Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 9:10 - ކިތާބުލް މުޤައްދަސާ

10 އަހަރެމެންގެ ކެއުމާއި ބުއިމާއި އަދި އަހަރެމެން ތާހިރުވެގަތުމަށް ބާއްވާ އެކިއެކި މުނާސަބާތަކާއި އަދި މާއްދީ ގޮތުން ފާހަގަކޮށް އުޅޭ ބޭރުފުށުގެ ޤާނޫނުތަކަކީ އެއަށް ވުރެން ރަނގަޅު ގޮތެއް އަންނަންދެން ކުރަމުން ގެންދިޔަ ކަންކަމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 9:10
32 ပူးပေါင်းရင်းမြစ်များ  

ދެން ހާރޫނާއި އޭނާގެ ދަރިން އެތަނަށް ހާޒިރުކޮށް އެމީހުން ފެންވަރުވާ.


ހާރޫނު އާއި އޭނާގެ ދަރިން ފޭލިގެކޮޅުގެ ކުރިމައްޗަށް ގެނެސް އެތަނުގައި އެމީހުން އެ ފެނުން ތާހިރު ކުރޭ.


ހަމައެހެންމެ ބާޒާރުން ގެނެވޭ ކެއުމުގެ ތަކެތި ވެސް ދޮވެގެންމެ ނޫނީ ނުކައެވެ. އަދި އެބައިމީހުންނާއި ހަމައަށް ވާސިލުވެފައިވާ ތަފާތު އާދަތަކަށް ބަލައިގެން ކުރިޔަށްދެއެވެ. އެމީހުންގެ އުސޫލުތަކުގައި އޮންނަ ގޮތުން ޖޯޑުތަކާއި، ތެލިތަކާއި، އެނދުއަށިތައް ދޮވެ ހަދައެވެ.


ނަމަވެސް މިހާރު ކަލޭމެންނަށް މާތްރަސްކަލާނގެއަކީ ކޮބައިކަން އެނގިއްޖެއެވެ. ނުވަތަ އެހެންގޮތަކަށް ބުނާނަމަ މާތްރަސްކަލާނގެ ކަލޭމެން ދެނެވޮޑިގެންފިއެވެ. ވީއިރު އަނެއްކާ ކަލޭމެން ކުރީގެ ގޮތްތަކަށް އެނބުރި ގޮސް، ދުނިޔޭގައި ވެރިކަން ހިންގަމުން ދާ ބާރެއް ނެތް ބޭކާރު ރޫޙުތަކެއްގެ ދަށުވުމަށް ދާން ތިޔަ އުޅެނީ ކީއްވެހެއްޔެވެ؟ އަނެއްކާވެސް ކަލޭމެން ބޭނުމީ އެތަކެތީގެ އަޅުންނަށް ވުމަށްހެއްޔެވެ؟


އެކަލާނގެ ލަނޑުދަނޑި އަކީ އެދެވޭ ވަގުތު ޖެހުމުން އެކަލާނގެ ނިންމަވާފައިވާ ގޮތަށް އަމަލު ކުރެއްވުމެވެ. އަދި އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް އެންމެ ފަރާތެއްގެ ބާރުގެ ދަށަށް ގެނުވުމެވެ. އެއީ އަލްމަސީޙު އެވެ.


އެހެންވީމާ، ތިޔަބައިމީހުން ކައިބޮއި ހަދާ ތަކެއްޗާއި ދީނީ އިޙުތިފާލުތަކާއި ހުޅެވިހަނދުގެ މުނާސަބާތަކާއި ސަބަތުގެ ދުވަސް ފާހަގަކުރުމާ ބެހޭގޮތުން އެކަކަށް ވެސް ފާޑުކިޔަން ތަން ނުދޭށެވެ.


އެހެންކަމުން އެކަލާނގެ ޙަޟްރަތަށް އަހަރެމެން ސާފު ހިތަކާއި އީމާންކަމުން ލިއްބައިދޭ ފުރިހަމަ ޔަޤީންކަމާއެކު ދަމާ ހިނގާށެވެ. އެހެނީ އަހަރެމެންގެ ޒަމީރު މިވަނީ ކުށްވެރިކަމުގެ އިޙުސާސްތައް ފިލައި ސާފުވެފައެވެ. އަދި އަހަރެމެންގެ ހަށިތައް މިވަނީ ތާހިރު ފެނުން ދޮވެވިފައެވެ.


ތަފާތު ގޮތްގޮތަށް މީހުން ބުނެދޭ އެއްޗެއްސަށް ހެއްލިނުގަންނާށެވެ. އެހެނީ ހިތަށް ހަކަތަ ލިބެނީ މާތްރަސްކަލާނގެ މަތިވެރި ނިޢުމަތްފުޅުން ނެވެ. ކައި ބޮއި ހަދާ ތަކެއްޗާމެދު ބަޔަކު ހަދާ ގަވާއިދަކުން ނޫނެވެ. އެފަދަ ކަންކަމުގެ ފަހަތުން އުޅޭ ބަޔަކަށް އެއިން ލިބޭނެ މަންފާއެއް ނޯންނާނެއެވެ.


އަހަރެމެން މިބުނާ އާދުނިޔޭގެ ވެރިންގެ ގޮތުގައި މާތްރަސްކަލާނގެ މަލާއިކަތުންނެއް ނުލައްވައެވެ.


އަދި ތައުބާގެ ހިނައިގަތުމާއި ގައިގައި އަތް ޖެއްސުމާއި އަލުން ދިރި މަހުޝަރަށް ގެންދެވުމާއި، ހިސާބުބެއްލެވޭނެ ކަމުގެ ވާހަކަ އަލުން ނުދައްކަމާހެއްޔެވެ؟


އަދި މާތްރަސްކަލާނގެ ބަސްފުޅަކީ ހެޔޮ ބަސްފުޅެއް ކަމާއި އަދި ފަހުޒަމާނުގައި ބާރުތައް ހިނގާނެ ގޮތް ވެސް އެމީހުންނަށް ތަޖުރިބާ ކުރެވިފައި ވޭމެއެވެ.


އިމާމުން ހޮވުމުގެ ގަވާއިދަށް ބަދަލު އައުމުން ޤާނޫނު ވެސް ބަދަލުވާންޖެހެއެވެ.


މި ބޭކަލަކު މި ހޮއްވެވީ ޤާނޫނުގައިވާ ފަދައިން ވަކި ދަރިކޮޅަކުން ވީމައެއް ނޫނެވެ. އެއީ އެބޭކަލަކީ ނެތި ނިމި ނުދާނެ ބޭކަލަކަށް ވާތީއެވެ.


ފުރަތަމަ ޢަހުދުނާމާގައި އެކުލެވިފައި ވަނީ އަޅުކަން ކުރާނެ ގޮތާއި އަޅުކަމުގެ މަޤާމުފުޅުގެ ވާހަކައެވެ. އެއީ މި ބިންމަތީގައި ހުރިތަނެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ