Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:19 - ކިތާބުލް މުޤައްދަސާ

19 މޫސާގެފާނު އަންގަވާފައި ވަނީ އެ ހުރިހާ ޤާނޫނުތަކަށް ވެސް މީސްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ދެން އެކަލޭގެފާނު ޒޫފާ ގޮފިކޮޅަކާއި ގަދަ ރަތް ރޮދިން ބުރުހެއް ހައްދަވައި ފިރިހެން ގެރިއާއި، ބަކަރީގެ ލެޔާއި ފެން އެއްކުރައްވައި ޢަހުދުނާމާ ފަތްކޮޅަށާއި މީސްތަކުންގެ މައްޗަށް އެ ދިޔަވަރު ބުރުވައި އޮއްސެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:19
26 ပူးပေါင်းရင်းမြစ်များ  

އޭގެ ލޭ ދޮލަނގަކަށް ހުސްކުރޭ. ދެން ޒޫފާ ގަހުގެ ގޮފިކޮޅަކުން ބުރުހެއް ހަދައި ދޮރުކަނީގެ ދެ އަރިމަތީގަޔާއި މަތީ ކަނީގައި އެ ލޭ ހާކާ. އިރު އެރުމުގެ ކުރީގައި އެކަކު ވެސް އެ ދޮރުން ނުކެމެގެން ގޮސްގެން ނުވާނެ.


އެބައިމީހުން އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ބާލުއްވައި ރަތްކުލައިގެ ރިދާކޮޅެއް ލެއްވިއެވެ.


އެބައިމީހުން ދަނބު ކުލައިގެ ރިދާކޮޅެއް އީސާގެފާނުގެ ހަށިކޮޅުގައި ތުރުކުރައްވައި ތޫނު ކަށިތަކުން އެކުލެވިގެންވާ ވެޔޮ ގަނޑަކުން ތާޖެއް ހެދުމަށް ފަހު އީސާގެފާނުގެ ބޯފުޅުގައި އެ ތާޖު ބެހެއްޓިއެވެ.


މިކަންތައްތައް އެބައިމީހުން މި ގޮތަށް ކުރުމަށް ފަހު އެކަލޭގެފާނަށް މަލާމަތް ކުރައްވާ އަދި އެބައިމީހުން އެކަލޭގެފާނުގެ ހަށިކޮޅުގައި ތުރުކުރެއްވި ދަނބު ކުލައިގެ ރިދާކޮޅު ބާލުއްވައި އެކަލޭގެފާނު ކުރިން ވެސް ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅުގައި ބެހެއްޓެވިއެވެ. އެއަށް ފަހު އެކަލޭގެފާނު ސަލީބަށް އެރުވުމަށްޓަކައި އެބައިމީހުން އެކަލޭގެފާނު ގެންދެވިއެވެ.


އެއަށް ފަހު ސިފައިން ކަށިވެޔޮގަނޑަކުން ތާޖެއް ހަދައި އެކަލޭގެފާނުގެ އިސްތަށިފުޅުގައި އަޅުވައިފިއެވެ. އަދި ރަސްކަލުން ތުރުކުރައްވާ ކަހަލަ ދަނބުކުލައިގެ ސާލެއް ވެސް އޮޅައިފިއެވެ.


ދެން އީސާގެފާނު އެ ކަށީގެ ތާޖުއަޅުވައި ދަނބުކުލައިގެ ސާލު ލައްވައިގެން ބޭރަށް ނެރުނެވެ. އަދި ޕިލާތުސް ބުންޏެވެ. ”⁠ކަލޭމެން ބަލާ! އޭނާ މިހިރީ!⁠“


އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.


އެ އެންމެ މުޤައްދަސް މަޤާމުފުޅަށް ވެދެވަޑައިގެން އަހަރެމެން އެންމެންގެ ފާފަތަކުން އަބަދަށްޓަކައި އެކަލޭގެފާނު އަހަރެމެން މިނިވަން ކޮށްދެއްވިއެވެ. މި ކަމަށްޓަކައި އެކަލޭގެފާނު ހުށަހެޅުއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅުގެ ލޭފޮދެވެ. ގެރިއެއް ބަކަރިއެއްގެ ލެޔެއް ނޫނެވެ.


މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި ނުތާހިރުކަން މަތީ ތިބޭ ބަޔަކަށް މާތްރަސްކަލާނގެއަށް އަޅުކަމެއް ނުކުރެވޭނެއެވެ. އެކަމަކު އެމީހުންގެ ގަޔަށް ގެރިބަކަރީގެ ލެޔާއި އަންދައި ޤުރުބާނީ ކުރެވިފައިވާ ޅަގެރިއެއްގެ އަޅި ބުރުވުމުން އެމީހުން ސާފުތާހިރުވެއެވެ.


ފުރަތަމަ ޢަހުދުނާމާ ހުޅުވިގެން ދިޔައީ ލެއިންނެވެ.


އެންމެ ކުރީއްސުރެން މާތްރަސްކަލާނގެ، ބައްޕާފުޅަށް ތިޔަބައިމީހުން އެނގިވޮޑިގެންވުމާއެކު އެކަލާނގެ ވަނީ ތިޔަބައިމީހުން ޚިޔާރު ކުރައްވާފައެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ މަގުސަދަށްޓަކައި މާތްރޫޙުފުޅު މެދުވެރިކުރައްވައި ތިޔަބައިމީހުން މާތްކުރައްވާފައި ވުމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ތިޔަބައިމީހުން ވަނީ އެކަލޭގެފާނުގެ ލޭފޮދުން ތާހިރުކުރެވިފައެވެ. އަދި ތިޔަބައިމީހުން ތިޔަ ތިބީ އީސާ އަލްމަސީޙަށް ކިޔަމަންތެރިވެ އެގޮތުގެ މަތީގައެވެ. ނިޢުމަތާއި ޞުލުޙަވެރިކަން އޭގެ އެންމެ ފުރިހަމަގޮތުގައި އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވާށިއެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ