނު އަތްޕުޅުގައި ޢަހުދުނާމާ ލިޔެވިފައިވާ ދެހިލަފޮތި އޮތެވެ. އެހިލަފޮތީގެ ދެފުށުގައި އެ ޢަހުދުނާމާ ލިޔެވި ބިންވަޅު ނެގިފައި ވެއެވެ.


މޫސާގެފާނު އެ ހިލަފޮތިތައް ހިއްޕަވައިގެން ޠޫރުސީނާ ފަރުބަދައިން ފައިބައި ވަޑައިގެންނެވި އިރަކު އެކަލޭގެފާނުގެ މޫނުފުޅުން އުޖާލާ ނޫރެއް ފާޅުވަމުން ދާކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް ކުއްތަންވެ އެކަލާނގެއާ އެކު ބަސްފުޅު ވިދާޅުވި ފަހުން ފާޅުވަމުން އައި ނޫރުފުޅެކެވެ.


ދެން ބަޞަލީލު އަކާސިޔާ ލަކުޑިން ދުން އަޅާނެ އައްޓެއް ހެދިއެވެ. މި އަށި ހަދާފައި ވަނީ އަށާރަ އިންޗި އަށާރަ އިންޗި ތިރީސް ހަ އިންޗި އުސްމިނުގައެވެ. އޭގައި ވެސް ހަތަރު ކަނުގައި ދަޅުތަކެއްގެ ގޮތުގައި މައްޗަށް އުފުލާފައިވާ ލަކުޑި ދަނޑިތަކެއް ހުއްޓެވެ. އެވެސް ހަދާފައި ހުރީ އައްޓާ އެކަތިގަނޑެއްގެ ގޮތުގައެވެ.


ޢަހުދުނާމާ ފޮށިކޮޅާއި އުފުލާ ދަނޑިތަކާއި، ކައްފާރާގެ މަޤާމުފުޅު ކަމަށްވާ އެ ފޮށިކޮޅުގެ މައްޗާއި،


ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ.


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ