Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:15 - ކިތާބުލް މުޤައްދަސާ

15 އީސާގެފާނު އަވަހާރަވީ ކުރީގެ ޢަހުދުނާމާގެ ދަށުގައި ތިބެ ފާފަ ކުރި މީހުންގެ ފާފަތަކަށް ވެސް އަގު ދެއްކެވުމަށްޓަކައެވެ. މިއަދު އެކަލޭގެފާނު ހޮއްވެވި މީހުންނަށްޓަކައި އާ ޢަހުދުނާމާއެއް ހޯއްދަވައި ދެއްވުމުގައި އެކަލޭގެފާނު މެދުވެރިވެ ވަޑައިގެންފިއެވެ. އެ ޢަހުދުނާމާއަކީ މާތްރަސްކަލާނގެ ނިމުމެއް ނުވާ ބަރަކާތް އެމީހުންގެ މައްޗަށް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިދެނިވި ޢަހުދުނާމާއެކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:15
52 ပူးပေါင်းရင်းမြစ်များ  

ހަމައެހެންމެ ތިޔަބައިމީހުންގެ ތެރެއިން އަހަންނަށްޓަކައި އެއްވެސް މީހަކު އަމިއްލަ ގެދޮރު ނުވަތަ އަޚުން ނުވަތަ އުޚުތުން ނުވަތަ ބައްޕަ ނުވަތަ މަންމަ ނުވަތަ ދަރިން ނުވަތަ ދަނޑުފަނގުތައް ދޫކޮށްލަން ޖެހިއްޖެ ނަމަ، އެމީހަކު ދޫކޮށްދިޔަ ތަކެއްޗަށް ވުރެން ސަތޭކަ ގުނަ އިތުރަށް ލިބިދެއްވާނެ. އަދި އެމީހަކަށް ނިމުންނުވާ ޙަޔާތެއް ވެސް ލިބިދޭނެ.


އެ ކައިވެނީގެ ޖާފަތަށް ބައެއް ފަރާތްތަކަށް ރަސްގެފާނު ދަޢުވަތު ދެއްވި. އެ ކައިވެނީގެ ޖާފަތް ތައްޔާރުވި ހިނދު، މީސްތަކުންނަށް އެކަން އެންގުމަށް ރަސްގެފާނު އޭނާގެ ނޯކަރުން ފޮނުވީ. ނަމަވެސް އެބައިމީހުން އެ ޖާފަތަށް އައުމަށް އިޢުތިރާޒުކުރި.


ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.


އަހަރެން އޮރިޔާން ޙާލުގައި ވީހިނދު އަހަރެންގެ އައުރަ ނިވާކުރުމަށް ޓަކައި ފޭރާން ދިން. އަހަރެން ބަލިމަޑު ކަމުގައިވީ ހިނދު އަހަރެންނާއި މެދު ތިޔަބައިމީހުން އަޅާލުން ބެހެއްޓި. އަދި އަހަރެން ޖަލުގައި ހައްޔަރުވި ހިނދު އަހަރެންގެ ކައިރިއަށް ތިޔަބައިމީހުން ޒިޔާރަތް ކުރި.⁠‘


އީސާގެފާނު އެކަލޭގެފާނުގެ ދަތުރުފުޅު ފެއްޓެވި ހިނދު، ފިރިހެނަކު ދުވެފައި އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠ހެޔޮލަފާ އެދުރުކަލޭގެފާނު، ނިމުންނުވާ ޙަޔާތެއް ލިބިގަތުމަށްޓަކައި އަޅުގަނޑު ކުރަން ޖެހޭނީ ކޮން ކަމެއްތޯ؟⁠“


އެއްދުވަހަކު ދީނުގެ މަތީ ވެރިއަކު އީސާގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”⁠މަތިވެރި އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތް ލިބިގަތުމަށް ކުރަންވީ ކޮން ކަމެއްތޯ؟⁠“


ކެއުމުން ނިމުމަށް ފަހު އީސާގެފާނު އަނެއްކާ ވެސް މޭބިސްކަދުރުގެ ދިޔަ ތައްޓެއް ނަންގަވާ ވިދާޅުވިއެވެ. ”⁠މިއީ އެލޭ ކަލޭމެންނަށްޓަކައި އޮހޮރުވިފައިވާ އަހަރެންގެ ލޭ. މިލޭ އޮހޮރުވިފައި ވަނީ މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުންނާއި އެކު ކުރެއްވި އާ ޢަހުދުނާމާ ގާއިމު ކުރުމަށްޓަކާ.


އަހަރެން އެމީހުންނަށް ނިމުންނުވާ ދިރިހުރުން ދެން. އެހެންކަމުން އެމީހުން އެއީ ފަނާވެދާނެ ބައެއް ނޫން. އަދި އެއްވެސް މީހަކަށް އެމީހުން އަހަރެންގެ އަތުން ޖަހައެއް ވެސް ނުގަނެވޭނެ.


މިއަދު އަހަރެން ކަލޭމެން މާތްރަސްކަލާނގެ ބެލެއްވުމުގެ ދަށަށާއި އެކަލާނގެ ނިޢުމަތްފުޅުގެ އުފާވެރި ޚަބަރުފުޅުގެ މައްޗަށް ދޫކޮށް އެކަލާނގެ ކިބަފުޅާއި ހަވާލު ކުރަން. އެ ޚަބަރުފުޅުގެ ސަބަބުން އެކަލާނގެ ޚާއްސަކުރައްވާ ހޮއްވަވާފައިވާ މީހުންނަށް ލިބޭނެ ހުރިހާ ރަޙުމަތެއް ކަލޭމެންނަށް ލިބޭނެ.


މެދުވެރިއަކު ބޭނުންވަނީ ދެމީހެއްގެ ދެމެދުގައި އެއްބަސް ވުމެއް ވެވޭ ނަމައެވެ. ނަމަވެސް އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު ކުރެއްވީ ސީދާ މާތްރަސްކަލާނގެއެވެ.


އަލްމަސީޙާއި އެކުގައި އަހަރެމެން އެއްބައިވަންތަ ކަމުގައި ވުމުން އެކަލޭގެފާނުގެ ޤުރުބާނުގެ ލޭފޮދުން އަހަރެމެން ވަނީ ފާފަތަކުން މިނިވަން ކޮށްދެއްވާފައެވެ. އޭގެ މާނައަކީ އަހަރެމެންގެ ފާފަތައް ވަނީ އަފޫކުރައްވާފައެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުގެ ތަނަވަސްކަން އެހައިމެ ބޮޑެވެ.


ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވުމުގައާއި، ދިންނެވުން ދެއްވުމަށްޓަކައި މާތްރަސްކަލާނގެ ބޭނުން ކުރެއްވީ ހެޔޮޚަބަރުފުޅުން އަހަރެމެން އިއްވަމުން ގެންދިޔަ ވަޢުޡުތަކެވެ. އެހެންކަމުން އަހަރެމެންގެ މާތްސާހިބާ އީސާ އަލްމަސީޙުގެ ޖަލާލަތުކަމުގައި ތިޔަބައިމީހުންނަށް ޙިއްސާ ކުރެވޭނެއެވެ.


އެހެނީ ހަމައެކަނި ވޮޑިގެންވާ ފަރާތަކީ އެކަލާނގެއެވެ. އަދި މާތްރަސްކަލާނގެ އާއި އެކަލާނގެ އިންސާނުންނާއި ދެމެދު ސުލްޙަ ކުރެއްވުމުގެ ބާރު ލިބިގެން ވަނީ އިންސާނުންގެ ތެރެއިން ހަމައެކަނި އެންމެ މެދުވެރި އަކަށެވެ. އެއީ ހަމައެކަނި އީސާ އަލްމަސީޙުއެވެ.


މިފަދަ ކޮންމެ ދަތިކަމަކަށް ކެތްކުރުމަށް އަހަރެން ތައްޔާރުގައި މިހިރީ މާތްކަލާނގެ ހޮއްވެވި މީހުންނަށް އަލްމަސީޙު އީސާގެފާނު މެދުވެރި ކުރައްވައި ނިމުމެއް ނުވާ ޖަލާލަތުކަމާއެކު ދިންނެވުން ލިބޭނެ ގޮތް ވުމަށްޓަކައެވެ.


މި ގޮތަށް ތެދުވެރިކަމުގައި ދެމިހުރުމުން ނިމުންނުވާ ޙަޔާތް ލިބުމުގެ އިތުބާރު ލިބިދޭނެއެވެ. އެއީ ޒަމާން ފެށުމުގެ ކުރިން އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިންނެވެ. އަދި އެކަލާނގެ ދޮގެއް ނަހައްދަވައެވެ.


އަހަރެމެން ކުށްވެރި ނުވާކަމަށް އެކަލާނގެ އިޢުލާން ކުރެއްވި ސަބަބަކީ އެކަލާނގެ ނިޢުމަތްފުޅުގެ މަތިވެރި ކަމެވެ. އަދި މިހާރު އަހަރެމެން މި ވޭތުކުރާ ޙަޔާތަކީ ނިމުންނުވާ ޙަޔާތެއްކަން ޔަޤީންކަމާއެކު އެނގެއެވެ.


އަދި ޖަލަށް ލެވުނު މީހުންނާމެދު ކަލޭމެން އޯގާވެރިވިއެވެ. މީގެ އިތުރުން ކަލޭމެން އުފަލުން ކަލޭމެންގެ މުދާތައް ލޫޓުވެން ވެސް ދޫކޮށްލިއެވެ. އެހެނީ ކަލޭމެންނަށް ލިބެން ހުރީ މާރަނގަޅު އަދި ދާއިމަށް ހުންނާނެ ތަކެތިކަން ކަލޭމެންނަށް އޭރުވެސް ވިސްނުނެވެ.


މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަށް ކަލޭމެންނަށް ކަންތައް ކުރެވެންދެން ކަލޭމެންނަށް ޖެހޭނީ ކެތްތެރިވެ ތިބުމަށެވެ. އޭރުން އެކަލާނގެ ވަޢުދު ކުރެއްވި ކަންތައް ކަލޭމެންނަށް ލިބިގެން ދާނެއެވެ.


މާތްރަސްކަލާނގެއަށް އީމާންތެރިކަން މަތީ ތިއްބެވި އެ އެންމެ ބޭކަލުން އަވަހާރަވެ ދިޔައީ އެބޭކަލުންގެ ޙަޔާތްޕުޅުގައި އެބޭކަލުންނަށް ވަޢުދުކުރެވުނު އެއްޗެއް ލިބިވަޑައި ނުގެން ކަމުގައި ވިޔަސް އެބޭކަލުންގެ އީމާންތެރިކަމެއް ދުލެއް ނުކުރައްވައެވެ. އެހެނީ އެބޭކަލުންނަށް ވަޢުދު ކުރެއްވުނު ހުރިހާ ތަކެއްޗެއް ފެނިވަޑައިގެންފައެއް ނުވެއެވެ. އެކަންތައް އެބޭކަލުންނަށް ފެނިވަޑައިގަތީ ދުރުދުރުންނެވެ. އެހެންނަމަވެސް އެބޭކަލުން އެތަކެއްޗަށް މަރުހަބާ ވިދާޅުވިއެވެ. އެބޭކަލުން ދުނިޔެ މަތީގައި އުޅުއްވާފައި ވަނީ ބީރައްޓެހިންނާއި ރެފިއުޖީންގެ ގޮތުގައި ކަމަށް އެމީހުން އެއްބަސްވިއެވެ.


އަދި އީސާގެފާނު ވެސް ހުންނެވީ މިތަނުގައެވެ! އެކަލޭގެފާނަކީ މާތްރަސްކަލާނގެއާ އަހަރެމެންނާ ދެމެދު އާ ޢަހުދުނާމާއެއް ގާއިމު ކުރެއްވި ކަލޭގެފާނެވެ. އެކަލޭގެފާނު އޮއްސެވި ލޭފޮދުން ގޮވާލި ގޮވާލެއްވުން ހާބީލް އޮއްސި ލެޔަށް ވުރެން މުހިންމުކަން ބޮޑެވެ.


ހިތްފަސޭހަކަން ދެއްވާ ކަލާނގެ ވަނީ އެންމެ މަތިވެރި ހުއިހައްޕާ ކަލޭގެފާނު ކަމަށްވާ މާތްސާހިބާ އީސާގެފާނު އަލުން ދިރުއްވައި އެކަލޭގެފާނުގެ ލޭފޮދުން އަބަދަށް ދެމިއޮންނާނެ ޢަހުދުނާމާ ފުރިހަމަކުރައްވައި ސިލު ޖައްސަވާފައެވެ.


އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.


އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ޢަހުދު ކަށަވަރު ކުރެއްވި ހިނދު މި ގޮތަށް ކަންތައް ކުރައްވާނެ ކަމަށް ވަޢުދުވެ ވޮޑިގެންނެވިއެވެ. އެކަލާނގެ މި ވަޢުދުފުޅު ކުރެއްވީ ޚުދު އެކަލާނގެ ނަންފުޅު ގަންދެއްވައެވެ. އެހެނީ އެކަލާނގެއަށް ވުރެ މަތިވެރި އެހެން އެއްވެސް ފަރާތެއް ނުވެއެވެ.


އިބްރާހީމްގެފާނު ކެތްތެރިކަމާއެކު ހުންނަވައި މާތްރަސްކަލާނގެ ވަޢުދު ކުރެއްވި ކަންތައް ލިބިވަޑައިގަތެވެ.


މި ހުވާފުޅަށްޓަކައި އީސާގެފާނަކީ ކުރީގައި އޮތް ޢަހުދުނާމާއަށް ވުރެން މާރަނގަޅު ޢަހުދުނާމާއެއް ކަށަވަރު ކޮށްދެއްވާނެ ފަރާތް ކަމުގައި ވެގެން ދިޔައެވެ.


މާތްރަސްކަލާނގެ އެހެން ޢަހުދުނާމާއެއް ކުރައްވާނެކަމަށް އެންގެވުމުން އޭގެ މާނައަކީ ކުރީގެ ޢަހުދުނާމާ ބާތިލުވީ ކަމުގައެވެ. ބާވެ ބޭނުންކެނޑިފައި ހުންނަ އެއްޗެހި ދާދި އަވަހަށް ލޯމަތިން ގެއްލިދާނެއެވެ.


އެ އެންމެ މުޤައްދަސް މަޤާމުފުޅަށް ވެދެވަޑައިގެން އަހަރެމެން އެންމެންގެ ފާފަތަކުން އަބަދަށްޓަކައި އެކަލޭގެފާނު އަހަރެމެން މިނިވަން ކޮށްދެއްވިއެވެ. މި ކަމަށްޓަކައި އެކަލޭގެފާނު ހުށަހެޅުއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅުގެ ލޭފޮދެވެ. ގެރިއެއް ބަކަރިއެއްގެ ލެޔެއް ނޫނެވެ.


މިކަހަލަ ޢަހުދުނާމާއަކީ ވަސިއްޔަތެއް ފަދަ އެއްޗެކެވެ. އެހެނީ ވަސިއްޔަތެއްގެ މައްޗަށް އަމަލު ކުރެވޭނީ އެ ލިޔުނުމީހާ މަރުވުމުގެ ފަހުންނެވެ.


އެހެންވެ އީސާއަލްމަސީޙު ވެސް އަވަހާރަވެ ވަޑައިގަތީ އެންމެ ފަހަރަކުއެވެ. އެފަހަރު އެކަލޭގެފާނު އެތައް ބައެއްގެ ފާފަތަކުގެ ކައްފާރާއަކަށް ވެވަޑައިގަތެވެ. އެކަލޭގެފާނު އަލުން އެނބުރި ވަޑައިގަންނަވާނީ މީސްތަކުންގެ ފާފައިގެ ކައްފާރާއެއް ދެއްކެވުމަކަށް ނޫނެވެ. އެކަލޭގެފާނު ވަޑައިގަންނަވާނީ އެކަލޭގެފާނުގެ އިންތިޒާރުގައި ތިބި މީހުންނަށް ދިންނެވުން ގެނެސް ދެއްވުމަށްޓަކައެވެ.


އުފާވެރި ކަމުގައިވާ މީހުންނަކީ ކުރިމަތިވާ މުސީބާތްތަކަށް ކެތްތެރިވެ އީމާންތެރިކަމުގައި ދެމިތިބޭ މީހުންނެވެ. މިފަދަ ފަރާތްތަކަށް ޙަޔާތުގެ ތާޖު ލިބިދެއެވެ. އެއީ މާތްރަސްކަލާނގެ އެކަލާނގެ ދެކެ ލޮބުވެތިކަމުގައިވާ ހުރިހާ އެންމެންނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެވޮޑިގެންނެވި އިނާމު ވެސްމެއެވެ.


އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.


ތިޔަބައިމީހުންނާއި މެދު މާތްރަސްކަލާނގެ އޯގާވަންތަވެ ވޮޑިގަންނަވާ އެކަލާނގެ ނިމުމެއްނުވާ ޖަލާލަތުގައި ބައިވެރިވުމަށް އަލްމަސީޙު މެދުވެރި ކުރައްވާ ތިޔަބައިމީހުންނަށް ދަޢުވަތު ދެއްވައެވެ. ތިޔަބައިމީހުން ހިނދު ކޮޅަކަށް ވޭން އުފުލި ކަމުގައިވިޔަސް އެކަލާނގެ ތިޔަބައިމީހުންނާއި އެކުގައިވެ ހިތްވަރު ދީ ތިޔަބައިމީހުންނަށް ވާގިދެއްވައެވެ. އަދި ފުރިހަމަ ބިންގަލެއްގެމަތީގައި ތިޔަބައިމީހުން ގާއިމު ކުރައްވައެވެ.


އަހަރެމެންނަށް ދެއްވާނެކަމަށް އަލްމަސީޙު ވަޢުދުވެ ވަޑައިގެންނެވީ ނިމުންނުވާ ޙަޔާތެވެ.


އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ: ”⁠ފޮތް ނެގުމަށް އެކަށީގެން ވަނީ ކަލޭގެފާނު. އަދި ސިލު ކަނޑާލުމަށް ވެސްމެ. ކަލޭގެފާނު ވީ ގަތުލު ކުރެވިފަ. އަދި ކަލޭގެފާނު އަވަހާރަވެ ވަޑައިގެން ޤުރުބާންވި، އަދި ކަލޭގެފާނުގެ ލެއިން ކަލޭގެފާނު މާތްކަލާނގެއަށްޓަކައި މީހުން ގަނެދެއްވައިފީމު. އޭގެތެރޭގައި އެންމެހައި ޤަބީލާތަކުންނާއި، ބަހުރުވަތަކުންނާއި، ނަސްލުތަކުންނާއި، ޤައުމުތަކުން އައި މީހުން ހިމެނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ