Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ޢިބްރާނީންނަށް ސިޓީ 8:9 - ކިތާބުލް މުޤައްދަސާ

9 އެ ޢަހުދުނާމާއަކީ އެމީހުންގެ ކާބަފައިންގެ އަތުގައި ހިއްޕަވައިގެން ތިމަންކަލާނގެ އެމީހުން މިޞްރުން ބޭރުކުރެއްވި ދުވަހު ކުރެވުނުފަދަ ޢަހުދުނާމާއެއް ނޫނެވެ. އެ ޢަހުދުނާމާއަށް އެމީހުން ވަފާތެރިކަން މަތީ ދެމިއެއް ނުތިއްބެވެ. އެހެންކަމުން ތިމަންކަލާނގެ އެމީހުންނަށް ފުރަގަސްދެއްވީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ޢިބްރާނީންނަށް ސިޓީ 8:9
44 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އަދިވެސް ލޫޠުގެފާނު މިކަމާ ފަސްޖެހިވަޑައިގަތުމުން އެދެމަލާއިކަތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އަނބިކަބަލުންނާ ދެއަންހެންދަރިންގެ އަތުގައި ހިއްޕަވައިގެން އެރަށުން ބޭރަށް ގެންދެވިއެވެ. އެއީ މާތްރަސްކަލާނގެ އޯގާވަންތަކަމުގެ މަތިވެރިކަމެވެ.


އެމީހުން އަހަރެން އެންގި އެންގުމަށް ފުރަގަސް އެދިނީ ކިހާ އަވަހަކަށް! އެމީހުން ރަން ވިރުވައިގެން ގެރިއެއް ހަދައިގެން އެބައުޅޭ. އެމީހުން އޭގެ ކުރިމައްޗަށް ސަޖިދަކޮށް ޖަނަވާރުތައް ޤުރުބާން ކުރަމުން އެބަދޭ. އެމީހުން އެބަ ބުނޭ ’⁠އޭ ބަނީ އިސްރާއީލީންނޭ، ކަލޭމެން މިޞްރުން ނެރުނު އިލާހަކީ މިއޮތީ އޭ.⁠‘⁠“


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަޑުއަހާ! އަހަރެން ކަލޭމެންނަށް މި ޢަހުދު ކުރަނީ، މީގެ ކުރީގައި ދުނިޔެމަތީގައި އެއްވެސް ތަނަކުން ފެނިފައިނުވާފަދަ މުޢުޖިޒާތްތަކެއް ކަލޭމެން އެންމެންނަށް އަހަރެން ދައްކައިދޭނެކަމަށް. ކަލޭމެންގެ ވަށައިގެން ތިބިހާ ބަޔަކަށް މާތްރަސްކަލާނގެ ކުޅަދުންވަންތަ މޮޅެތި ކަންތައް ދައްކައިދޭނަން.


އީސާގެފާނު އެ ލޯފަންމީހާގެ އަތުގައި ހިއްޕަވައިގެން އެ އަވަށުގެ ބޭރަށް ނުކުމެ ވަޑައިގެންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެ ލޯފަންމީހާގެ ލޮލަށް ކުޅު ޖައްސަވައި އަދި ކުޅުޖެއްސެވި ތަނުގައި އެކަލޭގެފާނުގެ އަތްޕުޅު ޖައްސަވާލެއްވުމަށް ފަހު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިހާރު ތިބާއަށް އެއްވެސް އެއްޗެއް ފެނޭތަ؟⁠“


މާތްރަސްކަލާނގެ ކޯފާފުޅު ކަލޭގެ މައްޗަށް ލެއްވިއްޖެ. ދުވަސްކޮޅަކަށް ކަލޭގެ ލޮލުގެ އަލިކަން މުޅިން ގެއްލޭނެ. އެންމެ ކުޑަ ވެގެން އިރުގެ އަލިކަން ވެސް ކަލެއަކަށް ނުފެންނާނެ.⁠“ ހަމައެވަގުތު އެލީމާހުގެ ލޮލަށް އަނދިރި ވެއްޖެއެވެ. އޭނާ އަތުގައި ހިފައިގެން ގެންގޮސްދޭނެ މީހަކު ވޭ ތޯ ބަލަން ވަށަވަށައިގެން އޭނާ އަތް އުކަން ފެށިއެވެ.


އަދި އެތައް މުޢުޖިޒާތްތަކަކާއި އަލާމާތްތަކެއް މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ސަލާމަތްކޮށް މިޞްރުން ނެރެ ބަހުރުލްއަހުމަރުގެ ތެރެއިން ގެންދިއުމަށް މާތްރަސްކަލާނގެ އެކަލޭގެފާނަށް ބާރު ދެއްވި. އަދި ހަނަފަސް ސަހަރާގެ ތެރޭގައި ސާޅީސް އަހަރުވަންދެން އެމީހުންގެ ކަންތައްތައް ބަލަހައްޓާ އެމީހުންގެ މައްޗަށް ވެރިކަން ކުރީ އެކަލޭގެފާނު.


ޝާއުލް ބިންމަތިން ތެދުވިއިރު އެއްގޮތަކަށް ވެސް އޭނާގެ ލޮލަކަށް ނުފެނެއެވެ. ދެން އޭނާ އާއި އެކު ދަތުރުކޮށް ދިޔަ މީހުންގެ ތެރެއިން ބަޔަކު އޭނާ ދިމިޝްޤަށް ގެންގޮސް ދިނެވެ.


މިދެ އަންހެނުންނަކީ މާތްރަސްކަލާނގެ ކުރެއްވި ދެ އިޤުރާރުފުޅު ފަދަ މިސާލެކެވެ. އަޅު އަނބި ހާޖަރުގެ މިސާލަކީ އަރަބިކަރައިގެ ޠޫރުސީނާ ފަރުބަދައެވެ. އެއީ ބަނީއިސްރާއީލު މީހުން އަމުރުފުޅުތަކާއި ގަވާއިދުގެ ދަށުގައި އަޅުވެތިވީ އެފަރުބަދައިގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ