Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:16 - ކިތާބުލް މުޤައްދަސާ

16 މިކަހަލަ ޢަހުދުނާމާއަކީ ވަސިއްޔަތެއް ފަދަ އެއްޗެކެވެ. އެހެނީ ވަސިއްޔަތެއްގެ މައްޗަށް އަމަލު ކުރެވޭނީ އެ ލިޔުނުމީހާ މަރުވުމުގެ ފަހުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:16
8 ပူးပေါင်းရင်းမြစ်များ  

އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.


އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.


އެހެންގޮތަކަށް ބުނާނަމަ ވަސިއްޔަތް ކުރި މީހާ ދުނިޔޭގައި ހުއްޓައި އެވަސިއްޔަތަކަށް އަމަލެއް ނުކުރެވޭނެއެވެ.


ހަނދާންކުރާށެވެ! މީހަކު މާތްރަސްކަލާނގެ ދެއްވި ޤާނޫނަށް އަމަލުކުރުން މަތީގައި ދެމިހުރެ އެ ޤާނޫނުގެ އެންމެ އަމުރުފުޅެއް މުގުރައިލި ކަމުގައި ވިޔަސް އެއީ ހުރިހާ އަމުރުފުޅެއް މުގުރާލުން ފަދައިން ފާފަވެރިވެދާ ކަމެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ