Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:23 - ކިތާބުލް މުޤައްދަސާ

23 މިކަންތަކަކީ އުޑުގައި ހިނގާނެ ކަންކަމުގެ ނަމޫނާއެކެވެ. ބިންމަތީގައި ހުންނަ ތަކެތި މާތް ކުރެވިގެންދަނީ މިފަދަ ޤުރުބާނީތަކުންނެވެ. އެކަމަކު އުޑުގައި ހިނގާ ޙަޤީޤީ ކަންތަކުގައި ތަކެތި މާތްކުރެވިގެން ދާނީ މިއަށް ވުރެން މާފުރިހަމަ ޤުރުބާނީއަކުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:23
14 ပူးပေါင်းရင်းမြစ်များ  

މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟⁠“


އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ލިޔެވި ބަޔާންވެގެން ވޭ: މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ އަލްމަސީޙު އަށް އަނިޔާ ލިބިވަޑައިގެން އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިވަޑައިގަންނަވާނެ.


ހުރިހާކަމެއް ތައްޔާރު ވުމުން އަހަރެންގެ ގާތަށް ކަލޭމެން ގެންދަން ބަލާ އަންނާނަން. އޭރުން ކަލޭމެންނަށް އަހަރެން ވާ ތަނެއްގައި އުޅެވޭނެ.


އެހެން ކަމުން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވަންވީ ކަމަކީ އަލުން ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ކުރިމައްޗަށް ހާޒިރުކޮށްދިނުމަށް ސިފައިންގެ ކޮމާންޑަރުގެ ކިބައިން އެދިދެއްވަންވީ. ތިޔަބޭފުޅުން ޕައުލް ގެ ޝަރީޢަތް އިތުރަށް ބެއްލެވުމަށް އެދޭ ވާހަކަ ސިފައިންގެ ކޮމާންޑަރަށް ދަންނަވާދެއްވާ. ސިފައިން އެމީހުން ގެންދާ މަގުމަތީގައި އަޅުގަނޑުމެން އޭނާ މަރާލާނަން.⁠“


މިކަންތަކަކީ އަންނަން އޮތް ޙަޤީޤަތުގެ ހިޔަނިތަކެކެވެ. އަސްލު ޙަޤީޤަތަކީ އަލްމަސީޙުއެވެ.


މޫސާގެފާނުގެ ޤާނޫނުތަކަކީ އަންނަން އޮތް ހެޔޮކަންތަކުގެ ނަމޫނާއެއް ފަދަ އެއްޗެކެވެ. މިއަކީ އޭގެ ޒާތުގައި އަސްލެއް ފަދަ އެއްޗެއް ނޫނެވެ. އެހެނީ އަހަރަކަށް ފަހު އަހަރަކު އެކުރާ ޤުރުބާނަކުން އަޅުކަން ކުރަން އަންނަ މީސްތަކުން ފުރިހަމަޔަކަށް ސާފުތާހިރެއް ނުކުރެވެއެވެ.


އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”⁠ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.⁠“


އެކަމަކު އީސާގެފާނަކީ އެއްވެސް އުނިކަމެއް ފާފައެއް ނުވާ ބޭކަލެކެވެ. އެކަލޭގެފާނު ވަނީ ދާއިމީ ރޫޙުފުޅުން މާތްރަސްކަލާނގެއަށް މާފުރިހަމަ ޤުރުބާނީއެއް ވެދުން ކުރައްވާފައެވެ. އެކަލޭގެފާނުގެ ހަށިކޮޅުން އެ އޮހުރުނު ލޭފޮދުގެ ބާރުފުޅު ގަދައީ އެހެންވެއެވެ. އަހަރެމެން މަރާ ދިމާއަށް ދާންޖެހޭ ފަދަ ކަންތަކުން އަހަރެމެންގެ ޒަމީރުތައް ސާފުވެ، ދިރިދެމި ވޮޑިގެންވާ ކަލާނގެއަށް އަޅުކަން ކުރުން މަތީގައި މިއަދު ދެމިތިބެވޭނެ ގޮތް މެދުވެރިވެފައި މިވަނީ ވެސް އެހެންވެއެވެ.


އެހެނީ އީސާއަލްމަސީޙު ވެދެވަޑައިގަތީ އިންސާނުން އުފައްދަވާފައިވާ ފޭލިގެއަކަށް ނޫނެވެ. ބިންމަތީގައި ވަނީ އަސްލު ފޭލިގެކޮޅުގެ މާދިރީއެކެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ވެދެވަޑައިގަތީ ސުވަރުގެއަށެވެ. އެކަލޭގެފާނު މިއަދު ވެސް ހުންނެވީ އެތާގައި މާތްރަސްކަލާނގެ ޙަޟްރަތުގައެވެ. އަހަރެމެންނަށްޓަކައެވެ.


އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”⁠ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ