ޢިބްރާނީންނަށް ސިޓީ 9:24 - ކިތާބުލް މުޤައްދަސާ24 އެހެނީ އީސާއަލްމަސީޙު ވެދެވަޑައިގަތީ އިންސާނުން އުފައްދަވާފައިވާ ފޭލިގެއަކަށް ނޫނެވެ. ބިންމަތީގައި ވަނީ އަސްލު ފޭލިގެކޮޅުގެ މާދިރީއެކެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ވެދެވަޑައިގަތީ ސުވަރުގެއަށެވެ. އެކަލޭގެފާނު މިއަދު ވެސް ހުންނެވީ އެތާގައި މާތްރަސްކަލާނގެ ޙަޟްރަތުގައެވެ. އަހަރެމެންނަށްޓަކައެވެ. အခန်းကိုကြည့်ပါ။ |
އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.
އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.
އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.“
ހުވަނދު އަޅާ ރަނުގެ ދުންކިބާއެއް ހިއްޕަވައިގެން އިތުރު އެހެން މަލާއިކަތަކު ވަޑައިގެން ޤުރުބާނީ އަށިކޮޅުގެ ކައިރީގައި ކޮއްޅަށް ހުންނެވިއެވެ. މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކާއެކުގައި ހުށަހެޅުމަށްޓަކައި އެ މަލާއިކަތާއަށް ނުހަނު ގިނަ ހުވަނދު ދެއްވިފައިވިއެވެ. އަދި އެމަލާއިކަތާ ތަޚުތުގެ ކުރިމަތީގައި ހުރި ރަނުން ހައްދަވާފައިވާ ޤުރުބާނީ އަށިކޮޅަށް ވެސް ހުވަނދު އެޅުއްވިއެވެ.