Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:2 - ކިތާބުލް މުޤައްދަސާ

2 އެކަމަށް ފޭލިގެކޮޅެއް ބިނާ ކުރެވުނެވެ. އެ ފޭލިގެކޮޅުގެ ފުރަތަމަ ބަޔަކީ މާތް މަޤާމުފުޅެވެ. އެތާ ހުރީ ބައްތިއަކާއި މޭޒަކާއެވެ. އެއީ ޙަޟްރަތަށް ހުށަހަޅާ ރޮށި ބަހައްޓާ ތަނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:2
21 ပူးပေါင်းရင်းမြစ်များ  

”⁠ދެން އަކާސިޔާ ލަކުޑިން މޭޒެއް ޖަހާ. އެ މޭޒުގެ ދިގުމިނުގައި ތިރީސް ހަ އިންޗި ފުޅާ މިނުގައި އަށާރަ އިންޗި އަދި އުސް މިނުގައި ހަތާވީސް އިންޗި ބަހައްޓާ.


އަދި ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ މޭޒުމަތީގައި ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް އަބަދުވެސް ބަހައްޓާ. އެއީ އަހަންނަށް ޚާއްސަކުރެވޭ އެއްޗެއް.⁠“


”⁠އަދި އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރޭ. ބައްތިއާއި ބައްތި ދަނޑި ހަދަންވާނީ މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި. އޭގެ ބުޑާއި، މެދުގައި ހުންނަ ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުންނަން ވާނީ މިގޮތުގައި.


”⁠ފޭލިގެ ތައްޔާރު ކުރަން ވާނީ މޮޅަށް ވިޔެފައިވާ ފޮތީގެ ދިހަ ފަރުދާ ބޭނުންކޮށްގެން. ފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަ ރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީ ކޮށްފައި ބަހައްޓަން ވާނެ.


އެތެރޭ ފަރުދާ ފުރާޅު ދަށުގައި ވާ ބުޅި ބަރީގައި އަޅުވާ. އަދި ޢަހުދުނާމާ ފޮށިކޮޅު އޭގެ ފުރަގަހުގައިވާ ކޮޓަރިއަށް ލާ. މި ފަރުދާ އަކީ މާތް މަޤާމުފުޅާއި އެންމެ މުޤައްދަސް މަޤާމުފުޅާ ދެމެދުގައި ވަކި ކޮށްލަން ބަހައްޓާ ފަރުދާއެއް.


އަދި މޭޒުކޮޅު އުތުރުފަރާތު އެންމެ އެތެރޭގެ ފަރުދާގެ ބޭރުގައި ބަހައްޓާ، އަދި ދެކުނު ފަރާތުގައި ބައްތި ބަހައްޓާ.


”⁠އަހަރެންނަށް ޚިދުމަތް ކުރުމަށް ހާރޫނާއި އޭނާގެ ދަރިން އައްޔަން ކުރާއިރު އެކަމުގެ ރަސްމިއްޔާތެއް އޮންނަން ޖެހޭނެ: އެކަމަށްޓަކައި އެއްވެސް ލަކެއް އައިބެއް ނެތް ޅަ ފިރިހެން ގެރިއަކާއި ފިރިހެން ދެ ކަންބަޅި ހޯދާ.


ހާރޫނާއި އޭނާގެ ދަރިން މި މަޤާމަށް ހޮވުމުގެ ރަސްމިއްޔާތު އޮންނަންވީ ގޮތަކީ މިއީ. މިކަން ކުރަން ވާނީ އަހަރެން މި އެންގި ގޮތަށް. މި ރަސްމު ހަތް ދުވަހަށް ދެމިގެން ދާން ވާނެ.


”⁠އާ އަހަރުގެ ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ.


ދެން މޭޒުކޮޅު ގެނެސް ތަށި ކަންވާރު އަތުރައި، ބައްތިކޮޅުތައް ވެސް އެ ހަރު ކުރަމަށް ހެދުނު ހަރުގަނޑުގައި ބަހައްޓާ.


ދާއޫދުގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެ ވަޑައިގެންނެވި. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެކުވެރިން މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމަށްޓަކައި ބަހައްޓާފައި ހުރި މުޤައްދަސް ބޯރޮށި ފަރީއްކުޅުއްވި. މި ބޯރޮއްޓަކީ އިމާމުން ފިޔަވައި އެހެން މީހަކު ކެއުން މަނާ އެއްޗެއް.


އަދި ބޯތައްޓެއްގެ ދަށަށްލައި މީސްތަކުން ބައްތިއެއް ނުފޮރުވާނެ. އެމީހުން އެ ބައްތި އަޅުވާނީ ބައްތި އަޅުވާ ހަރުގައި. އޭރުން ގޭގައި ތިބި ހުރިހާ އެންމެންނަށް އެ ބައްތީގެ އަލިކަން ލިބިދޭނެ.


އީސާގެފާނު އެތައް ފަހަރަކު ލޭފޮދު އޮހޮރުވާކަށް ޖެހިވަޑައެއް ނުގަންނަވައެވެ. އެކަލޭގެފާނަކީ އެހެނިހެން އުއްތަމަ އިމާމުން ފަދައިން އަހަރަކު އެއްފަހަރު، އެންމެ މުޤައްދަސް މަޤާމުފުޅަށް ޖަނަވާރެއްގެ ލެއިން ޤުރުބާނީ ހުށަހަޅަން ވެދެވަޑައިގަންނަވަން ޖެހޭ ބޭކަލެއް ނޫނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ