Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:13 - ކިތާބުލް މުޤައްދަސާ

13 މޫސާގެފާނުގެ ޤާނޫނުގައި ވާގޮތުގައި ނުތާހިރުކަން މަތީ ތިބޭ ބަޔަކަށް މާތްރަސްކަލާނގެއަށް އަޅުކަމެއް ނުކުރެވޭނެއެވެ. އެކަމަކު އެމީހުންގެ ގަޔަށް ގެރިބަކަރީގެ ލެޔާއި އަންދައި ޤުރުބާނީ ކުރެވިފައިވާ ޅަގެރިއެއްގެ އަޅި ބުރުވުމުން އެމީހުން ސާފުތާހިރުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:13
12 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެމީހުންނާ ދޭތެރޭ ވެސް ކަން ކުރެއްވީ ހަމަ އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން ވެސް އީމާންވި މީހުންނާ މެދު ކަން ކުރެއްވި ފަދައިން. އެއީ އެމީހުން ވެސް އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އީމާންވުމުން މާތްރަސްކަލާނގެ އެމީހުންގެ ހިތްތަށް ވެސް ސާފުތާހިރު ކޮށްދެއްވި.


އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟


މޫސާގެފާނު އަންގަވާފައި ވަނީ އެ ހުރިހާ ޤާނޫނުތަކަށް ވެސް މީސްތަކުން އަމަލު ކުރަން ޖެހޭނެ ކަމަށެވެ. ދެން އެކަލޭގެފާނު ޒޫފާ ގޮފިކޮޅަކާއި ގަދަ ރަތް ރޮދިން ބުރުހެއް ހައްދަވައި ފިރިހެން ގެރިއާއި، ބަކަރީގެ ލެޔާއި ފެން އެއްކުރައްވައި ޢަހުދުނާމާ ފަތްކޮޅަށާއި މީސްތަކުންގެ މައްޗަށް އެ ދިޔަވަރު ބުރުވައި އޮއްސެވިއެވެ.


މިހާރު، ތިޔަބައިމީހުންގެ ނަފްސުތައް ސާފު ތާހިރުވެގެން ވަނީ އުފާވެރި ޚަބަރުފުޅާމެދު ކިޔަމަންތެރިކަމާއެކު އިތުބާރު ކުރުމުންނެވެ. އެހެންވީމާ، ތިޔަބައިމީހުން ތެދުވެރިކަމާއެކު މަސީޙީންގެ އެކަކު އަނެކަކަށް އިޚުލާސްތެރިކަމާއެކު ހިތުގެ ފުންމިނުން ލޯބިވާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ