ޢިބްރާނީންނަށް ސިޓީ 9:25 - ކިތާބުލް މުޤައްދަސާ25 އީސާގެފާނު އެތައް ފަހަރަކު ލޭފޮދު އޮހޮރުވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނަކީ އެހެނިހެން އުއްތަމަ އިމާމުން ފަދައިން އަހަރަކު އެއްފަހަރު، އެންމެ މުޤައްދަސް މަޤާމުފުޅަށް ޖަނަވާރެއްގެ ލެއިން ޤުރުބާނީ ހުށަހަޅަން ވެދެވަޑައިގަންނަވަން ޖެހޭ ބޭކަލެއް ނޫނެވެ. အခန်းကိုကြည့်ပါ။ |
އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.
ފޭލިގެކޮޅުގެ އެތެރޭ ބަޔަށް ވަދެވެނީ އުއްތަމަ އިމާމަށެވެ. އޭނާ އެތަނަށް ވަންނަނީ އަހަރަކު އެއްފަހަރުއެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ އަމިއްލަ ފާފައިގެ ކައްފާރާއަކަށް ހުށަހެޅުމަށް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ. އަދި މީސްތަކުންނަށް ގަސްތަކާނުލައި ކުރެވޭ ފާފަތަކުގެ މަތިން ހުށަހަޅަން ވެސް ޖަނަވާރެއްގެ ލޭ ގެންދަން ޖެހެއެވެ.